Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރިވެވެން ނެތް ކަމަށް ގިނަ ކުލަބުތަކުން އަންގައިފި

އެ ސިޓީގައި ވަނީ ނުވަ ކުލަބަކުން ސޮއި ކޮށްފަ އެވެ. އެއީ ޓީސީ ސްޕޯޓްސް ކުލަބު، ކުލަބު ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކުލަބު، ޔުނައިޓެޑު ވިކްޓްރީ، ކުލަބު ގްރީން ސްޓްރީޓްސް، ބުރު ސްޕޯޓްސް ކުލަބު، ސަސް ސްޕޯޓްސް ކުލަބު، ކުލަބު އީގަލްސް އަދި އޮޑި ސްޕޯޓްސް ކުލަބެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2025 | ބުރާސްފަތި 07:00
މީގެ ކުރީ އަހަރެއްގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ މެޗެއްގެ ތެރެއިން

މީގެ ކުރީ އަހަރެއްގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ މެޗެއްގެ ތެރެއިން

މި މަހު ފަށަން ތާވަލްކޮށްފައިވާ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެވެން ނެތް ކަމަށް ބުނެ، ގިނަ ކުލަބުތަކަކުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީ އަށް އަންގައިފި އެވެ.

ނޯމަލައިޒިން ކޮމެޓީން އަންނަނީ މި މަހުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅަ ސީޒަން އަލުން ފެށުމަށް މަސައްކަތް ކުރަމުންނެެވެ. އެގޮތުން އެކުލަވާލާފައިވާ ތާވަލްގައި ވާގޮތުން، ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑު މެޗު މި މަހުގެ 24 ގައި ކުޅޭނެ އެވެ. އަދި އޭގެ ފަހުން މި މަހުގެ 26 ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށަން ވަނީ ތާވަލްކޮށްފަ އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރަށް އެޑްރެސްކޮށް ކުލަބުތަކުން ފޮނުވާފައިވާ އެ ސިޓީގައި ބުނެފައި ވަނީ، ކުޅިވަރު ވުޒާރާ އިން ކުލަބުތަކަށް ދޭން އެއްބަސްވެފައިވާ މާލީ އެހީތެރިކަން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ލިބިއްޖެ ނަމަ، ފެބްރުވަރީ މަހުގެ ތެރޭގައި ސީޒަން ފެށޭނެ ކަމަށެވެ. އެއީ މަދުވެގެން ހަތަރު ހަފުތާގެ ޕްރީ ސީޒަން ޓެރެއިނިން ބޭނުންވާތީ ކަމަށް ވެސް ކުލަބުތަކުން ބުނެފައިވެ އެވެ. އެގޮތަށް އެއްބަސްވެފައި ވަނީ ކުޅިވަރު ވުޒާރާގެ އިސްވެރިން އަދި އެފްއޭއެމްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި ފެބްރުވަރީ މަހު ސީޒަން ފަށަން ބޭނުންވާއިރު، ޖަނަވަރީ މަހުގެ ތެރޭގައި ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ކުޅިވަރު ވުޒާރާ އިން ވެސް ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭގެ ފަހުން މި ހިނގާ ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހު ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އާއި ކުލަބުތަކާ ދެމެދު ބޭއްވުނު ބައްދަލުވުމުގައި، ކުލަބުތަކަށް ފައިސާ ލިބޭތާ 30 ދުވަސް ފަހުން ސީޒަން ފެށޭނެ ކަމަށް ގިނަ ކުލަބުތަކާއި، ނޯމަލައިޒިން ކޮމެޓީއާ ދެމެދު އެއްބަސްވެފައިވާ ކަމަށް ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އޭގެ އެއްވެސް ކަމަކަށް އިޙުތިރާމް ކުރުމެއް ނެތި، ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ސީޒަން ހުޅުވާ މެޗު ކުޅުމަށާއި، އޭގެ ފަހުން 26 ވަނަ ދުވަހު ޕްްރެޒިޑެންޓްސް ކަޕް ފަށަން އެފްއޭއެމުން ކުއްލި އަކަށް ނިންމާފައިވާކަން ކުލަބު ތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ސިޓީގައި ކުލަބުތަކުން ބުނެފައި ވަނީ ޕްރެޒިޑެންޓްސް ކަޕް އިން ވަކިވި ނަމަވެސް، އެއްވެސް ކުލަބަކަށް އަދަބު ނުލިބޭނެ ކަމަށް ނޯމަލައިޒިން ކޮމެޓީން އަންގާފައިވާ ކަމަށެވެ. އަދި ޕްރެޒިޑެންޓްސް ކަޕަކީ ދިވެހި ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާއިރު، އެ މުބާރާތުގައި ކުޅެން ކުލަބުތަކުން ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ކުލަބުތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭ ގޮތަށް، ފުޓުބޯޅަ ސީޒަން ފެށުމުގެ ޝެޑިއުލް ހެދުމަށް ވެސް ކުލަަބު ތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ސިޓީގައި ކުލަބުތަކުން ވަނީ ހަތަރު ކަމެއް ހިއްސާ ކޮށްފަ އެވެ.

އެއީ، އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަައި ޗެރިޓީ ޝީލްޑު މެޗާ އެކު ސީޒަން ފެށުމުގެ އިތުރުން، މާޗު މަސް ރަމަޟާން މަހަށް ޚާއްސަކޮށްފައި ބޭއްވުން - އެއީ މާޗު މަހުގެ ފަހު ދެ ހަފުތާގެ ތެރޭގައި ބައިނަލްއަޤުވާމީ ދެ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވާތީކަން ފާހަގަކޮށްފައިވެ އެވެ. އަދި މިހާރު އޮތް ކަލަންޑަރާ އެއް ގޮތަށް ލީގު ކުރިއަށް ގެންދިޔުމާއި، ޕްރެޒިޑެންޓްސް ކަޕް ސީޒަންގެ ފަހު ބައިގައި ކުލަބުތަކަށް މާލީ އަދި އޮޕަރޭޝނަލް ހަމަޖެހުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ބަދަލު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އެހެންކަމުން ކުލަބުތަކުން ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެއްޖެ ނަމަ، މި މަހުގެ 26 ވަނަ ދުވަހު ފަށަން ތާވަލްކޮށްފައިވާ ޕްރެޒިޑެންޓްސް ކަޕް ގައި ބައިވެރި ނުވެވޭނެ ވާހަކަ ވަނީ ބުނެފަ އެވެ. އެ ސިޓީގައި ވަނީ ނުވަ ކުލަބަކުން ސޮއި ކޮށްފަ އެވެ. އެއީ ޓީސީ ސްޕޯޓްސް ކުލަބު، ކުލަބު ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކުލަބު، ޔުނައިޓެޑު ވިކްޓްރީ، ކުލަބު ގްރީން ސްޓްރީޓްސް، ބުރު ސްޕޯޓްސް ކުލަބު، ސަސް ސްޕޯޓްސް ކުލަބު، ކުލަބު އީގަލްސް އަދި އޮޑި ސްޕޯޓްސް ކުލަބެވެ. މި ސިޓީގައި ސޮއި ނުކުރަނީ އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަނި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު