Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒު

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025 | އަންގާރަ 01:41

ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން

އަލީ ޝާހީން
އަލީ ޝާހީން | 23 ސެޕްޓެމްބަރު 2025 | އަންގާރަ 01:41
ރައީސް މުޢިއްޒު ނިލަންދޫ ކުނި ކޮށި ހުޅުވުމުގެ ތެރެއިން

ރައީސް މުޢިއްޒު ނިލަންދޫ ކުނި ކޮށި ހުޅުވުމުގެ ތެރެއިން

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ކުނި ކޮށްޓެއް ހުޅުވައިދެއްވުމުގެ ޝަރަފު ރައީސް ޑރ. މުހައްމަދު މުޢިއްޒު ހޯއްދަވައިފި އެވެ.

މިގޮތުން ފ. ނިލަންދޫގައި މިނިސްޓްރީ އޮފް ޓުވަރިޒަމް އެންޑް އެންވަޔަރަމަންޓުން ވާރލްޑް ބޭންކުގެ އެހީގައި ތަރައްޤީކޮށްފައިވާ ކުނި އަދި ވަސީލަތް މެނޭޖްކުރާ މަރުކަޒު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކުނި ކޮށި ހުޅުވައިދެއްވީ ރައީސް މުޢިއްޒު އެވެ.

Advertisement - newsAdvertisement

1،500 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ނިލަންދޫގައި ތަރައްގީކޮށްފައިވާ މި މަރުކަޒުގެ މަސައްކަތް ވެހިކަން ބިލްޑަރސް އާއި ހަވާލުކުރެވުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ.

މި މަރުކަޒުން ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިންނެވެ. މިކަމާ ގުޅިގެން ވެމްކޯއާއި ނިލަންދޫ ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ނިލަންދޫގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތަކެއްވެސް ވަނީ ފައްޓަވާފައެވެ. މީގެ ތެރޭގައި ކައުންސިލްގެ އައު އިމާރާތާއި، ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ އިތުރުން ނަރުދަމާގެ މަޝްރޫޢު ހިމެނެއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ނިލަންދޫގެ ރައްޔިތުންނަށް ލިބޭނެ ފައިދާތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޚާއްޞަކޮށް ކުނި ކޮށި ހުޅުވުމުގެ ސަބަބުން ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ސާފުތާހިރު މާހައުލެއް ޤާއިމްކުރެވިގެންދާނެ ކަމަށެވެ.

ރައީސް މުއިއްޒުފ. ނިލަންދޫވެމްކޯކުނި މެނޭޖުކުރުމުގެ ބިލުވޯލްޑް ބޭންކްމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް