Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ބާރުގަދަ ބޮން ޝިޕްމެންޓެއް އެމެރިކާ އިން އިސްރާއީލަށް ގެންގޮސްފި

16 ފެބުރުއަރީ 2025 | އާދީއްތަ 10:57

މިއީ ބޯ ކޮންކްރީޓާއި މައުދަން ފަދަ ތަކެތި ފޫ އަޅުވާލާ ބޮޑު ސަރަހައްދަކަށް ގެއްލުން ދިނުމުގެ ބާރު ހުރި ބާވަތުގެ ބޮމެއް ކަމަށް ރިޕޯޓުތައް ބުނޭ

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2025 | އާދީއްތަ 10:57
އަންކާރާގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމަތީ ގައި ފަލަސްތީނަށް ތާއީދު ކުރާ ފަރާތްތަކުން އިސްރާއީލު އަދި އެމެރިކާގެ ދިދައިގެ މައްޗަށް ދަވާދު އަޅަނީ

އަންކާރާގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރިމަތީ ގައި ފަލަސްތީނަށް ތާއީދު ކުރާ ފަރާތްތަކުން އިސްރާއީލު އަދި އެމެރިކާގެ ދިދައިގެ މައްޗަށް ދަވާދު އަޅަނީ

އެމެރިކާ އިން އިސްރާއީލަށް އެމްކޭ-84 ބޮމުގެ ޝިޕްމަންޓެއް ފޮނުވާފައިވާ ކަމަށް އާދީއްތަ ދުވަހު އިސްރާއީލުގެ ދިފާއީ ވުޒާރާ އިން ބުނެފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އިސްރާއީލަށް ބާރުގަދަ އެމްކޭ-84 ބޮން އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ހުރަސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު ވަނީ ނައްތާލައްވާފައެވެ.

އެމްކޭ-84 އަކީ ގައިޑް ނުކުރެވޭ 2،000 ޕައުންޑުގެ ބޮމެކެވެ. މިއީ ބޯ ކޮންކްރީޓާއި މައުދަން ފަދަ ތަކެތި ފޫ އަޅުވާލާ ބޮޑު ސަރަހައްދަކަށް ގެއްލުން ދިނުމުގެ ބާރު ހުރި ބާވަތުގެ ބޮމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައިޑެންގެ އިދާރާއިން މި ބާވަތުގެ ބޮން އިސްރާއީލަށް އެކްސްޕޯޓް ކުރުމަށް ހުއްދަ ނުދިނީ، މީހުން ތޮއްޖެހިފައިވާ ޣައްޒާ އަށް މިފަދަ ބޮމެއް އަޅައިފިނަމަ އޭގެ ގެއްލުން ވަރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން އޮތުމުން ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު، ބައިޑެން ސަރުކާރުން އިސްރާއީލަށް އެތައް ހާސް 2،000 ޕައުންޑުގެ ބޮން ފޮނުވިއެވެ. ނަމަވެސް ފަހުން އޭގެ އެއް ޝިޕްމަންޓް ހިފެހެއްޓިއެވެ.

"މިރޭ އިސްރާއީލަށް ލިބުނު ހަތިޔާރުގެ ޝިޕްމަންޓަކީ، ޓްރަމްޕްގެ ސަރުކާރުން ކޮށް ދިން ކަމެކެވެ. މިއީ އެއަރ ފޯސްއަށާއި އައިޑީއެފް އަށް ލިބުނު ވަރަށް މުހިންމު އެސެޓެކެވެ. އަދި މިއީ އިސްރާއީލާއި އެމެރިކާއާ ދެމެދު އޮތް ވަރުގަދަ އެކުވެރިކަމުގެ އިތުރު ހެއްކެކެވެ،" އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވިއެވެ.

މި ޝިޕްމަންޓް އައީ، ފާއިތުވި މަހު ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެކުލަވާލި އެއްބަސްވުން އުވާލަފާނެ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ އިސްރާއީލާއި ހަމާސް އިން އެއްބަޔަކު އަނެއް ބަޔަކަށް އަންނަނީ ތުހުމަތުތައް ކުރަމުންނެވެ.

ހަނގުރާމަ ފެށުނީއްސުރެ އެމެރިކާއިން އިސްރާއީލަށް އެތައް ބިލިއަން ޑޮލަރުގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

އެމެރިކާއިޒްރޭލްއެމްކޭ-84 ބޮމްހަމާސްޣައްޒާޖޯ ބައިޑަންޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް