Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާން އިއްވުން

އިދިކޮޅު މެމްބަރުން ނުލާ ރިޔާސީ ބަޔާން އިއްވެވި ފުރަތަމަ ރައީސަކަށް މުއިއްޒު

ކުރީގެ ބައެއް ރައީސުން ރިޔާސީ ބަޔާން އިއްވި އިރު ވެސް އޭރުގެ އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ފެބުރުއަރީ 2025 | ބުރާސްފަތި 13:26
ރިޔާސީ ބަޔާން އިއްވި އިރު މަޖިލީހުގެ އިދިކޮޅު މެމްބަރުން އިހުތިޖާޖުގެ ތެރެއިން

ރިޔާސީ ބަޔާން އިއްވި އިރު މަޖިލީހުގެ އިދިކޮޅު މެމްބަރުން އިހުތިޖާޖުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނެތި ރިޔާސީ ބަޔާން އިއްވެވި ފުރަތަމަ ރައީސަކަށް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވުމަށް ފެށި މަޖިލީހުގެ ޖަލްސާ ފެށި އިރު ވެސް މަޖިލީހުގެ މެމްބަރުން ދިޔައީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ދެކޮޅަށް އަޑު އުފުލާ އިހުތިޖާޖުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަމުން ދިއުމާއި އެކު ރިޔާސީ ބަޔާންގެ ވަކި ހިސާބަކުން ފެނުނީ އިދިކޮޅު މެމްބަރުންގެ ނަންތައް އިއްވާ މަޖިލީހުން ނެރުނު މަންޒަރެވެ.

އެމްޑީޕީ މެންބަރުން އިހުތިޖާޖުކުރަން ފެށުމާއެކު އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން ނުއިއްވެވިގެން ޖަލްސާ ވަނީ މެދުކަނޑާލާފައެވެ. އަދި ރައީސް މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ތަޅުން ދޫކުރައްވާ ވަޑައިގަންނަވާފައެވެ. ތަޅުމުން ބޭރަށް އަބްދުއްރަހީމް ވަޑައިގަތުމުގެ ކުރިން ބައެއް މެމްބަރުންގެ ނަންތައް އިއްވާ ތަޅުން ދޫކޮށްދިއުމަށް އެ މެމްބަރުންނަށް ވަނީ އަންގަވާފައެވެ.

ނަން އިއްވި މެމްބަރުން ނަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު، ހިތަދު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް، ކެޔޮދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިއުޝާދު، މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ، ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމެވެ. އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރެފައި ވަނީ މަޖިލީހުގެ ސެކިއުރިޓީ ލައްވާ މެންބަރުން ތަޅުމުން ނެރުނު މަންޒަރު މަޖިލީހުން ނުދައްކާ ލައިވް ފީޑު ކަނޑާލުމަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެ މަންޒަރު ފެންނަ އެއްވެސް ފޮޓޯއެއްވެސް މަޖިލީހުން އާންމު ކޮށްފައެއް ނުވެއެވެ.

ބައެއް މެމްބަރުންގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް މެމްބަރުން ތަޅުމުން ބޭރުކޮށްފައި ވަނީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށް ބާރުގެ ބޭނުންކޮށްގެންނެވެ. މަޖިލީހުގެ ބައެއް މެމްބަރުން އާއްމު ކުރި ވީޑިއޯތަކުން ފެންނަނީ ސެކިއުރިޓީ ގާޑުން މެންބަރުން އަތުލަފިކޮށްގެން ތަޅުމުން ނެރުނު މަންޒަރެވެ. އެގޮތުން ގަދަކަމުން ނެރުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ. އެ މެމްބަރުން ތަޅުމުން ބޭރުކުރި މަޖިލީހުގެ ރިޔާސަތުގައި ބޭފުޅަކު ނެތިކަމަށް ވުމުން އެއީ އުސޫލާއި ޚިލާފަށް ކުރި ކަމެއް ކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ރިޔާސީ ބަޔާން އިއްވުމުގެ ކުރިން އިިދިކޮޅު މެމްބަރުން ތަޅުމުން ބޭރުކުރި ފުރަތަމަ ފަހަރެވެ. ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު އިބްރާޙިމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ރިޔާސީ ބަޔާން އިއްވި އިރު ވެސް އޭރުގެ އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި މެމްބަރުން ތާޅަފިއްޔާއި އަޑުގަދަވާ އެހެން ވަސީލަތްތަކާއި އެކު ރިޔާސީ ބަޔާން އިއްވި ދުވަސްދުވަހު އިހުތިޖާޖުކޮށްފައިވާއިރު އޭރުވެސް އިދިކޮޅު މެމްބަރުންނަށް މަޖިލީހުގައި ތިބުމަށް ވަނީ ފުރުސަތު ދީފަކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު