Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސަރުކާރުން ޓެކްސީ ކުރުން

ސަރުކާރުން ޓެކްސީ ކުރުމަކީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއް: ނިޔާޒު

ސަރުކާރުން އީވީ ޓެކްސީގެ ނަމުގައި ޓެކްސީ ލައިނެއް އިފްތިތާހު ކުރުން ވެގެން ދިއައީ މުޅި ރާއްޖެއާއި ޚާއްސަކޮށް މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުންނަށް ވަރަށް ބޮޑު ހިތާމައަކަށް

ސަރުކާރުން އީވީ ޓެކްސީގެ ނަމުގައި ޓެކްސީ ލައިނެއް އިފްތިތާހު ކުރުން ވެގެން ދިއައީ މުޅި ރާއްޖެއާއި ޚާއްސަކޮށް މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުންނަށް ވަރަށް ބޮޑު ހިތާމައަކަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2025 | ބުދަ 20:08
އިބްރާހިމް ނިޔާޒު - ޑްރައިވަރުންގެ ޖަމްއިއްޔާގެ ރައީސް

އިބްރާހިމް ނިޔާޒު - ޑްރައިވަރުންގެ ޖަމްއިއްޔާގެ ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން ނިންމުން ވެގެން ދިއައީ މާލެ ސަރަހައްދުގައި އެ ހިދުމަތް ދެމުން އަންނަ ޓެކްސީ ޑްރައިވަރުންނަަށް ލިބުނު ވަރަށް ބޮޑު ހިތާމައަކާއިކަންބޮޑުވުމެއް ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިބުރާހީމް ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިފަދައިން ވިދާޅުވީ ބުދަ ދުވަހު ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން ނިންމި ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި "ރާއްޖެ ޓީވީ"އަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައެވެ.

Advertisement - businessAdvertisement

ނިޔާޒް ވިދާޅުވީ މި ސަރުކާރުން އީވީ ޓެކްސީގެ ނަމުގައި ޓެކްސީ ލައިނެއް އިފްތިތާހު ކުރުން ވެގެން ދިއައީ މުޅި ރާއްޖެއާއި، ޚާއްސަކޮށް މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުންނަށް ވަރަށް ބޮޑު، ހިތާމައަކާއި ހިތްދަތިކަމެއް ލިބިގެން ދިއަ ކަމެއް ކަމަށެވެ. ސަބަބެއްކަމުގައި އޭނާ ވިދާޅުވީ ޒަމާނުއްސުރެ ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ޓެކްސީ ތަކާއި ޓެކްސީ ސެންޓަރުތަކުން ދިގު މުއްދަތަކަށް ކުރި ބޮޑެތި އިންވެސްޓްމަންޓުތައް ހުއްޓިގެން ދިއުމެވެ.

ނިޔާޒް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކަކީ ރާއްޖޭގައި އެންމެ ކުރިން ފެށިގެންވެސް މިއަދާ ޖެހެންދެންވެސް ފުޅާދާއިރާއެއްގައި ޓެކްސީގެ ޚިދުމަތް އާންމު ރައްޔިތުންނަށް ދެމުން އައި ފަރާތްތައް ކަމަށާއި، އޭރުންސުރެ، ޓެކްސީ ޑްރައިވަރުން އެކަން ކުރަމުން އައީ އެތަކެއް ބޮޑެތި ގުރުބާނީތަކެއް ވެސް ވެގެންކަމަށެވެ.

އެގޮތުން ގިނަ މީޙުން ޓެކްސީކުރަން ކާރުތައް ގަނެފައި ހުރީ ބޮޑެތި ލޯނުތައް ނަގައިގެން ކަމަށާއި އަނެއްބަޔަކު ޓެކްސީ ދަތުރުތައް ކުރަމުން ގެންދަނީ އެހެން މީޙުންގެ ޓެކްސީތައް ކުއްޔަށް ނަގައިގެން ކަމަށެވެ. އެހެން ކަމުން މިއީ ޓެކްސީ ޑްރައިވަރުންގެ ދިރުއުޅުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ވާއިރު، ސަރުކާރުން މި މަސައްކަތް ހުއްޓުވާލަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ޓެކްސީގެ ޚިދުމަތަކީ އެންމެ އާދައިގެ މީހާ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އަދި މިއީ ވަރަށް ގިނަ އަމިއްލަ ފަރުދުންގެ ދިރިއުޅުމާއި ވެސް ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ފެށުމުން އެކަމުގެ ދަތިތަކާއި ތަކުލީފުތައް ކުރިމަތިވަނީ ހަމައެކަނި އެންމެ ޓެކްސީ ޑްރައިވަރަކަށް ނޫން ކަމަށާއި އެކަމުގެ ތަކުލީފުތައް ހުރިހާ ޓެކްސީ ޑްރައިވަރުންނަށް ވެސް އުފުލަން ޖެހޭ ކަމަށެވެ.

ނިޔާޒު ވިދާޅުވީ ކޮންމެ ޓެކްސީ ޑްރައިވަރެއް ވެސް އެ މަސައްކަތް ކުރަމުން ގެންދަނީ ކޮންމެވެސް މީހެއްގެ އަތުން ކާރެއް ކުއްޔަށް ނަގައިގެން ކަމަށާއި އެގޮތުން އެ ޓެކްސީ އަށް ލިބޭ ފައިސާއިން ބައެއް ވެރިމީހާ އަށާއި އެ ޓެކްސީ ރެޖިސްޓްރީވެފައި އޮންނަ ޓެކްސީ ސެންޓަރަށް ވެސް ބައެއް އަޅަން ޖެހޭކަމަށެވެ. ކަން މިހެން ހުރިއިރު، މިކަމުގެ އަސަރު އެ ހުރިހާ ފަރާތްތަކަށް ވެސް ފޯރާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ސަރުކާރުން މި ވަދެގަންނަނީ ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު ކޮމިޔުނުޓީއެއްގެ ތެރެއަށް ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ ސަރުކާރުގެ މި ޚިދުމަތް ތައާރަފުވެގެން ދިއުމުން ޓެކްސީ ޑްރައިވަރުންނަށް އެއްވެސް ވަރެއްގެ ބިރުވެރިކަމެއް ނުވަތަ ކަންބޮޑުވުމެއް ނެތްކަމަށް ސަރުކާރުން ބުނާއިރު، އެއްތަނެއްގައި ޚިދުމަތްދޭ ދެތަނެއް ހުރުމަކީ ޑިމާންޑް ކުޑަވެ، ބޮޑެތި ބަދަލަުތަކެއް އަންނާނޭ ކަމެއް ކަމަށެވެ. އެގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ކުރިމަތިވެގެން މިއުޅޭ އަސްލު މައްސަލައަކީ، ޓެކްސީ ބޭނުންވެގެން އުޅޭ ކަސްޓަމަރަށް ޓެކްސީ ނުލިބުން ކަމަށާއި އަދި ކަސްޓަމަރުން ބޭނުންވެގެން އުޅޭ ޓެކްސީ ތަކަށް ކަސްޓަމަރުން ނުލިބުމުގެ މައްސަލަކަމަށެވެ.

އޭގެ އެންމެ ބޮޑު އެއްސަބަކަކަށް ވެފައިވަނީ މި މާލޭގައި ޓެކްސީގެ ރަނގަޅު ޚިދުމަތެއް އާންމު ރައްޔިތުންނަށް ފޯރުކޮށްދޭނެ ރަނގަޅު މާހައުލެއް ތަނަވަސްވެފައި ނެތުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ސަރުކާރުން މިކަން ހައްލުކޮށްދިނުމުގެ ބަދަލުގައި މަސައްކަތް އެ ކުރަނީ މިކަން އިތުރަށް ގޯސްކުރަން ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިލާންގެ ޓެކްސީތަކުގެ ބޭރަށް ރާއްޖޭގެ ހިތްގައިމުކަން

މިލާންގެ ޓެކްސީތަކުގެ ބޭރަށް ރާއްޖޭގެ ހިތްގައިމުކަން

07 ފެބުރުއަރީ 2020
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ފޮނުވި ހަ ބޭފުޅުންގެ ނަން ފާސްވެއްޖެ

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ފޮނުވި ހަ ބޭފުޅުންގެ ނަން ފާސްވެއްޖެ

31 ޖުލައި 2019
ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު

ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު

27 މާރިޗު 2019
ރޯލްސް ރޮއިސް އިން ފްލައިންގ ޓެކްސީ ޑިވެލޮޕް ކުރުމަށް ތައްޔާރުވެއްޖެ

ރޯލްސް ރޮއިސް އިން ފްލައިންގ ޓެކްސީ ޑިވެލޮޕް ކުރުމަށް ތައްޔާރުވެއްޖެ

17 ޖުލައި 2018
ދިރާގު ޕޭ ޓެކްސީ ޕްރޮމޯޝަން ފަށައިފި

ދިރާގު ޕޭ ޓެކްސީ ޕްރޮމޯޝަން ފަށައިފި

20 ޖޫން 2018

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު