Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލީހުގެ ރިޔާސަތު

މަޖިލިސް ހިންގަވަނީ އެހެން ބޭފުޅެއްގެ "އިޝާރާތަށް"، މިނިވަން ވާނީ މިހާވަރަކަށް ނޫންތޯއެވެ!

24 ފެބުރުއަރީ 2025 | ހޯމަ 14:37

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވަނީ ނިކަން މިނިވަން ކަމަށެވެ. އެހެންނަމަވެސް ގިނަ ފަހަރު ގޮތެއް ނިންމަވަނީ ކޮންމެވެސް އެހެން މެމްބަރެއްގެ އިޝާރާތަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްވެރިކަން އަދާކުރަން ހައްދުފަހަނައަޅާ މިނިވަންކަމެއް ނެތް ކަމަށް ފާޅުވެގެން ދިޔައީ މިއަދުގެ ޖަލްސާއިން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ފެބުރުއަރީ 2025 | ހޯމަ 14:37
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އޭނާގެ ގޮނޑިކޮޅުގައި އިށީދެވަޑައިގެން

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އޭނާގެ ގޮނޑިކޮޅުގައި އިށީދެވަޑައިގެން

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ބަލަން އިން އިރު ފާހަގަވީ މަޖިލީހުގަ ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާނަށް ޖަވާބު ދޭ އިރު ދެން ތިބި މެމްބަރުން ހަޅޭއް ލަވާ އަޑު ގަދަކުރާ މަންޒަރެވެ. ދެން ފާހަގަވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފިއްތުމެއް ނެތް ކަން ދައްކަވަން އެ މަނިކުފާނަށް ކޮންމެހެން ވެސް މަޖުބޫރުވެވަޑައިގެންފައިވާ ކަމެވެ.

"ތިމަންނާ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނަނީ ނިކަން މިނިވަންކަމާ އެކު" ކަމަށް މަޖިލިސް ރައީސް ވިދާޅުވާތީ އަޑު އެހީމެވެ. އަދި ނިކަން އަޑަށް ބާރު ލައްވާފައި " އެއްވެސް ކަމަކަށް ހުރަހެއް ނެތް ކަމަށް" ވެސް ވިދާޅުވި އަޑު އިވުނެވެ.

މަޖިލީހުގަ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އަބްދުއްރަހީމަކީ މިއަދު "ބަޑި ބައިންދާފައި އިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއް" ކަމަށް ސިފަކުރައްވާފައެވެ. އެ ވާހަކަ އަށް ވަރަށް ބާރު އަޑުން އަބްދުއްރަހީމް އިންކާރުކުރެއްވިއެވެ.

އެކަމަކު ހޯމަ ދުވަހަށް އެކަނި ބެލިއަސް ފެނުނީ އަޑުގަދަ ކުރަމުން ދިޔަ މެމްބަރުންނާއި، ރިޔާސީ ބަޔާން އިއްވި ދުވަހު މެމްބަރުންނާއި ދެމެދު ތަފާތު މޭރުމަކުން އަމަލުކުރަން މަޖުބޫރުވެވަޑައިގަތް މަންޒަރެވެ. އެ ދުވަހު ބެހެއްޓެވި ހަރުކަށި ކަމެއް މިއަދަކު ނުފެނުނެވެ. ދެން ރިޔާސީ ބަޔާން އިއްވި ދުވަހު ރިޔާސަތުން އަމަލުކުރި މަންޒަރު ފެނުނީ އެހެން މެމްބަރެއްގެ އިޝާރާތަށެވެ. ބައެއް ފަހަރު މަޖިލީހުގެ ނައިބު ރައީސެވެ. އަނެއްބައި ފަހަރު ޕާޓީގެ ޕީޖީ ލީޑަރެވެ. މިނިވަން ވާނީ މިހާވަރަށް ނޫންތޯއެވެ.

އެއްތަށިން ނޫނީ ނުކައި ނޫޅެވުނު ދެ ވެރިން ކަމަށް ވާ މަޖިލީހުގެ ރައީސާއި ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މެދުގައި މިއަދުވެސް އެ ގާތްކަން އޮތް ކަމަށް ދައްކަން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެހެނަސް ހަގީގަތަކީ އެންމެ ލޯބިވާ ދަރިފުޅުވެސް ވަޒީރުކަމުން ބޭރުކުރެއްވީއެވެ. އަދި ނު ގޮތަކަށް މަޖިލީހުގައި ބަހެއް ބުނެލައިފި ނަމަ މިއަދު މަޖިލީހުގެ ރައީސް ވެސް ހުންނެވީ މަޖިލިސް ރައީސްކަމުގެ އިތުރުން މެމްބަރުކަމުގެ ގޮނޑިވެސް ގެއްލިދާނެ ކަމުގެ ބިރުވެރިކަމުގައެވެ. އެހެންވީމަ ދެން މިނިވަން ވާނީ މިހާ ވަރަކަށް ނޫންތޯއެވެ؟

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
26 އޯގަސްޓު 2017

ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

26 އޯގަސްޓު 2017
ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!
24 އޯގަސްޓު 2017

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!
06 އޯގަސްޓު 2017

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
09 ޖުލައި 2017

މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

09 ޖުލައި 2017
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!
15 ޖޫން 2017

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް