Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާ އާރާސްތުގެ ކުރުމުގެ ޕްލޭން ގެ ދަށުން ފަލަސްތީނު މީހުންނަށް އެނބުރި އައުމުގެ ހައްގެއް ނޯންނާނެ: ޓްރަމްޕް

ޓްރަމްޕްގެ މި ވާހަކަ އާ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް، ވޭތުވެދިޔަ ހަފްތާގައި ނޫސްވެރިންނަށް މިކަމާ ބެހޭ ގޮތުން ދިން މައުލޫމާތާ ބަރަށް ބޮޑަށް ޚިލާފު ވެފައިވާކަން ފާހަގަ ކުރެވެއެވެ. އެ ދެ ފަރާތުން ބުނެފައިވަނީ އިމާރާތްކުރުމުގެ މުއްދަތުގައި ޣައްޒާގެ ރައްޔިތުން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރެވޭނެ ކަމަށެވެ. 

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2025 | ހޯމަ 17:57
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ޣައްޒާ ސްޓްރިޕް އަލުން ބިނާކުރުމަށް އޭނާ ގެންގުޅުއްވާ ޕްލޭންގެ ދަށުން އަވައްޓެރި ޤައުމުތަކުގައި އަލުން ވަޒަންވެރިކުރެވޭ 2 މިލިއަން ފަލަސްޠީނު މީހުންނަށް އަނބުރާ އައުމުގެ ޙައްޤެއް ނޯންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

"ނޫން، އެމީހުންނަށް އެ ޙައްޤު ނުލިބޭނެއެވެ. އެއީ އެމީހުންނަށް މާ ރަނގަޅު ބޯހިޔާވަހިކަން ލިބޭނެއަތީ،" ޓްރަމްޕް ފޮކްސް ނިއުސްއަށް ވިދާޅުވިއެވެ. "އަހަރެމެން މި ދައްކަނީ އެމީހުންނަށް ދާއިމީ ހިޔާވަހިކަމެއް ހޯދައިދޭ ވާހަކަ." 

ޓްރަމްޕް މި މޭމުރުމުން ވާހަކަ ދެއްކެވި ކްލިޕެއް ފޮކްސް އިން ވަނީ ދައްކާފައެވެ. ޓްރަމްޕް މިހެން ވިދާޅުވީ ވޭތުވެދިޔަ ހަފްތާގައި ހާމަކުރެއްވި ޕްލޭން މުޅި ދުނިޔެއިން ކުށްވެރިކުރަމުން ދަނިކޮށްނެވެ. އޭނާގެ ވިދާޅުވީ، "ޣައްޒާ ގަނެ އެތަން މިލްކުކުރުމަށް އަޒުމް ކަނޑައަޅައިފިން" ކަމަށެވެ. 

އިސްރާއީލުން ހިންގި 16 މަސްދުވަހުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާ މުޅިންހެން ހަލާކުވެފައި ވިޔަސް، ފަލަސްޠީނު އޮތޯރިޓީ އަދި ހަމާސް އިން ޓްރަމްޕްގެ ޕްލޭނަށް ރައްދު ދެމުން ބުނެފައިވަނީ ޣައްޒާގެ ބިމަކީ ގަނެވިއްކާ ތަނެއް ނޫން ކަމުގައެވެ. 

އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޓްރަމްޕްގެ ހުށަހެޅުމަކީ އިންގިލާބީ މޮޅު ޕްލޭނެއް ކަމަށް ސިފަކޮށް އެ ޕްލޭނަށް ތައުރީފުކުރައްވާފައެވެ. 

އަނެއްކޮޅުން އދ އިން އިންޒާރު ދީފައިވަނީ، ހިފާފައިވާ ސަރަހައްދުން މަދަނީ ރައްޔިތުން މަޖުބޫރުން ނެރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކަނޑައެޅިގެން މަނާކަމެއް ކަމަށާއި އެއީ "ނަސްލު ނައްތާލުމާ އެއްފަދަ" ކަމެއް ކަމަށެވެ. 

އިސްރާއީލުގެ ސިފައިން ހަމާސް ނައްތާލުމަށް ކަމަށް ބުނެ ހިންގި އަސްކަރީ ކެމްޕޭނެއް ފަށާފައިވަނީ 7 އޮކްޓޯބަރ 2023 ގައެވެ. 

އޭގެ ނަތީޖާއެއްގެ ގޮތުން 48,200 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 

އިސްރާއީލުގެ އަނިޔާވެރި ކަމުގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް އެތައް ފަހަރެއްގެ މަތިން އެމީހުންގެ ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާއިރު، ގާތްގަނޑަކަށް ޣައްޒާގެ 70 އިންސައްތަ އިމާރާތް ހަލާކުވެ ނުވަތަ ވީރާނާވެފައިވާ ކަމަށް ލަފާކުރެވެއެވެ. ޞިއްޙީ، ފެނުގެ، ނަރުދަމާގެ އަދި ސާފުތާހިރުކަމުގެ ނިޒާމުތައް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ކާނާ، ތެޔޮ، ބޭސް އަދި ހިޔާވަހިކަމުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. 

އެމެރިކާ އިން ފޯރުކޮށްދިން ހަތިޔާރު ބޭނުން ކޮށްގެން އިސްރާއީލުން ޣައްޒާ ސުންނާފަތި ކޮށްލުމަށް ފަހު އެމެރިކާގެ ރައީސް ވިދާޅުވަމުން އަންނަނީ އެތަނަކީ އިންސާނުން ދިރިއުޅުން ކަމުދާ ތަނެއް ނޫން ކަމަށާއި، އެތަން އަލުން އާރާސްތު ކުރަން އެތަނުގައި ދިރިއުޅޭ ދެ މިލިއަނެއްހާ މީހުން އަވަށްޓެރި ގައުމުތަކަށް ހިޖުރަ ކުރަން ޖެހޭ ކަމަށެވެ. މި ޕްލޭނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފަހުން އޭނާ ވިދާޅުވެފައި މިވަނީ ފަލަސްޠީނު މީހުންނަށް ޣައްޒާ އަށް އަނބުރާ އައުމުގެ ޙައްޤެއް ނޯންނާނެ ކަމަށެވެ.

ޓްރަމްޕްގެ މި ވާހަކަ އާ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް، ވޭތުވެދިޔަ ހަފްތާގައި ނޫސްވެރިންނަށް މިކަމާ ބެހޭ ގޮތުން ދިން މައުލޫމާތާ ބަރަށް ބޮޑަށް ޚިލާފު ވެފައިވާކަން ފާހަގަ ކުރެވެއެވެ. އެ ދެ ފަރާތުން ބުނެފައިވަނީ އިމާރާތްކުރުމުގެ މުއްދަތުގައި ޣައްޒާގެ ރައްޔިތުން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރެވޭނެ ކަމަށެވެ. 

"އެމީހުން މިހާރު އަނބުރާ ގެންނަން ޖެހިއްޖެނަމަ، އެތަން ދިރިއުޅެވޭ ވަރުވާން އަހަރުތަކެއް ނަގާނެ. އެތަނުގައި މިހާރު ދިރިއުޅެވޭ ވަރެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ. 

"އަހަންނަށް އުރުދުން އާއެކު ޑީލެއް ހެދޭނެ ކަމަށް ހީވޭ. އަހަންނަށް މިސުރާ އެކު ޑީލެއް ހެދޭނެ ކަމަށް ހީވޭ. ... އަހަރެމެން އެމީހުންނަށް އަހަރަކު ބިލިއަން، ބިލިއަން ޑޮލަރު ދެން." 

ޓްރަމްޕް މިހެން ވިދާޅުވިއިރު މިސުރުންނާއި އުރުދުން އިން ވަނީ ޓްރަމްޕްގެ ޕްލޭނާއި ޣައްޒާގެ ރެފިއުޖީން ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ. 

ނަމަވެސް، އުރުދުންގެ ރަސްގެފާނު އަބްދުﷲ އަންގާރަ ދުވަހު ވޮޝިންގްޓަންގައި ޓްރަމްޕްއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އިސްރާއީލުގެ ރައީސް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޓްރަމްޕް، މިސްރުގެ ރައީސް އަބްދުލް ފައްތާޙް އައް-ސީސީ އަދި ސަޢޫދީ އަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާންއާ ވެސް މަޝްވަރާކުރައްވާނެ ކަމަށެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު