Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކޮންޓްރޯލް ބިލު

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025 | އާދީއްތަ 11:59

ވަގުތީ ކޮމިޓީއަށް ކުރެވޭނީ ކޮމިޝަނުގެ އިދާރީ މަސައްކަތްތަކާއި މީޑިއާ ރަޖިސްޓްރީކުރުމުގެ މަސައްކަތް

އަލީ ޝާހީން
އަލީ ޝާހީން | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 11:59
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިޔަ ބައެއް މީޑިއާތުކުގައި މަސައްކަތް ކުރާ ނޫސްވެރިން (ފައިލް ފޮޓޯ)

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދިޔަ ބައެއް މީޑިއާތުކުގައި މަސައްކަތް ކުރާ ނޫސްވެރިން (ފައިލް ފޮޓޯ)

ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ގާއިމުކުރި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ވަގުތީ ގޮތުން ހިންގާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ފަސް މެންބަރުންގެ ކޮމިޓީ މިއަދު އެކުލަވާލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގައި ބުނާ ގޮތުން އާ ކޮމިޝަނަށް މެންބަރުން ކަނޑައެޅެންދެން ކޮމިޝަން ހިންގާނީ ސީއެސްސީން އެކުލަވާލާ ކޮމިޓީއަކުންނެވެ. އަދި މި ކޮމިޓީއަށް ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ކަންކަމަކީ ކޮމިޝަނުގެ އިދާރީ މަސައްކަތްތައް ހިންގުމާއި މީޑިއާ ރަޖިސްޓްރީކުރުމަށް އަންނަ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް މީޑިއާތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ގުޅޭ އެއްވެސް ކަމެއް އިންތިގާލީ ކޮމިޓީއަކަށް ނުކުރެވޭނެ އެވެ.ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެމްބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އިންތިގާލީ ކޮމިޓީއަށް ސީއެސްސީން ނިންމި މެންބަރުންނަކީ:

  • އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ
  • އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ)
  • އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ
  • އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ
  • އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ތަސްދީގުކޮށް މީޑިއާ ކައުންސިލްއާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މި އުފައްދާ އާ ކޮމިޝަނުގެ ފުރިހަމަ ކޮންޓްރޯލް މި ވަގުތަށް ސަރުކާރަށް ލިބޭނެ އެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ދާއިމީ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. އޭގެ އިތުރުން ކޮމިޝަންގެ ރައީސް އައްޔަން ކުރަން ގާނޫނުގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލިހުންނެވެ.

މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު އޮވެ އެވެ. އަދި ބޮޑެތި އަދަދުތަކުން ނޫސްތަކާއި ޓީވީ ޗެނަލްތައް ޖޫރިމަނާ ވެސް ކުރެވެ އެވެ. މި ގާނޫނަށް އަމަލު ނުކުރަން ނޫސްވެރިންނާއި ރާއްޖެއާއި ބޭރުގެ ޖަމިއްޔާޖަމާއަތްތަކުން އަންނަނީ ގޮވާލަމުން ނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންސިވިލް ސަވިރސް ކޮމިޝަން މީޑިއާ ރެގިއުލޭޝަންއިންތިގާލީ ކޮމިޓީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
07 އޮކްޓޯބަރު 2025

މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް

07 އޮކްޓޯބަރު 2025
މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް
30 ސެޕްޓެމްބަރު 2025

މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން, އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

30 ސެޕްޓެމްބަރު 2025
މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން, އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
25 ސެޕްޓެމްބަރު 2025

އާ މީޑިއާ ކޮމިޝަނުގެ މަގާމުތަަކަށް ކުރިމަތިލާން ހުޅުވައިލައިފި

25 ސެޕްޓެމްބަރު 2025
އާ މީޑިއާ ކޮމިޝަނުގެ މަގާމުތަަކަށް ކުރިމަތިލާން ހުޅުވައިލައިފި
25 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓް ކުރުމަށް ތަސްދީގު ކުރި ގާނޫނު އުވާލުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައފި

25 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޓް ކުރުމަށް ތަސްދީގު ކުރި ގާނޫނު އުވާލުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައފި
20 ސެޕްޓެމްބަރު 2025

ވެރިކަމަށް އަންނަން މުއިއްޒު ދެއްކުން އޯކޭ. މުއިއްޒު ވެރިކަމުގައި އެހެން މީހުން ދެއްކުން ގޯސް

20 ސެޕްޓެމްބަރު 2025
ވެރިކަމަށް އަންނަން މުއިއްޒު ދެއްކުން އޯކޭ. މުއިއްޒު ވެރިކަމުގައި އެހެން މީހުން ދެއްކުން ގޯސް
20 ސެޕްޓެމްބަރު 2025

މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު

20 ސެޕްޓެމްބަރު 2025
މީޑިއާގެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިއަކާ ދިމާނުވޭ: ރައީސް މުއިއްޒު
20 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ އިންޒާރެއް: ގާނޫނު މުގުރާފައި، ގާނޫނާ ޚިލާފަށް ކަންކުރަން ފުރުސަތު ނުދޭނަން

20 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ އިންޒާރެއް: ގާނޫނު މުގުރާފައި، ގާނޫނާ ޚިލާފަށް ކަންކުރަން ފުރުސަތު ނުދޭނަން
18 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް، އެ ގާނޫނަށް ތަބާނުވާނަން: އެމްޖޭއޭ

18 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް، އެ ގާނޫނަށް ތަބާނުވާނަން: އެމްޖޭއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް