Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވަގުފް

އިންޑިއާގެ ވަގުފް މުދަލުގެ ގާނޫނަށް ބަދަލު ގެނެސްގެން މުދާތައް އަތުލަން އުޅޭ ކަމަށް ކުރެވޭ ތުހުމަތު ތަކާއެކު މުސްލިމުން ރުޅިގަދަވެއްޖެ

މީގެ އެތައް ސަތޭކަ އަހަރު ކުރިން އިންޑިއާގެ މުސްލިމުން ވަގުފް ގެ ގޮތުގައި ހަދިޔާ ކޮށްފައިވާ މިލިއަން ޑޮލަރުގެ އަގުހުރި ޕްރޮޕަޓީ ތައް ރެގިއުލޭޓު ކުރަމުން ދިޔަ އެތައް އަހަރެއްވީ ޤާނޫނަކަށް ބަދަލު ގެންނަން ހުށަހަޅާ މުސްލިމުން ރުޅި އަރުވާލައިފިއެވެ. އެއާއެކު އިހްތިޖާޖުތައް ވަނީ ފެށިފައެވެ.

ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2025 | ހޮނިހިރު 16:11
އިންޑިއާގެ ޒަމާންވީ މިސްކިތެއް - ވަގުފު މުދަލުގެ ގޮތުގައި ގިނަ އަދަދެއްގެ މިސްކިތާއި ، ބިމާއި ގަބުރުސްތާނުތައް ހިމެނޭ

އިންޑިއާގެ ޒަމާންވީ މިސްކިތެއް - ވަގުފު މުދަލުގެ ގޮތުގައި ގިނަ އަދަދެއްގެ މިސްކިތާއި ، ބިމާއި ގަބުރުސްތާނުތައް ހިމެނޭ

މިސްކިތްތަކާއި، މަދަރުސާތަކާއި، ބޯ ހިޔާވަހިކަން ދޭ ތަންތަނާއި އަދި އެތައް ހާސް އޭކަރުގެ ބިން ހިމެނޭ އެތައް މުދަލެއް އިންޑިއާގެ ވަގުފް މުދަލުގެ ގޮތުގައި ބަލަމުން އައިސްފައިވެއެވެ. އަދި މިފަދަ މުދާ ބަލަހައްޓަމުން އައީ ބޯޑަކުންނެވެ.

މިހާރު އޮތް ޤާނޫނަށް 40 އަށްވުރެ ގިނަ އިސްލާހު އާ އެކު އައު ބިލެއް އޯގަސްޓް މަހު ވަނީ ހުށަހަޅާފައެވެ. ފަހުން އެ ބިލު ވަނީ މަޝްވަރާ ކުރުމަށްޓަކައި ޕާލިމެންޓް މެންބަރުންގެ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވިފައެވެ.

ފެބްރުއަރީ 13 ވަނަ ދުވަހު، ކޮމިޓީގެ ރިޕޯޓު ޕާލިމެންޓުގެ ދެ ގެއަށް ހުށަހެޅުނު އިރު އިދިކޮޅު މެމްބަރުން ގެންދިޔައީ އިހުތިޖާޖު ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ބިލުގެ ރިޕޯޓު ތަޅުމަށް ހުށަހެޅުނު އިރު އެފަރާތްތަކުން ހުށަހެޅި އިއުތިރާޒުތައް ރިޕޯޓުން ފުހެލާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރު މެމްބަރުން މި ތުހުމަތު ދޮގުކޮށްފައިވެއެވެ.

އައު ބިލުގައި ކޮމިޓީން ހުށަހަޅާފައިވާ ބަދަލުތައް ހިމެނުމަށްފަހު ޕާލިމެންޓުގައި ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ. ޕާލިމެންޓުގެ ދެ ގެ އިން ފާސްވެއްޖެނަމަ، އެ ބިލު ޤާނޫނަކަށް ވުމުގެ ކުރިން ރައީސް ދްރައުޕަދީ މުރުމު ތަސްދީގު ކުރެއްވުމަށް ފޮނުވޭނެއެވެ.

ބިލަށް ހުށަހަޅާފައިވާ ބަދަލުތަކަކީ ވަގުފް މުދާ ބެލެހެއްޓުމުގައި ކޮރަޕްޝަން ނައްތާލުމަށާއި މުސްލިމު ޖަމާއަތްތަކުން އިސްލާހު ކުރުމަށް އެދިފައިވާ ކަންކަމަށް އެޑްރެސް ކުރުމަށް ކޮންމެހެން ބޭނުންވާ ބަދަލުތަކެއް ކަމަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް ގިނަ މުސްލިމު ޖަމާޢަތްތަކާއި އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ މި ބަދަލުތަކަކީ ސިޔާސީ ބޭނުމަކަށް ގެނެވޭ ބަދަލުތަކެއް ކަމަށާއި މޯދީގެ ހިންދޫ ނެޝަނަލިސްޓް ޕާޓީން މައިނޯރިޓީތަކުގެ ހައްޤުތައް ނިގުޅައިގަތުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ވަޤުފަކީ ކޮބާ؟

އިސްލާމީ އާދަކާދައިގައި، ވަޤުފަކީ މުޖުތަމަޢުގެ މަންފާއަށްޓަކައި މުސްލިމުން ކުރާ ހައިރާތެއް ނުވަތަ ދީނުގެ ނަމުގައި ކުރާ ހަދިޔާއެކެވެ. މިފަދަ މުދާ ވިއްކާ ނުވަތަ އެހެން ކަންކަމަށް ބޭނުން ކުރުމެއް ނޯވެއެވެ. އެއީ ﷲ އަށް ޓަކައި ކޮށްފައިވާ ޚައިރާތެކެވެ.

މި ފަދަ ޕްރޮޕަޓީ ތަކުގެ ތެރެއިން ވަރަށް ގިނަ ތަންތަން ބޭނުން ކުރެވެނީ މިސްކިތްތަކަށާއި، މަދަރުސާތަކަށާއި، ޤަބުރުސްތާނުތަކަށާއި އަދި ޔަތީމުޚާނާތަކަށެވެ. އަދި ބައެއް ތަންތަން ބޭނުމެއް ނެތި ދޫކޮށްލާފައިވެސް ހުރި ކަމަށް ވެއެވެ. އަދި ބައެއް އެފަދަ މުދާ ނުހައްގުން އެކި ފަރާތްތަކުން އަތުލާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

އިންޑިއާގައި ވަޤުފްގެ އާދަކާދަތައް 12 ވަނަ ގަރުނުގައި ދިއްލީ ގައި މުސްލިމް ރަސްރަސްކަލުން ވެރިކަން ކުރެއްވި ޒަމާނާ ހަމައަށް އޮތީ ގުޅިފައެވެ.

މިހާރު މިފަދަ މުދާ ބެލެހެއްޓެނީ 1995 ގައި ފާސްކުރި ވަޤުފް ޤާނޫނުގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން ސްޓޭޓް ފެންވަރުގެ ބޯޑުތައް އުފެއްދުމަށް ލާޒިމުކުރެއެވެ. މި ބޯޑުތަކުގައި ހިމެނެނީ ސްޓޭޓް ސަރުކާރުން ޢައްޔަންކުރާ މީހުންނާއި، މުސްލިމު ޕާލިމެންޓް މެންބަރުންނާއި، ސްޓޭޓް ބާ ކައުންސިލްގެ މެންބަރުންނާއި، އިސްލާމީ ޢިލްމުވެރިންނާއި އަދި ވަޤުފް މުދާ ބަލަހައްޓާ ފަރާތްތަކެވެ.

ސަރުކާރުން ބުނާ ގޮތުގައި ވަގުފް ބޯޑުތަކަކީ އިންޑިއާގެ އެންމެ ބޮޑެތި ބިންވެރިންގެ ތެރޭގައި ހިމެނޭ ފަރާތްތަކެވެ. އިންޑިއާގައި މަދުވެގެން 872,351 ވަގުފު ޕްރޮޕަޓީ ހުރި ކަމަށް ވެއެވެ. މީގެ ތެރޭގައި 940,000 އޭކަރަށް ވުރެ ގިނަ ބިން ހިމެނެއެވެ. މި މުދަލުގެ އަގު އަންދާޒާ ކުރެވެނީ 1.2 ޓްރިލިއަން ރުޕީސް (14.22 ބިލިއަން އެމެރިކާ ޑޮލަރު) އެވެ.

އިސްލާހު ގެންނަން ޖެހޭތަ؟

ވަޤުފު ބޯޑުތަކުގައި ކޮރަޕްޝަން އަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް މުސްލިމް ޖަމާޢަތްތަކުން ވެސް އެއްބަސްވެއެވެ – ބޯޑުގެ މެމްބަރުންނާއި ގުޅިގެން ވަގުފު ބިންތަކަށް އެކި ފަރާތްތަކާ ގުޅިގެން ވަގު ޑީލްތައް ހެދުމުގެ މަސައްކަތް ކުރާ ކަމުގެ ތުހުމަތު އެތައް ފަހަރެއްގެ މަތިން ކުރެވިފައިވެއެވެ.

ކަރަޕްޝަންގެ މައްސަލަތަކަށް އެޑްރެސް ކުރުމުގެ އިތުރުން ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ޕްރޮޕަޓީ ތަކުގެ ތެރެއިން ގިނަ އަދަދެއްގެ މުދާ ވަނީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ސަރުކާރުގެ އިދާރާތަކުން ނުހައްގުން އަތުލައިގަނެފައެވެ. - މިކަމަކީވެސް ވަގުތުން ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް މުސްލިމުން އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ މުސްލިމުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ކުރީގެ ކޮންގްރެސް ޕާޓީ އިސްވެ އޮވެގެން އުފެއްދި ކޮމިޓީން 2006 ވަނަ އަހަރު ހުށަހެޅި ރިޕޯޓެއްގައި ވަގުފް ގެ ކަންކަން ހިންގުން އިޞްލާޙު ކުރުމަށް ހުށަހަޅާފައިވެއެވެ. އެއީ ބޯޑުތަކުން ބަލަހައްޓާ ގިނަ އަދަދެއްގެ މުދަލާ އަޅާބަލާއިރު އޭގެ އާމްދަނީ ދަށްކަމަށް ފެނިފައިވާތީއެވެ.

ކޮމިޓީން އަންދާޒާކުރާ ގޮތުގައި ބިންތައް ހަރުދަނާކޮށް ބޭނުން ކުރެވިއްޖެ ނަމަ އަހަރަކު ގާތްގަނޑަކަށް 120 ބިލިއަން ރުޕީސް (1.4 ބިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބޭނެއެވެ. ބައެއް އަންދާޒާތަކުން ބުނާ ގޮތުގައި މިހާރު އަހަރަކު ލިބެނީ ގާތްގަނޑަކަށް 2 ބިލިއަން ރުޕީސްއެވެ.

އަދި ކޮމިޓީން ފާހަގަކޮށްފައިވާ ގޮތުގައި "ވަޤުފުގެ މަޞްލަޙަތު ބަލަހައްޓަން ޖެހޭ ފަރާތް ކަމުގައިވާ ދައުލަތުން ވަގުފް ބިން ޖަހައިގަތުމަކީ ވެސް އާންމު ކަމެކެވެ". އަދި ސަރުކާރުގެ އިދާރާތަކުން ވަގުފް ބިން "ހުއްދަނެތި ބޭނުންކުރާ" އެތައް ސަތޭކަ މިސާލެއް ލިސްޓުކޮށްފައިވެއެވެ.

ސަރުކާރުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މަދުވެގެން 58,889 ވަގުފް މުދަލެއް މިހާރު ވަނީ ނުހައްގުން އަތުލާފައެވެ. އަދި 13,000 އަށްވުރެ ގިނަ ޕްރޮޕަޓީ އާ ގުޅޭގޮތުން ޝަރީޢަތުގައި މައްސަލަ ހިނގަމުންދެއެވެ. 435,000 އަށްވުރެ ގިނަ ޕްރޮޕަޓީގެ ޙާލަތު އެނގިފައެއް ނުވެއެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އިޞްލާޙުތަކުން މި މައްސަލަތަކަށް އަމާޒުކޮށް، ކޮމިޓީން ހުށަހެޅި ހުށަހެޅުންތައް ރިއާޔަތް ކުރެވޭނެއެވެ.

ޕާލިމެންޓަރީ އެފެއާޒް މިނިސްޓަރ ކިރެން ރިޖިޖޫ ދަ ޓައިމްސް އޮފް އިންޑިއާ ނޫހަށް ވިދާޅުވެފައިވަނީ މި އިޞްލާޙުތައް ގެންނަން ޖެހުނީ މުސްލިމް ޖަމާއަތުގެ މަތީ ފަންތީގެ ބަޔަކު އެކަނި މި މުދާތައް ބަލަހައްޓަމުން ގެންދާތީ ކަމަށެވެ.

މިކަމާމެދު ޚިޔާލު ތަފާތުވަނީ ކީއްވެ؟

ނަމަވެސް ގިނަ މުސްލިމުން ގާނޫނަށް ހުށަހަޅާފައިވާ ބަދަލުތަކާމެދު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ.

ބިލުގެ އެންމެ ޚިލާފު އުފެދޭ އެއް ކަމަކީ މިލްކުވެރިކަމުގެ އުސޫލު ތަކަށް ގެންނަ ބަދަލެވެ. މިކަމުގެ ސަބަބުން ބޯޑުގެ މިލްކުގައިވާ ތާރީޚީ މިސްކިތްތަކާއި، ގަބުރުސްތާނުތަކަށް އަސަރުކުރާނެއެވެ.

މި ތަންތަނުގެ ތެރެއިން ގިނަ ތަންތަނަކީ - މުސްލިމުން ޖީލުތަކެއް ވަންދެން ބޭނުންކުރަމުން އައި، އެހެން ނަމަވެސް ރަސްމީ ލިޔެކިޔުންތައް ނެތް ތަންތަނެވެ. އެއީ އެތައް ސަތޭކަ އަހަރެއް ކުރިން އަނގަބަހުން ނުވަތަ ޤާނޫނީ ރެކޯޑުތަކެއް ނެތި ހަދިޔާކޮށްފައިވާ ތަންތަނެވެ.

1954 ވަނަ އަހަރުގެ ވަގުފް ޤާނޫނުން މިފަދަ މުދާ "ބޭނުން ކުރުމުގެ ގޮތުން ވަގުފު" ގެ ގިންތީގެ ދަށުން ބަލައިގަނެފައި ވެއެވެ. ނަމަވެސް ހުށަހެޅިފައިވާ އައު ޤާނޫނުގައި މި މާއްދާ ހިމަނާފައި ނުވުމުން، ގިނަ އަދަދެއްގެ މިފަދަ މުދަލުގެ ކުރިމަގު ކަށަވަރުނުވެ އެ އޮތް ގޮތުގައި ދެމިއޮވެއެވެ.

"ޝިކުވާ-އެ-ހިންދު: ދަ ޕޮލިޓިކަލް ފިއުޗަރ އޮފް އިންޑިއަން މުސްލިމްސް" ގެ މުޞައްނިފު، ޕްރޮފެސަރ މުޖީބުއް ރަޙްމާން ވިދާޅުވާ ގޮތުގައި މިފަދަ ދުވަސްވީ މުޖުތަމަޢުގެ މުދަލުގެ މިލްކުވެރިކަން ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. އެއީ މިފަދަ މުދާ ބެލެހެއްޓުމާއި ރަޖިސްޓްރީކުރުމުގެ ނިޒާމު ޒަމާންތަކެއް ވަންދެން މުޣަލް ނިޒާމުން ފެށިގެން، ބްރިޓިޝް ކޮލޯނިއަލް ނިޒާމަށް، އަދި މިހާރުގެ ނިޒާމަށް އެކި ގޮތް ގޮތައް ބަދަލުވަމުން އައިސްފައިވާތީއެވެ.

"އެމީހަކަށް އަމިއްލަ މުދަލުގެ ވެރިފަރާތް މަދު ޖީލުތަކެއްގެ ކުރިއަށް ދެނެގަނެވިދާނެއެވެ. ނަމަވެސް ޖަމާއަތުގެ މުދާ އެގޮތައް ދެނެގަތުމަކީ މާ އުނދަގޫ ކަމެކެވެ. އެއީ އޭގެ ބެލެހެއްޓުން އެކި ޒަމާނުގައި ބަދަލުވަމުން ގޮސްފައިވާތީ،" ކަމަށް ޕްރޮފެސަރ ރަޙްމާން ވިދާޅުވިއެވެ.

އެހެން ބައެއް މީހުން ކަންބޮޑުވާ ގޮތުގައި އައު ބިލުން ޖަމާއަތުގެ ކަންބޮޑުވުންތަކަށް ޙައްލެއް ނުލިބި، އޭގެ ބަދަލުގައި ވަގުފް މުދާ ކޮންޓްރޯލް ކުރުމުގައި މުސްލިމުންގެ ދައުރު ވަރަށް ބޮޑަށް ކުޑަކޮށްފާނެއެވެ.

އެއީ ހުށަހެޅިފައިވާ ބަދަލުތަކުގެ ތެރޭގައި ވަގުފް ބޯޑު އެކުލެވިގެންވާ ގޮތަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން، މުސްލިމުން ނޫން މީހުން ބޯޑުގެ މެންބަރުންގެ ގޮތުގައި ހިމެނުން ލާޒިމުކުރާތީއެވެ.

"މިހާރު މި ގެނެވޭ ބަދަލު ފެންނަނީ އަޣުލަބިއްޔަތު ސިޔާސަތަށް ފަހިވާ ގޮތަށް ކަމަށް ޕްރޮފެސަރ ރަޙްމާން ވިދާޅުވެއެވެ. "މުސްލިމުންގެ މުދަލު ގެ މައްޗަށް ދައުލަތުން ވެރިވެގަތުން އެކަންޏެއް ނޫން، މުސްލިމު ޖަމާއަތުގެ މައްޗަށް ހިންދޫ ޖަމާއަތް ގަދަވެ ބާރު ހޯދުމަށް ވެސް މަސައްކަތްކުރާ ކަމަށް ފެނެއެވެ."

ހުށަހެޅިފައިވާ އެހެން ބަދަލުތަކަކީ ކޮބާ؟

އެހެނިހެން މުހިންމު ބަދަލުތަކުގެ ތެރޭގައި، ވަގުފް ބޯޑުތަކުން ވަގުފް މުދާތައް ޑިސްޓްރިކްޓް ކަލެކްޓަރުގެ އޮފީހުގައި ރަޖިސްޓްރީ ކުރުން ލާޒިމު ކަމެއްގެ ގޮތުގައި ހެދުން ހިމެނެއެވެ. ވަގުފުގެ މުދަލެއްގެ ގޮތުގައި އެ މުދަލަކަށް ކުރެވޭ ދަޢުވާއަކީ ޞައްޙަ ދަޢުވާއެއްތޯ ނުވަތަ ނޫންތޯ ކަލެކްޓަރުން ކަނޑައަޅާ ސަރުކާރަށް ކަލެކްޓަރުން ހުށަހަޅަން ވާނެ ކަމަށް ބިލުގައިވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ވަގުފް ބޯޑުތަކުގެ ބާރުތައް ކުޑަކުރުމަށް ކުރެވޭ ކަމެކެވެ.

މުސްލިމް އެމްޕީ އެއް ކަމުގައިވާ އަސަދުއްދީން އުވައިސީ ވިދާޅުވާ ގޮތުގައި މި ބަދަލުތަކުގެ މަޤްޞަދަކީ މުސްލިމުންގެ އަތުން އެމީހުންގެ ބިންތައް އަތުލުމެވެ.

މިހާރު އޮތް ޤާނޫނުގައި ބުނާ ގޮތުން ސްޓޭޓް ސަރުކާރުތަކުން ސަރވޭ ކޮމިޝަނަރެއް ޢައްޔަން ކުރަންޖެހެއެވެ. މި ކޮމިޝަނަރު ވަގުފް މުދާ ދެނެގަނެ، އޭގެ ލިސްޓެއް ތައްޔާރުކުރެއެވެ. އެއަށްފަހު މި ލިސްޓު ސްޓޭޓް ސަރުކާރަށް ފޮނުވައި، ސަރުކާރުން ޤާނޫނީ ގޮތުން ލާޒިމުކުރާ ނޯޓިފިކޭޝަނެއް ނެރެއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މިއަށް އިއުތިރާޒު ނުކުރާނަމަ، އެ މުދަލަކީ ވަގުފް މުދަލެއްގެ ގޮތުގައި ފައިނަލް ކުރެވެއެވެ.

ނަމަވެސް ހުށަހެޅިފައިވާ ބައެއް ބަދަލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ވަގުފް މުދާތަކުގެ ހައިސިއްޔަތު އަލުން ސާބިތުކުރަން ޖެހޭނެއެވެ.

"ގިނަ ފަރާތްތަކުން ވަނީ ވަގުފް މުދަލަށް މީގެ ކުރިން ޣައިރު ޤާނޫނީ ގޮތުން އަރައިގަނެފައެވެ. މީގެ މާނައަކީ އެމީހުންނަށް އެ މުދަލަކީ އެމީހުންގެ މުދަލެއް ކަމަށް ދަޢުވާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމެވެ،" އުވައިސީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ.

މުސްލިމް ޖަމާޢަތްތަކުން ބުނާ ގޮތުގައި މި ޕްރޮސެސްގެ ސަބަބުން ގިނަ އަދަދެއްގެ ތާރީޚީ މިސްކިތްތައް ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެއެވެ. އެމީހުން ބުނާ ގޮތުގައި އިޞްލާޙު ގެންނަން ޖެހޭ ކަމުގައި ވިޔަސް، އެ އިޞްލާޙުތައް ގެންނަންވާނީ އެ މުޖުތަމަޢުގެ އިހްސާސްތަކާއި މަޞްލަޙަތުތައް ހިމާޔަތްކުރެވޭ ގޮތަށެވެ.

"ބަލި ދެނެގަތުން ރަނގަޅު ކަމުގައި ވިޔަސް، ފަރުވާއަކީ ރަނގަޅު ފަރުވާއެއް ނޫނެވެ،" ޕްރޮފެސަރ ރަހްމާން ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން

ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން

15 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު