Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާނަށް ޖަވާބުދިނުން

"ހަނިމާދޫ އަދި އައްޑޫ އެއަރޕޯޓްގެ މަސައްކަތުގެ ޝެޑިއުލް ބެލެހެއްޓުން ފިޔަވާ މި ސަރުކާރުން އެ މަޝްރޫޢުތައް ނިންމަން ކުރި ކަމެއް ނެތް"

24 ފެބުރުއަރީ 2025 | ހޯމަ 06:26

ދަތުރުފަތުގެ ދާއިރާ އާއި ގުޅުން ހުރި ބައެއް ސަބްސިޑީޒް ތައް ކަނޑާލާތީ އެކަމާއި މެދު ނާޒިލް ކަންބޮޑުވުން ފާޅުކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ފެބުރުއަރީ 2025 | ހޯމަ 06:26
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް މަޖިލީހުގައި ވާހަކަދައްކަވަނީ

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް މަޖިލީހުގައި ވާހަކަދައްކަވަނީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތުގެ ޝެޑިއުލް ބެލެހެއްޓުން ފިޔަވާ މި ސަރުކާރުން އެ މަޝްރޫޢުތައް ފުރިހަމަ ކުރި ކަމެއް ނެތް ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެފަދައިން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ނާޒިލް ވަނީ ތަފާތު އެކި ދާއިރާތަކުން ރައީސް ވެވަޑައިގަންނަވާފައިވާ ވައުދުތަކާއި ނުވެ ހުރި ކަންކަން އަދި ކަންބޮޑުވާ ގޮތަށް ސަރުކާރުން ކުރަމުންދާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ދަތުރުފަތުރުގެ ދާއިރާ އާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ނާޒިލް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނިމިދިޔަ އަހަރު ހުޅުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަން ވެސް ކުރެވިފައި ނުވާ ކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓާއި އައްޑޫ އެއާޕޯޓުގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުގައި ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކޮށް، މަސައްކަތް ނިމެން ކައިރިވެފައިވާ މަޝްރޫޢުތައް ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރައީސް މުއިއްޒު އެ ވާހަކަ ދައްކަވާ ގޮތުން އެއީ މި ސަރުކާރުގެ މަޝްރޫޢު އެއް ކަމަށް ސިފަކުރައްވާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މިދިޔަ އަހަރު ނިންމާނެ ކަމަށް ވިދާޅުވި. ހަނިމާދޫ އެއަރޕޯޓާއި އައްޑޫ އެއަރޕޯޓަކީ ނިމިދިޔަ ސަރުކާރުން ފަށާ، ފައިސާ ހަމަޖައްސާ، ހަވާލުކުރި މަސައްކަތެއް. މި އަހަރު އެ މަސައްކަތް ނިންމާނެ ކަމަށް ބުނި އިރު ހީވަނީ މިއީ މި ސަރުކާރުގެ ޕްރޮޖެކްޓްތައް ހެން.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ދަތުރުފަތުރުގެ ދާއިރާގައި ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތް ކަމަށް ނާޒިލް ވަނީ ސިފަކުރައްވާފައެވެ. އެއާއި ޚިލާފަށް އެމްޑީޕީ ސަރުކާރުގައި ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިޔައީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއި އެކުގައި ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އާރްޓީއެލް ނިޒާމަށް އަލިއަޅުވާލައްވަމުން ނާޒިލް ވިދާޅުވީ މި އަހަރު ތެރޭގައި އެ ނިޒާމް ފުރިހަމަކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމަށް އުއްމީދުކުރައްވާ ކަަމަށެވެ. އެ މަޝްރޫޢު އަކީ ނިމިދިޔަ ސަރުކާރުން ބަޖެޓުން ހޭދަކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢު އެއްކަން ނާޒިލް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ވާހަކަދައްކަވަމުން ނާޒިލް ވަނީ ދަތުރުފަތުރުގެ ދާއިރާ އާއި ގުޅުން ހުރި ބައެއް ސަބްސިޑީޒް ތައް ކަނޑާލާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް