Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަޖިލިސް ހިންގަންވީ ގޮތް ފަލާހު، އަދުރޭއަށް ކިޔައިދޭން ޖެހުނީމާ ފެނި ހާމަވަނި އަދުރޭގެ އެއްވެސް އާރެއް ބާރެއް ނެތްކަން

މަޖިލީހުގެ ގަވާއިދުގެ 58 ވަނަ މާއްދާގައި މެންބަރަކު ވާހަކަ ދައްކަމުންދާއިރު ހުއްޓުވިދާނެ ސަބަބުތައް ވަރަށް ސާފުކޮށް ލިޔެފައިވެއެވެ. އަބްދުއްރަހީމަކީ މަޖިލީހުގެ ގަވާއިދަށް ފަރިތަ ބޭފުޅެކެވެ. އަދި މަޖިލިސް ހިންގަންވެސް ފަރިތަ އަދި މަޖިލީހުގެ ކޮންޓްރޯލް ނަގައި ޖަލްސާތައް ކުރިއަށްގެންދަވާ ބޭފުޅެކެވެ. ނަމަވެސް 58 ވަނަ މާއްދާއަށް ރިއާޔަތްކޮށް މެންބަރު ޒިޔާދުގެ ވާހަކަ ނުހުއްޓުވީމަ އެންމެފަހުން މެންބަރު ފަލާހު، އަބްދުރަހީމަށް ކިޔައިދެއްވީ މެންބަރު ޒިޔާދުގެ ވާހަކަ ހުއްޓުވާލަން ޖެހޭ ސަބަބެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 14:11
މަޖިލިސް ހިންގަންވާނެ ގޮތުގެ ހުރިހާ ބާރެއް މަޖިލީހުގެ ރައީސްއަށް ދެއްވާފައި އޮންނަ އިރުވެސް އެކަންކަން ކުރަންވީ ގޮތް ކިޔަނީ ޕީއެންސީގެ މެންބަރުން

މަޖިލިސް ހިންގަންވާނެ ގޮތުގެ ހުރިހާ ބާރެއް މަޖިލީހުގެ ރައީސްއަށް ދެއްވާފައި އޮންނަ އިރުވެސް އެކަންކަން ކުރަންވީ ގޮތް ކިޔަނީ ޕީއެންސީގެ މެންބަރުން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 2 ވަނަ މާއްދާއަކީ މަޖިލީހުގެ ރައީސްގެ ވާހަކަ ބަޔާންކޮށްފައިވާ މާއްދާއެވެ. އެ މާއްދާގެ (ހ) ގައި ބުނަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރާ މަޖިލީހުގެ ރައީސަކު ހުންނަންވާނެއެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނަނީ މަޖިލީހުގެ ރައީސަކީ، ވަކި ފަރާތަކަށް ޖެހުމެއްނެތި، ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އެންމެހައި ކަންކަން، ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށެވެ.

މާނައަކީ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ގޮތާއި، ޖަލްސާތައް ކުރިއަށްގެންދާނެ ގޮތާއި، މެންބަރުންނަށް ވާހަކަ ދައްކަން ފުރުސަތު ދިނުމާއި، ޖަލްސާ ބޭއްވުމާއި ނިންމުމާއި މިހެންގޮސް ދެން ހުރިހާކަމެއްގެ ބާރުވެސް އޮތީ މަޖިލީހުގެ ރައީސްއަށެވެ. ނަމަވެސް ސުވާލަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެ އާރާއި ބާރު އެބައޮތް ހެއްޔެވެ. ނުވަތަ މިހާރު އެމަނިކުފާނަކީ ނަމެއްގައި އެތަނުގައި ބައިންދާފައި އިންނަ ބޭފުޅެއް ހެއްޔެވެ. ފިިހާރައިގެ ބޭރު ބިއްލޫރިގަނޑު ކައިރީގައި ދުވާލަކު ހެދުމެއް ލައްވާފައި ހުންނަ ބުދެކޭ އަބްދުއްރަހީމް މަޖިލިހުގެ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަމެކޭ މިއަދު ތަފާތެއް ނެތެވެ.

ތަފާތެއް ނެތްކަމަށް މި ދެންނެވެނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ވަރަ މި ސަރުކާރުން ބިންދާލީމައެވެ. އަބްދުއްރަހީމްގެ ތަރި ގަދަކަމުން ބޭލީމައެވެ. އަބްދުއްރަހީމް ޕްރޮޑިއުސްކުރަމުން ދިޔަ ފިލްމު އަތުލައި ޑައިރެކްޓަރުންތަކެއް މަޖިލީހުގެ އެކި ތަންތަނުގައި ބައިތިއްބާފައި ތިބުމުންނެވެ. އެންމެފަހުން މިފަދަ މަންޒަރެއް ފެނިގެންދިޔައީ ރިޔާސީ ބަޔާން އިއްވި ދުވަހުއެވެ. އެދުވަހު ފެނިގެންދިޔައީ ސްކޫލް ދައުރުގައި "ދާދާ" ހެދިގެން ތިބޭ ދަރިވަރުން ފަހަތުގައި ސަފުގައި ތިބޭ ގޮތަށް މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ފަހަތުގައި އިންނަވައިގެން ޖަލްސާ ޑައިރެކްޓް ކުރެއްވިތަނެވެ. އަބްދުއްރަހީމް ބެދެވިފައި އިންނެވި މަޅިއަކުން ނާޒިމްގެ އިޝާރާތަށް ނެށުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ.

މިއީ އަބްދުއްރަހީމާއި ރައީސް މުއިއްޒުއާއި ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން ދެބޭފުޅުން ފުރަތަމަ ބައްދަލުވި ދުވަހެވެ. ނަމަވެސް މުއިއްޒު މަޖިލީހަށް ވަޑައިގެންނެވީ ކަންކަން ކުރިއަށްގެންދަވާނެ ގޮތުގެ ބޮޑު ޕްލޭނާއެކުއެވެ. އެދުވަހުގެ މުޅި ޖަލްސާ ޑައިރެކްޓް ކުރެއްވީ ނާޒިމެވެ. އެމްޑީޕީގެ މެންބަރުން ބޭރުކޮށް ނާޒިމް ގެންދެވީ ޖަލްސާ މެދުކެނޑިފައި އޮތް މި ވަގުތު ރިޔާސަތައް ދެން ކަންތައް ކުރައްވަންވީ ގޮތް އަންގަވަމުންނެވެ. އޭނާގެ އިޝާރާތްތައް ސާފުކޮށް ފެންނަމުން ދިޔައެވެ.

އަނެއްކާވެސް ޖަލްސާއެކެވެ. މަޖިލީހުގެ ޖަލްސާގައި އިސްލާމްދީނާއި ހިލާފު ނޫންނަމަ ކޮންމެ ހިޔާލެއްވެސް ފާޅުކުރެވެއެވެ. މަޖިލީހުގައި ވާހަކަދެއްކުމުގެ އަދަބުތައް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަކާ ތަޢާރުޟުވާ ގޮތަށް ދައްކާ ވާހަކައަކަށް ނުވާނަމަ އެ ވާހަކައެއް މެންބަރަކަށް ދެއްކިދާނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަންކަން ނޫން އެހެންކަމަކާއި ގުޅޭގޮތުން ވާހަކަ ދެއްކުންވެސް ގަވާއިދުގައި މަނާ ނުކުރެއެވެ. ނަމަވެސް ރިޔާސަތަށް އެކަން ހުއްޓުވިދާނެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ފެނިގެންދިޔައީ އައު ޑައިރެކްޓަރެކެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހުގައި ޖަލްސާ ގެންދަންވީ ގޮތް މަޖިލީހުގެ ރައީސްއަށް ކިޔައިދެއްވަމުންދިޔަ ތަނެވެ. އިދިކޮޅު މެންބަރަކު ފަލާހުމެން ހިންގި ޕާޓީއަށް މެންބަރުން ވެއްދި ޖަރީމާގެ ވާހަކަ އަޑުއަހަން އުނދަގޫވެ މަޖިލިސް ހިންގަންވި ގޮތް އަބްދުއްރަހީމަށް ފަލާހު ކިޔައިދޭން ފެށީއެވެ.

ކަންވިގޮތަށް ބަލާއިރު ވައިކަރަދޫ ދާއިރާގެ މެމްބަރު ވާހަކަ ދައްކަވަމުން ގޮސް އިލެކްޝަންސް ކޮމިޝަނަށް ރައީސް މުއިއްޒު ރައީސްއެއް އައްޔަންކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕީއެންސީން ދާދިފަހުން ހިންގި ޖަރީމާއަށް އަލިއަޅުވާލީއެވެ. ނަމަވެސް އެކަން ފަލާހުއަކަށް ހަޖަމެއް ނުވީއެވެ.

އެންމެފަހުން ނިޒާމީ ނުކުތާއެއް ނަގައި މަޖިލީހުގެ ރައީސްއަށް ކުރުދޮށިން ދެއްވައި މަޖިލިސް ހިންގަންވީ ގޮތްވެސް ކިޔައިދެއްވީއެވެ. ފަލާހު ވިދާޅުވީ ނިޒާމީ މައްސަލައެއް ނަގަން ޖެހުނީ ރައީސް [އަބްދުއްރަހީމް] އެ ވާހަކަފުޅު ނުހުއްޓުވާތީ ކަމަށެވެ. އަދި ވާހަކަ ދައްކަމުން ގެންދަނީ ކޮމިޓީ ރިޕޯޓަށް ކަމަށާއި، ނަމަވެސް ދަމުންދަމުން ގޮސް ޕީއެންސީއަށް މެންބަރުން ވެއްދި ވާހަކަވެސް ދައްކަމުންދާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 58 ވަނަ މާއްދާގައި މެންބަރަކު ވާހަކަ ދައްކަމުންދާއިރު ހުއްޓުވިދާނެ ސަބަބުތައް ވަރަށް ސާފުކޮށް ލިޔެފައިވެއެވެ. އަބްދުއްރަހީމަކީ މަޖިލީހުގެ ގަވާއިދަށް ފަރިތަ ބޭފުޅެކެވެ. އަދި މަޖިލިސް ހިންގަންވެސް ފަރިތަ އަދި މަޖިލީހުގެ ކޮންޓްރޯލް ނަގައި ޖަލްސާތައް ކުރިއަށްގެންދަވާ ބޭފުޅެކެވެ. ނަމަވެސް 58 ވަނަ މާއްދާއަށް ރިއާޔަތްކޮށް މެންބަރު ޒިޔާދުގެ ވާހަކަ ނުހުއްޓުވީމަ އެންމެފަހުން މެންބަރު ފަލާހު، އަބްދުރަހީމަށް ކިޔައިދެއްވީ މެންބަރު ޒިޔާދުގެ ވާހަކަ ހުއްޓުވާލަން ޖެހޭ ސަބަބެވެ. ދެރަވަރު ކަންކަމެވެ. އަބްދުއްރަހީމްފަދަ ސިޔާސީ ތަޖުރިބާ ގިނަ އަދި ހިންގުންތެރިއަކަށް ފަލާހު ފަދަ ބޭބޭފުޅުން މަޖިލިސް ހިންގަންވީ ގޮތް ކިޔައިދޭންޖެހުނީމަ އެއީ ވަރަށް ހުތުރުކަމެކެވެ.

ކޮންމެއަކަށްސް މިކަން މިހެން ވާންޖެހުނީ ސަބަބުތަކެއްވެސް ހުރުމުންނެވެ. ރައީސް މުއިއްޒުގެ ރޯލް މޮޑެލް އަބްދުއްރަހީމުގެ ވަރަ ބިންދާލީ އެމަނިކުފާނެވެ. ދެން ކައިރީގައި އުޅުއްވާ އެތެރެކޮއިލުގެ ބޭބޭފުޅުންވެސް އެ އިހުތިރާމެއް އަބްދުއްރަހީމަކަށް ނުކުރައްވާނެތާއެވެ. އަދި ރައީސް އޮފީހުން އަންގާގޮތަށް މަޖިލިސް ހިންގާއިރު އަބްދުއްރަހީމް އެއްބާރުލުން ނުދޭނަމަ މަޖިލީހުގެ ސެކިއުރިޓީން ވެސް މަޖިލިސް ހިންގަންވީ ގޮތް އަބްދުއްރަހީމަށް ކިޔައިދެއްވާނެއެވެ.

ކޮންމެއަކަސް ގެންދަވާނީ ދައްކަވަންހުރި ތަނެއް ދައްކަވާފައޭ ބުނާތީ އަހަމެވެ. މިއީވެސް ދެއްކެވި މަންޒަރެކެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު