Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުކްރެއިން ހަނގުރާމަ

ޔުކްރެއިން ހަނގުރާމަ އާ ބެހޭ ގޮތުން ރަޝިޔާ، އެމެރިކާ އޮފިޝަލުން ސައުދީގައި ބައްދަލު ކުރައްވަނީ

މި މަޝްވަރާތަކުގައި ޔުކްރެއިން އަށް ދައުވަތު ދީފައެއް ނުވެއެވެ. ޔުކްރެއިން އިން ބުނެފައިވަނީ ރިޔާޟް ގައި އެ ޤައުމުގެ ނަމުގައި ސުލްހައެއްގެ އެއްވެސް އެއްބަސްވުމެއް ނުހެދޭނެ ކަމަށެވެ.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2025 | އަންގާރަ 11:09
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ސައުދީގެ ޚާރިޖީ ވަޒީރާއި ރަޝިޔާގެ ޚާރިޖީ ވަޒީރު އަދި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ޚާރިޖީ ސިޔާސަތުގެ މުޝީރު އާ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ

ޔުކްރެއިންގެ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާ އަދި ރަޝިޔާގެ އޮފިޝަލުން ސައުދީ އަރަބިއްޔާގެ ރިޔާޟު ގައި ބައްދަލުކޮށްފިއެވެ.

އެމެރިކާ އަދި ރަޝިޔާގެ އޮފިޝަލުން އަންގާރަ ދުވަހު ރިޔާޟް ގައި ބައްދަލުކުރީ، ކުރީގެ ފިނިހަނގުރާމައިގެ ދެ ހަތުރުން، މި ފަހުގެ ތާރީޚެއްގައި ކުރާ އެންމެ މުހިންމު މަޝްވަރާތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޫސީ ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ހުންނެވީ ޚާރިޖީ ވަޒީރު ސަރގޭ ލަވްރޮވް ހުންނެވި އިރު އެމެރިކާގެ ވަފުދު ގައި އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާރކޯ ރޫބިއޯ ހިމެނިވަޑައިގަންނަވައެވެ.

މިއީ މޮސްކޯ އިން ޔުކްރެއިން ގައި ފަށާފައިވާ ހަނގުރާމަ ނިންމުމާ ބެހޭގޮތުން މިހާތަނަށް ބޭއްވޭ އެންމެ މުހިންމު މަޝްވަރާ ތައް ކަމަށް ވެސް ޚަބަރުތަކުގައި ވެއެވެ.

މި ދެފަރާތުން މަޝްވަރާ ތަކުގައި ޔުކްރެއިންގެ ހަނގުރާމަ ނިންމުމުގެ އިތުރުން އެމެރިކާ-ރަޝިޔާގެ ގުޅުން އަލުން ރަނގަޅުކުރުމާ ބެހޭގޮތުން ވާހަކަތައް ދެއްކުމަށް ވަނީ ހަމަ ޖެހިފައެވެ.

މި މަޝްވަރާތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާ ދެމެދު ބޭއްވޭ ސަމިޓަކަށް މަގުފަހިވެދާނެއެވެ.

މި މަޝްވަރާތަކުގައި ޔުކްރެއިން އަށް ދައުވަތު ދީފައެއް ނުވެއެވެ. ޔުކްރެއިން އިން ބުނެފައިވަނީ ރިޔާޟް ގައި އެ ޤައުމުގެ ނަމުގައި ސުލްހައެއްގެ އެއްވެސް އެއްބަސްވުމެއް ނުހެދޭނެ ކަމަށެވެ.

ރަޝިޔާ އިން ބުނެފައި ވަނީ އެ ޤައުމުގެ ފޮރިން މިނިސްޓަރު ސަރގޭ ލަވްރޯވް، އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. މީގެ ތެރޭގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހިމެނެއެވެ.

ސައުދީ އަރަބިޔާގައި ބޭއްވޭ މަޝްވަރާތަކުގެ ކުރިން، އަންގާރަ ދުވަހު ރަޝިޔާގެ ސޮވްރިން ވެލްތު ފަންޑުގެ އިސްވެރިޔާ ޓްރަމްޕް ސިފަކޮށްފައިވަނީ މައްސަލަތައް ހައްލުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ރައީސް ޓްރަމްޕް އަދި އޭނާގެ ޓީމަކީ މައްސަލަތައް ހައްލުކުރާ ބައެއްގެ ގޮތުގައި، ވަރަށް އަވަހަށް، ވަރަށް ހަރުދަނާ ކަމާއެކު އަދި ވަރަށް ކާމިޔާބު ކަމާއެކު ގިނަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވާފައިވާ ބައެއް،" ކިރިލް ޑްމިޓްރިއެވް ރިޔާޟު ގައި ނޫސްވެރިންނަށް ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ކުރިއަށް ދާ އިރު، ޔުކްރެއިންގެ ސިފައިން ބުނާ ގޮތުގައި އަންގާރަ ވިލޭރޭގެ ވަގުތެއްގައި ރަޝިޔާއިން 147 ހަމަލާދޭ ޑްރޯން ޔޫކްރެއިން އަށް އަމާޒުކޮށް ފޮނުވާލާފައިވެއެވެ. މީގެ ތެރެއިން 83 ޑްރޯން ވަނީ ވައްޓާލެވިފައެވެ.

އެނެއްކޮޅުން ހޯމަ ދުވަހު ޕެރިހުގައި ޔޫރަޕުގެ ލީޑަރުން ގެންދަވަނީ ޔުކްރެއިންގެ ހަނގުރާމަ އާ ޔޫރަޕް ގެ ސަލާމަތާ ބެހޭ މަޝްވަރާ ކުރުމަށް ވަނީ ބައްދަލު ކުރައްވާފައެވެ.

ޔުކްރެއިން ހަނގުރާމައިގައި މުހިންމު ދައުރެއް އަދާ ކުރަމުން އައި ވިލާތުގެ އިއްތިހާދަށް، އެމެރިކާގެ ރައީސް އިސް ނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތުގެ ސަބަބުން ކުއްލި ސިހުމެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫރަޕުގެ ލީޑަރުން ބުނެފައިވަނީ ވިލާތުގެ ދިފާޢީ ކަންކަމަށް އިތުރަށް އިންވެސްޓްކޮށް، ޔުކްރެއިނަށް ސަލާމަތީ ގެރެންޓީތައް ދިނުމުގައި އިސްދައުރެއް އެ އިއްތިހާދުން އަދާކުރާނެ ކަމަށެވެ.

ޔުކްރެއިންގެ ހަނގުރާމައެމެރިކާރަޝިއާސައޫދީ އަރަބިއްޔާޔޫރަޕިއަން ޔޫނިއަންޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންމާކޯ ރޫބިއޯ ސަރްގޭ ލަވްރޯވް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު