Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަތުރުވެރިކަން އިޝްތިހާރުކުރުން

މިލާންގެ ޓެކްސީތަކުގެ ބޭރަށް ރާއްޖޭގެ ހިތްގައިމުކަން

މި ކެމްޕޭންގައި މިލާންގައި ދަތުރުކުރާ 80 ޓެކްސީގައި ރާއްޖޭގެ ހިތްގައިމުކަމާއި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ތަފާތު ކަންކަން ދައްކުވައިދޭ ފޮޓޯތައް ހިމެނޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2020 | ހުކުރު 07:54
މިލާންގެ ޓެކްސީއެއްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް އިޝްތިހާރުކޮށްފައި

މިލާންގެ ޓެކްސީއެއްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް އިޝްތިހާރުކޮށްފައި

ރާއްޖެ އަށް އަބަދުވެސް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމުގެ ތެރޭގައި ހިމެނޭ އިޓަލީގެ ދެވަނަ އަށްއެންމެ ބޮޑު ސިޓީ މިލާންގައި ރާއްޖެ އިޝްތިހާރުކުރަން ހަރަކާތެއް ފަށައިފި އެވެ.

އިޓާލީގައި ރާއްޖެ އިޝްތިހާރުކުރުމުގެގޮތުން، މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކެމްޕޭންގައި މިލާންގައި ދަތުރުކުރާ 80 ޓެކްސީގައި ރާއްޖޭގެ ހިތްގައިމުކަމާއި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ތަފާތު ކަންކަން ދައްކުވައިދޭ ފޮޓޯތައް ހިމެނޭ އިޝްތިހާރުތައް ޖަހާނެއެވެ.

Advertisement - businessAdvertisement

އެގޮތުން އިޓަލީގެ ފަތުރުވެރިން އެންމެ ގަޔާވާ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި ކަނޑުއަޑީގައި ތަޖުރިބާ ކުރެވެންހުންނަ ހިތްގައިމު ކަންތައްތަކުގެ ފޮޓޯ ޓެކްސީތަކުގައި ވަނީ ޖެހިފަ އެވެ. މީގެއިތުރުން މި ފެބުރުއަރީ މަހުގެ 9-11 އަށްމިލާންގައި އޮންނަ ބީއައިޓީ މިލާން ފެއާގައި ރާއްޖޭގެ ސްޓޭންޑާ ބެހޭ މައުލޫމާތުތައް ވެސް މި ޓެކްސީތަކުގެ ބޭރުގައި ވަނީ ޖަހާފައެވެ.

އިޓަލީ މާކެޓްގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްއެމްއެމްޕީއާރްސީއިން ވަނީ ރާވާފަ އެވެ. އެގޮތުން ދެ ފެއާއެއްގައި ބައިވެރިވުމުގެ އިތުރުން މީޑިއާ، އިންފްލުއެންސަރ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ބޮޑެތި ޓްރެވެލް އެޖެންސީތަކާ އެކީ ޖޮއިންޓް ކެމްޕޭން އޮންލައިން ކެމްޕެއިން އަދި އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިންތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

މިދިޔަ މަހު އެމްއެމްޕީއާރްސީއިން ވަނީ މުޅި އިޓަލީ އަށް އަމާޒުކޮށް އައުޓްޑޯ ކެމްޕޭނެއް ލޯންޗްކޮށްފަ އެވެ. އެ ކެމްޕެއިންދަށުން އިޓަލީގެ އެންމެ ބޮޑު 10 އެއާޕޯޓުގައި ބެހެއްޓިފައިވާ 350 ސްކްރީނެއްގައި ވަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތައްދައްކާލާފަ އެވެ. އަދި އިޓަލީއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޓްރެވަލް އެޖެންސީ އަލްޕިޓުއާގެ ދަށުންހިންގަމުން އަންނަ ދެހާސް އޮފީހެއްގެ ބޭރުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުގެ އިޝްތިހާރު ވަނީ ޖަހާފަ އެވެ.

މީގެއިތުރުން މިލާންގައި ދަތުރުކުރާ ޓްރޭމްއެއް ވެސް ވަނީ ރެޕްކުރެވިފަ އެވެ. މިދިޔަ އަހަރު އިޓަލީއިން 343613 ފަތުރުވެރިން ޒިޔާރަތްކޮށް އެ ގައުމު ހިމެނިފައިވަނީ ތިން ވަނަ އަށް އެންމެ ގިނަފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ގައުމުގެ ގޮތުގަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު، 9.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު