Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ހިންގުން

މަޖިލިސް ހިންގަނީ ރައީސް އޮފީހުން ފޮނުވާ ވަޒީރަކު ބުނާ ގޮތަށް، ކޮންޓްރޯލް ކުރަނީ މަޖިލީހުގެ ނައިބުރައީސް - އާދިލް

11 ފެބުރުއަރީ 2025 | އަންގާރަ 19:16

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ވަރަށް ބޮޑަށް ފިތިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ފެބުރުއަރީ 2025 | އަންގާރަ 19:16
އެމްޑީޕީގެ ހަވަރު ބެރުގައި އާދިލް (މ) އަދި ސަބާ (ވ)

އެމްޑީޕީގެ ހަވަރު ބެރުގައި އާދިލް (މ) އަދި ސަބާ (ވ)

މަޖިލިސް ހިންގަނީ ރައީސް އޮފީހުން ފޮނުވާ ވަޒީރަކު ބުނާ ގޮތަށް ކަމަށާއި، ކޮންޓްރޯލް ކުރަނީ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމް ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހެލްތް ކޮމެޓީގެ ޗެއަރ އަހުމަދު އާދިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގހެ ހަބަރުބެރު ޕެނަލްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ހެލްތް ކޮމެޓީގެ ޗެއަރ އަހުމަދު އާދިލް ވިދާޅުވީ ހަގީގީ މާނަައިގައި ރައްޔިތުންގެ މަޖިލިސްގެ ދައުރު އަދާކުރުމުގައި އިންސައްތައިން ބަލާކަމުގައިވަނަމަ މަޖިލީހުގެ ދައުރު އަދާކުރަނީ ދެތިން އިންސައްތައިގައި ކަމަށެވެ. ތިން ބާރު ވަކިވެފައިވާ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވީނަމަވެސް ފެނިގެންދަނީ ރައްޔިތުން މަޖިލީހުން ކުރަންޖެހޭ ކަންކަންވެސް ރައީސް އޮފީހުން ބުނެގެން ކުރާތަން ކަމަށާއި، ރައީސްގެ އެންގެވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް ވަޑައިގެން ކަންކަންކުރަންޖެހޭ ގޮތުގެ އިރުޝާދު ދެމުންދާތަކަށް މިހާރު ފެންނަމުންދާ ކަމަށް އާދިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާދިލް ވިދާޅުވީ ރިޔާސީ ބަޔާން އިއްވި ދުވަހުވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެތަނުގައި އިންނެވި ކަމަށާއި، މަޖިލިސް ކުރިއަށްދިޔައީ މަޖިލީހުގެ ރައީސްގެ ކޮންޓްރޯލުގެ ދަށުންކަމަށް ޓީވީ ބަލަންތިބި ރައްޔިތުންނަށް ފެނިވަޑައިގަތަސް އެކަން ހިނގައިދިޔައީ އެގޮތަށް ނޫންކަމަށެވެ. އާދިލް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ ވަރަށް ބޮޑަށް ފިތިފައި ކަމަށާއި، މުޅި މަޖިލީހުގެ ކޮންޓްރޯލް އައީ ނައިބްރައީސް ނާޒިމްގެ ފަރާތުން ކަމަށެވެ.

ޕެނަލްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު ސޮބްރީ (ސަބާ) ވިދާޅުވީ މަޖިލީހަށް އިންތިހާބުވާ ހިސާބުން މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހާސްކަން މަޖިލިހުގައި އިއްވަން މައިކެއްދީފައި ފަލަ މުސާރައެއް ދީފައި ތިބޭ އިރު، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން 6 މެންބަރުން ފިޔަވައި ދެން ތިބީ ރަބަރު ސްޓޭމްޕް ޖަހާފައި ތިބި މެންބަރުން ކަމަށެވެ.

ސަބާ ވިދާޅުވީ މިހާރު ފެނިގެންދަނީ ހުދުމުހުތާރު މަޖިލީހެއް ކަމަށާއި، ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު އެކަމުގައި މެންބަރުން ބެދިފައި ތިބޭއިރު މިނިވަންކަމާއެކު މެންބަރުންނަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ.

ސަބާ ވިދާޅުވީ ތަންތަނުގެ އިސްވެރިންގެ ގޮތުގައިވެސް އައްޔަންކުރަނީ ރިޓަޔަރޑް ބޭފުޅުން ކަމަށާއި، އެއީ ތަންތަނުގެ ކޮންޓްރޯލް ނެގުމަށް ކަމަށެވެ. އަދި އޮފީސްތަކުގެ މުވައްޒަފުންނަށްވެސް އަމިއްލަ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަމެއް ނެތް އިރު، މިއަދު މަޖިލިސް ވެސް ފެނިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ބަދަލުގައި ޕީއެންސީގެ މަޖިލީހެއްގެ ގޮތުގައި ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް