Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިލިޓަރީގެ ބާރު

ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ދުރުކުރައްވާފައި ވަނީ ބޮޑު ހަމަނުޖެހުން ތަކަކަށް ފަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 އޯގަސްޓު 2017 | ހޮނިހިރު 11:01
މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާ ޗެމްބަރުގެ ތެރޭގައި ސިފައިން ހަރަކާތްތެރި ވަނީ --

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާ ޗެމްބަރުގެ ތެރޭގައި ސިފައިން ހަރަކާތްތެރި ވަނީ --

ދިވެހި ދައުލަތުގެ އަސްކަރިއްޔާ ޒަމާނުއްސުރެން ހިނގަމުން އައީ ބަންޑާރަ ކޮށީގަ އެވެ. އޭގެ ފަހުން މާލޭގެ ހުޅަނގު ދެކުނުން ބޮޑު ބިމެއްގައި ކަޅުތުއްކަލާ ކޮށީގެ ނަމުން ނަންދީ ސިފައިންގެ އިތުރު މަރުކަޒެއް ހެދިގެން ދިޔަ އެވެ.

އެ ދެ އިމާރާތަކީ ވެރިރަށް މާލޭގައި ހުރި ދިވެހި ސިފައިންގެ މައި އިދާރާތަކެވެ. ސިފައިންނަކީ ގައުމުގެ ވަރަށް މުހިއްމު ބަޔެކެވެ. ރާއްޖެއިން ބޭރުން އަންނަ ހަމަލާތަކުން މޭ އައްޑަނައަކަށް ދިއްކޮށްގެން ފުރަތަމަ ނިކުންނަށް ތިބީ ވެސް ސިފައިންނެވެ. އަދި ގައުމަށް ދިމާވާ ހިތާމަވެރި އެކިއެކި ކާރިސާތަކުގައި ރައްޔިތުންނާއި މުދާ ސަލާމަތް ކުރުމުގައިވެސް ސިފައިން ވެފައިވަނީ ލާމަސީލު ނަމޫނާއަކަށެވެ.

ތިނެއް ނޮވެމްބަރު 1988 ވަނަ ދުވަސް ފަދައިން، ރާއްޖެއިން ބޭރުން ބަޔަކު އަރައި ރާއްޖެ ހިފަށް އުޅުމަކީ މިހާރު ވުމަށް ވުރެ ދުރުކަމެކެވެ. އެހެންކަމުން އެފަދަ ހަނގުރާމައެއް ދިވެހި ސިފައިން ކުރަން ޖެހިދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ނޮވެމްބަރު 03، 1988 އިގެ ހާދިސާއަށްފަހު ނަގާފައިވާ ފޮޓޯއެއް--

ރާއްޖެއިން ބޭރުން ބަޔަކު އަރާ ރާއްޖެ ހިފަން މަސައްކަތް ނުކުރި ނަމަވެސް ރާއްޖޭގެ ހަމަނުޖެހުން މި އޮތީ ބޮޑުވެފަ އެވެ. ޑިމޮކްރެޓިކްގެ އުސޫލުން ދިވެހި ރައްޔިތުން އިންތިހާބު ކުރި ފުތަރަމަ ސަރުކާރު އާދެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލު ކުރުމަށް މަސައްކަތްކޮށްފައިވަނީ ދިވެހި ދައުލަތުގެ ސަލާމަތީ ހިދްމަތްތައް ކަމަށްވާ ދިވެހި ސިފައިންނާއި ފުލުހުންނެވެ.

ފެބްރުއަރީ 07، 2012 ވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ބަދަލު ކުރުމަށް ބަންޑާރަ ކޮށިންނާއި ކަޅުތުއްކަލާ ކޮށިން ސިފައިން ނިކުތް މަންޒަރު ވަނީ ދިވެހި ރައްޔިތުންނަށް ފެނިފަ އެވެ. އެދުވަހު ދިވެހި ސިފައިންނާއި ފުލުހުންގެ ކިބައިން ފެންނަށް ނުވާޒާތުގެ އެތައް މަންޒަރުތަކެއް ދިވެހި ރައްޔިތުންނަށް ފެނިގެންގޮސްފައިވެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ބަދަލު ކުރި ދުވަހު، އެމްއެންޑީއެފްގެ ބަޔަކު ހަރަކާތްތެރިވަނީ --

އެދުވަހަށް ފަހު މިއަދާ ހަމައަށް ދިވެހި ގައުމު މިވަނީ ފާލުންނެއްޓިފަ އެވެ. ހަމަޖެހުމެއް ނެތެވެ. މުޅިންވެސް ފެންނަނީ ދިވެހި ގައުމު ދާހިލީ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އޮންނަ މަންޒަރެވެ. ރައީސް ނަޝީދުގެ ސަރުކާރު ބަދަލު ކުރުމުން ގައުމަށް ހަމަޖެހުން އަންނާނެ ކަމަށް އެ ދުވަހު ސިފައިންނާއި ފުލުހުންނަށް ގަބޫލު ކުރެވުނަސް މިއަދާހަމައަށް އެކަމެއް ނުފެނެ އެެވެ. ހައްތަހާ ވެސް ކަންތައްތައް ދަނީ ގޯހުން ގޯހަށެވެ.

ގައުމުގައި އަދުލް އިންސާފެއް ނެތެވެ. މިއަދު ގާނޫނު ހަދާ މަޖިލީހެއް އޮތަސް އެއީ ނެތްފަދަ ތަނެކެވެ. މުޅި މަޖިލީހުގައި ހުސް ސިފައިންނެވެ. ދިވެހި ރައްޔިތުން އައްޔަން ކޮށްފައިވާ މެމްބަރުންނަށް ވުރެ ދިވެހި ސިފައިން މަޖިލިސް ތެރޭގައި ގިނައެެވެ. މުޅި މަޖިލިސް ކޮންޓްރޯލް ކުރަމުންދަނީ ސިފައިންނެވެ. ދިވެހި ރައްތުންނާއި ބޭރުގެ ބައެއް މީޑިއާތަކުން ބުނާގޮތުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް މިވަނީ މިލިޓަރީ ބާރުގެ ދަށުގަ އެވެ.

މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ސިފައިން ހަރަކާތްތެރި ވަނީ --

ރައްޔިތުންގެ އިންތިހާބު ކޮށްފައިވާ މެމްބަރުން މަޖިލީހުން ނެރުމަށް ސިފައިން ހަރަކާތްތެރިވާއިރު، ހީވަނީ ބަންޑާރަ ކޮށްޓަށް ނުވަތަ ކަޅުތުއްކަލާ ކޮށްޓަށް ވަނުމުގެ ހުއްދަ ނެތް ބަޔަކު ވަދެގެން އުޅޭ ހެންނެވެ. މެމްބަރުންގެ މާޖިބު އަދާ ކުރުމަށް މަޖިލީހަށް ވަދެވޭކަށް ނެތެވެ. ގާނޫނުހަދާ މަޖިލީހުގައި ސިފައިން ނިކުމެ ތަޅު އެޅުވުމާއި މަޖިލީހުގައި ސިފައިން ހިންގާ ކަންކަމަށް ބަލާއިރު މަޖިލީހަކީ ސިފައިންގެ ކޮށްޓެއްގެ ގޮތުގައި ދިވެހި ބައެއް ރައްޔިތުން ސިފަކުރަން ފަށައިފި އެވެ.

ރައިޓްގިޔަރުގައި ތިބި ސިފައިން މަޖިލީހުގެ އިދާރާއިން މެމްބަރުން ނެރެމަށްފަހު، މެމްބަރުންނާމެދު އަމަލު ކުރަމުންދާ ގޮތުގެ މަންޒަރެއް --

މަޖިލިސް ހިންގެނީ ސިފައިން ސަފަކަށް އަތުރައިގެންނެވެ. މިހާރު ސިފައިންނާއި ނުލާ މަޖިލިސް ހިންގޭވަރެއް ނުވެއެވެ.

މިދާވަރުން ދަންޏާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝަރީއަތް ހިންގާއިރު، ފަނޑިޔާރުން ވަށައިގެން ސިފައިން ބޭތިއްބުމަކީ ނުވެނުދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ މަޖިލީހުގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތައް ފަށާފައި މިވަނީ ޗީފް އޮފް ޑިފެންސް ފޯސް މަޖިލީހުގެ އިދާރާއަށް އެއްރޭ ދަންވަރު ވަންކަމަށް ބުނާ ދުވަހަށް ފަހުގަ އެވެ. މިހާރު މުޅި މަޖިލީހުގައި ސިފައިން އަތުރާފައިވާއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މިސްރާބު މިހާރު ޖަހާފައިވަނީ ސުޕްރީމް ކޯޓަށެވެ. އެމަނިކުފާނު ދަންވަރު ސުޕްރީމް ކޯޓުން ފެންނަން ފަށައިފި އެވެ.

ބަންޑާރަ ކޮށްޓާއި ކަޅުތުއްކަލާ ކޮށީގެ އިތުރުން މަޖިލިސް ކޮށި އަދި ސުޕްރީމް ކޮށި އެލިސްޓަށް އިތުރުވެދާނެ ކަމަށް ބައެއް ރައްޔިތުން ބުނަމުންދަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ވެރިން ކުރާހާ އަމުރަކަށް ދިވެހި ސިފައިންނާއި ފުލުހުން ތަބާވާކަށް ނުޖެހެވެ. އެއީ ގާނޫނީ ނުވަތަ ޣައިރު ގާނޫނީ އަމުރެއްތޯ ބެލުމަކީ ފަހުން ދިމާވެދާނެ ހިތްދަތި ކަންކަމުން އަރައިގަތުމަށް ވިސްނާލުން ރަނގަޅު ކަންކަމެވެ.

އިސްލާހުވާން ވެސް އެބަޖެހެ އެވެ. ތާއަބަދު ގައުމު ބޮޑު ހާޖާނު ގަނޑެއްގެ ތެރޭގައި ބާއްވައިގެން ތިބެވޭކަށް ނެތެވެ. ސިޔާސީ ވެރިން ސިޔާސީ މަންފާ ހޯދަން އުޅެފާނެ އެވެ. އެކަމަކު ސިޔާސީ ފަރާތްތަކަށް ސިޔާސީ މަންފާ ހޯދުމަށް ގެންގުޅޭ ވަސީލަތެއްގެ ގޮތުގައި ދިވެހި ސިފައިންނާއި ފުލުހުން ވުމަކީ ހޯކެވެ. ވަރަށް ބޮޑު ގޯހެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް ބީވެއްޖެ، ސުޕްރީމް ކޯޓު ވެސް ބީވެއްޖެ، މިހާރު ސިފައިންނާއި ފުލުހުން ވަރެއްނެތް!

މަޖިލިސް ބީވެއްޖެ، ސުޕްރީމް ކޯޓު ވެސް ބީވެއްޖެ، މިހާރު ސިފައިންނާއި ފުލުހުން ވަރެއްނެތް!

23 އެޕްރީލު 2018
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު