Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ ޕާކިން މައްސަލަ

ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް 5 އަހަރާއި 10 އަހަރުގެ މުއްދަތެއް ނަގާނެ، މިހާރު ވެސް ޕާކިން ބިލްޑިންގތައް އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުން: މޭޔަރު އާޒިމް

23 ފެބުރުއަރީ 2025 | އާދީއްތަ 05:13

ޕާކިން ބިލްޑިންގތަކުގެ ޑިޒައިން މަސައްކަތްތައް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 23 ފެބުރުއަރީ 2025 | އާދީއްތަ 05:13
ފަސްކާފު ޕްރޮގްރާމްގައި މޭޔަރު އާޒިމް ވާހަކަދައްކަވަނީ

ފަސްކާފު ޕްރޮގްރާމްގައި މޭޔަރު އާޒިމް ވާހަކަދައްކަވަނީ

މާލެސިޓީއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ރަނގަޅު ހައްލެއް ގެނައުމަށް ގާތްގަނޑަކަށް 5 އަހަރާއި 10 އަހަރުގެ މުއްދަތެއް ނަގާނެ ކަމަށާއި، މިހާރު ވެސް ޕާކިން ބިލްޑިންގތައް އެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މާލެސިޓީގައި މިހާރު ހުރި ވެހިކަލްތައް ޕާކު ކުރުމަށް ގޮތްތަކެއް ހޯދަންޖެހޭ ކަމަށާއި، ޕާކިން ބިލްޑިންގތައް އަޅަންޖެހޭ ކަމަށެވެ. ސައިކަލު ޕާކިންއަށް ވެސް ރަނގަޅު އަދަދެއް ކަނޑައަޅައި، 2000 ކާރު ޕާކިން ސްލޮޓް ކަނޑައަޅަންޖެހޭ ކަމަށެވެ. މިގޮތަށް މިކަން ކުރެވުމުން މާލޭގެ މަގުތަކުގައި ވެހިކަލް ޕާކު ކުރުން ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ ސަހަރާތައް ހުސްކުރުމުގެ މަސައްކަތާއި، މިހާރު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ޕާކިންއަށް ޚާއްސަ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިސަރަހައްދުތައް ތަރައްގީ ކުރެވިގެންދާނީ ކުޅިވަރު ކުޅޭވޭނެ ފެސިލިޓީތަކާއެކު، ހިތްފަސޭހަ މާހައުލެއްގައި މީހުންނަށް މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ކަމަށެވެ.

އެކަހަލަ ބޮޑެތި ހަރަދު މިކުރެވެނީ ދައުލަތަށް. ދައުލަތުގެ އެހީތެރިކަން ލިބުނީމަ. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުގައި އެބަ އެދެން އަޅުގަނޑުމެންގެ އަތުގައި ހުރި ހުސްބިންތަކުގައި މިކަހަލަ ކަންތައްތައް ކުރުމުގެ ބަޖެޓު ވެސް ހަމަޖައްސަވައިދެއްވާށޭ. އަޅުގަނޑުމެންނަށް ފަސޭހަވާނެ މިކަންތައްތައް ކުރަން. އަޅުގަނޑުމެން އަމިއްލައަށް ވެސް މަސައްކަތްތަކެއް އެބަކުރަން. މިކަމަށް ހައްލެއް ހޯދުމަށް. ހަމަ ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން މާލޭގައި ބޭނުންނުކޮށް ހުރި ޒަމާންވެފައި ހުރި 20، 30 އަހަރު ވަންދެން މީހުން ވަޅުނުލާ ހުރި ތަންތަން ހުސްކުރުމުގެ މަސައްކަތް އެބަ ކުރެވޭ. އެއީ ވެސް ކޮންމެވެސް ވަރެއްގެ ޕާކިންގެ ހައްލުތަކެއް ހޯދާ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަން ދިނުމަށްޓަކައި އަޅުގަނޑުމެންކުރާ ވަރަށް ބުރަ ބޮޑު މަސައްކަތެއް. ކުޑަކުޑަ ބަޖެޓުން މިކަން މިކުރަނީ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

ޕާކިން ބިލްޑިންގތަކުގެ ޑިޒައިން މަސައްކަތްތައް ނިމިފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެ ބިލްޑިންގގައި ގާތްގަނޑަކަށް 300 އެއްހާ ކާރު ޕާކު ކުރެވޭނެ ކަމަށެވެ. އަދި ކައުންސިލްއާއި މި ބިލްޑިންތަކުގެ މަސައްކަތް ސަރުކާރުން ހަވާލުކުރި ހުރީ ވަރަށް ބޮޑަށް ސައިކަލު ޕާކިންއަށް ޚާއްސަކޮށްފައި ކަމަށާއި، މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންނާއި، ކައުންސިލް މެންބަރުންގެ ލަފާ ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، މޭޔަރުކަން ލިބި، ކައުންސިލް މަސައްކަތްތަކާއި ހަވާލުވި ފަހުން މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއަށް ގެންދިޔަ ކަމަށެވެ. އޭގެ ގާތްގަނޑަކަށް 8 މަސް ފަހުން އަނެއްކާ ވެސް ކައުންސިލުން މިމަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މަސައްކަތްތަކަށް ވަރަށް ބޮޑަށް ލަސްކަމެއް އައިސްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިނިސްޓްރީން މިމަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރިއިރު އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކޮންޓްރެކްޓަރުންނާއި މަޝްވަރާ ކުރެވި މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މާލެސިޓީއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ވެހިކަލް އެތެރެ ކުރުމުގައި ވެސް ހަރުދަނާ އުސޫލެއްގެ ދަށުން ލިމިޓެއް ގެންނަންޖެހޭ ކަމަށެވެ. އަދި ގާއިމް ކުރެވޭ ޕާކިން ބިލްޑިންތަކާއެކު، ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނަމަ ގާތްގަނޑަކަށް 5 އަހަރާއި، 10 އަހަރުގެ ދުވަހުގެ ތެރޭގައި މާލެސިޓީގެ ޓްރާންސްޕޯޓުގެ މައްސަލާއާއި، ޕާކިންގެ މައްސަލައަށް އެދެވިގެންވާ ހައްލެއް އަންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް