Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ އިހުތިޖާޖް

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގެތެރެއިން ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމަށް ބުނެ ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި

13 ފެބުރުއަރީ 2025 | ބުރާސްފަތި 13:41

ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމަށް ބުނެ 3 މީހެއްގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 13 ފެބުރުއަރީ 2025 | ބުރާސްފަތި 13:41
''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ކުރި އިހުތިޖާޖުގެ ތެރެއިން (ފައިލް ފޮޓޯ)

''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ކުރި އިހުތިޖާޖުގެ ތެރެއިން (ފައިލް ފޮޓޯ)

މިދިއަ އަހަރުގެ ޑިސެމްބަރު މަހުގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ބައިވެރިވެގެން ''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ސަރުކާރާ ދެކޮޅަށް ހުޅުމާލެ ރުއްގަނޑު ޕާކު 1 ގައި ކުރިއަށް ގެންދިޔަ މި މުޒާހަރާގެ ތެރެއިން ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާކުރުމަށް ބުރާސްފަތި ދުވަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ މއ. ވިރާޙު، އުމުރުން 39 އަހަރުގެ މުޙައްމަދު ޝާމިންއާއި، މއ. ނަހީދީ މަންޒިލް 31 އަހަރުގެ މިސްބާހު ޝަރީފްގެ އިތުރުން ހދ، ކުމުންދޫ ހޮލިޑޭވިލެޖް އުމުރުން 36 އަހަރުގެ ނުޢުމާން އަޙުމަދުގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ވެސް ކުރަނީ އެއްދައުވާއެކެވެ.

Advertisement - newsAdvertisement

މި ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ޤާނޫނު ނަމްބަރ 9/2024 (ދިވެހިރާއްޖޭގެ ޤާނޫނު އުޤޫބާތު) ގެ 533 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރާއި 2 ވަނަ ނަމްބަރުގެ (11) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާއެވެ.

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއާއި ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވިއިރު، ޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ނިޔާޒް ވިދާޅުވީ، އެ ދައުވާ އަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނޭ ދައުވާއެއް ނޫންކަމަށާއި އެއީ މި ސަރުކާރުން ޓެކްސީ ޑްރައިވަރުންނަށާ އެ ފަރާތްތަކުގެ އާއިލާއަށް ދޭ ބޮޑު އަނިޔާއެއް ކަމަށެވެ.

ނިޔާޒް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ކުރިވަގުތު އެއްވެސް މިންވަރަކަށް ފުލުހުންގެ ދައުރަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ. އަދި އެރޭގެ މުޒަހަރާ ނިންމާލުމަށް ފަހު ހިނގައިދިޔަ އެއްވެސް ކަމެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ކަމެއް ނުދައްކާ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ ފުލުހުންނާއި ޑްރައިވަރުންނާއި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވުން ކަމުގައި ނިޔާޒް ވިދާޅުވިއެވެ. އަދި ޓޯކުރި ކާރުތައް ވެސް ޓޯ ކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ދުއްވާފައިގޮސް ފުލުހުން ބުނި ތަނަކަށް ދިޔުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑްރައިވަރުންގެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވަނީ މިކަމުގައި ޑްރައިވަރުންނާއި ޑްރައިވަރުންގެ އާއިލާތަކަށް އަދުގެ ސަރުކާރުން ދީފައި ވަނީ ވަރަށް ބޮޑު ގެއްލުމެއް ކަމީ ކަށަވަރު ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް