Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިސް ޕްލާންޓް

ރައީސް ޞާލިހުގެ ސަރުކާރުން ފެނަކައާއި ހަވާލުކޮށްފައި ހުރި 14 އައިސްޕްލާންޓް މިފްކޯއާ ހަވާލުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ހުރި 14 އައިސްޕްލާންޓު ސަރުކާރުގެ މަސް ކުންފުނި މިފްކޯއާ ހަވާލުކުރީ ހޮނިހިރު ދުވަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 15 ފެބުރުއަރީ 2025 | ހޮނިހިރު 12:57
ފެނަކަ ދަށުގައި ހުރި އައިސް ޕްލާންޓުތައް މިފްކޯއާ ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: މިފްކޯ

ފެނަކަ ދަށުގައި ހުރި އައިސް ޕްލާންޓުތައް މިފްކޯއާ ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: މިފްކޯ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ހުރި 14 އައިސްޕްލާންޓު ސަރުކާރުގެ މަސް ކުންފުނި މިފްކޯއާ ހޮނިހިރު ދުވަހު ހަވާލުކޮށްފި އެވެ.

ފެނަކައިގެ ދަށުގައި ހުރި އައިސްޕްލާންޓް ތައް މިފްކޯގެ ދަށަށް ގެންނަން ނިންމީ ހޮނިހިރު ދުވަހު އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

ފެނަކަ އާއި މިފްކޯއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އަދި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖީނިއަރިން ޓީމްތައް ހުރިހާ އައިސްޕްލާންޓް ތަކެއް އޮޕަރޭޝަނަލް ކެޕޭސިޓީ އަށް ގެނައުމަށް އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި މިހާރުވެސް ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އަދި މި ބަދަލަކީ މިފްކޯއިން ދޭ ހިދުމަތުގެ ގާބިލުކަން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، މި ބަދަލުގެ ސަބަބުން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ފާހަގަކުރާ ކަމަށް ވެސް މިފްކޯގެ ސީއީއޯ ވިދާޅުވިއެވެ.

ބަދަލުކުރި 14 އައިސްޕްލާންޓް:

ހއ. އިހަވަންދޫ

ނ. ޅޮހީ

ރ. އަލިފުށި

ބ. ތުޅާދޫ

ފ. ފީއަލި

ފ. ނިލަންދޫ

ގއ. ދާންދޫ

ގއ. ދެއްވަދޫ

ގއ. ގެމަނަފުށި

ގއ. ކޮލަމާފުށި

ގދ. ފަރެސްމާތޮޑާ

ގދ. ފިޔޯރީ

ސ. ހިތަދޫ

14 އައިސްޕްލާންޓެއް މިފްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމި އިރު، އެ ކުންފުނިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އައިސްޕްލާންޓުތައް މިފްކޯގެ ބެލުމުގެ ދަށަށް ގެންގޮސް އަލުން ހިދުމަތް ދޭން ފެށުމަށް ޓެކްނިކަލް އަދި އިންޖިނޭރުންގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިފްކޯގެ ބެލުމުގެ ދަށަށް ހުރިހާ އައިސްޕްލާންޓްތައް ބަދަލުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

14 އައިސްޕްލާންޓެއް މިފްކޯގެ ދަށަށް ބަދަލުކުރަން ނިންމިއިރު، ފެނަކައިން ބުނީ އެކަމުގެ ސަބަބުން މިފްކޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު