Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް

"އެމެރިކާގެ އެހީތެރި ކަމާއެކު، އަހަރުމެންނަށް އީރާނުގެ ކަންތައް ނިންމާލެވޭނެ": ނަތަންޔާހޫ

ނަތަންޔާހޫ ވިދާޅުވީ ގިނަ ކަންތައްތަކަކާ ބެހޭގޮތުން ވަރަށް ފައިދާހުރި މަޝްވަރާ އެއް ކުރައްވާފައި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އީރާނުގެ މައްސަލަ ކަމަށެވެ.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2025 | އާދީއްތަ 21:14
ނަތަންޔާހޫ އާއި ރޫބިއޯ ނޫސްވެރިންގެ ބައްދަލުވުމުގައި

ނަތަންޔާހޫ އާއި ރޫބިއޯ ނޫސްވެރިންގެ ބައްދަލުވުމުގައި

އިސްރާލާއި އެމެރިކާ ވަނީ އީރާނުގެ ނިއުކްލިއަރ އުއްމީދުތަކާއި މެދުއިރުމަތީގައި އެ ޤައުމުން ހިންގަމުންދާ "އަނިޔާވެރިކަން" ހުއްޓުވުމަށް އެއްބަސްވެފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

މި މޭރުމުން އޭނާ ވާހަކަ ދެއްކެވީ މަގާމުގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ދަތުރުފުޅު އިސްރާއީލަށް ވަޑައިގެންނެވި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯއާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

ޖެރޫސަލަމްގައި ރޫބިއޯ އާ ބައްދަލު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އެ ދެ ބޭފުޅުން ވަނީ ގިނަ ކަންތައްތަކަކާ ބެހޭގޮތުން "ވަރަށް ފައިދާހުރި މަޝްވަރާއެއް" ކުރައްވާފައި ކަމަށެވެ. އަދި "އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ އީރާނުގެ މައްސަލަ" ކަމުގައި ވިދާޅުވިއެވެ.

"އިސްރާއީލާއި އެމެރިކާ ވަނީ އީރާނުގެ ނުރައްކާ ހުއްޓުވުމަށް ކޮނޑާ ކޮނޑު ޖައްސައިގެން" ކަމަށް އޭނާ ވިދާޅުވިއެވެ. "އާޔަތުﷲ ތައް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ދޫކޮށްގެން ނުވާނެ ކަމަށާއި އަދި އީރާނުން ސަރަޙައްދުގައި ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވަން ޖެހޭނެ ކަމަށް އަހަރުމެން ވަނީ އެއްބަސްވެފައެވެ."

ރޫބިއޯ ވިދާޅުވީ: "ކޮންމެ ޓެރަރިސްޓް ގްރޫޕެއްގެ ފަހަތުގައި، ކޮންމެ އަނިޔާވެރި ޢަމަލެއްގެ ފަހަތުގައި، ކޮންމެ ހަމަޖެހުން ނަގާލުމުގެ ޙަރަކާތެއްގެ ފަހަތުގައި، މި ސަރަޙައްދުގައި ދިރިއުޅޭ އެތައް މިލިއަން މީހުންގެ ސުލްޙަވެރިކަމާއި ހަމަޖެހުމަށް ނުރައްކާވާ ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ އީރާނެވެ."

ނަތަންޔާހޫ ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުން ވަނީ އީރާނަށް "ވަރުގަދަ ހަމަލާއެއް" ދީފައި ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު "އަހަރެމެންނަށް މި މަސައްކަތް ނިންމާލެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް" ކަމަށް ވިދާޅުވިއެވެ.

ޣައްޒާގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތަށް "ސާފުކޮށް ތާއީދުކުރައްވާތީ" ރޫބިއޯ އަށް ޝުކުރު އަދާކުރައްވަމުން، ނަތަންޔާހޫ ވިދާޅުވީ ޓްރަމްޕްގެ ލީޑަރޝިޕް ގެ ދަށުން އިސްރާއީލާއި އެމެރިކާ އިން ފަލަސްތީނު މައްސަލައިގައި އެއް ސިޔާސަތެއް ގެންގުޅޭ ކަމަށެވެ.

އިޒްރޭލްއެމެރިކާއީރާންބެންޖަމިން ނަތަންޔާހޫމާކޯ ރޫބިއޯ ނިއުކްލިއަރ އުއްމީދުތައްފަލަސްތީނު މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު