Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިއާ-ސައުދީ ގުޅުން

ސޫރިއާގެ ރައީސް އަޙްމަދު އައް-ޝަރާ، ސައުދީ އަރަބިއްޔާގައި މުޙައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވައިފި

އައް-ޝަރާ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގަތީ އާދިއްތަ ދުވަހު

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2025 | އާދީއްތަ 20:27
ސައުދީ އަރަބިއްޔާގެ ޔަލްއަހުދު މުޙައްމަދު ބިން ސަލްމާން، ސޫރިއާ ގެ އައު ރައީސް އަޙްމަދު އައް-ޝަރާ އާ ބައްދަލުކުރައްވަނީ

ސައުދީ އަރަބިއްޔާގެ ޔަލްއަހުދު މުޙައްމަދު ބިން ސަލްމާން، ސޫރިއާ ގެ އައު ރައީސް އަޙްމަދު އައް-ޝަރާ އާ ބައްދަލުކުރައްވަނީ

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އާދީއްތަ ދުވަހު ސޫރިޔާގެ އައު ރައީސް، އަޙްމަދު އައް-ޝަރާ އާ ބައްދަލުކުރައްވައިފިއެވެ.

އައް-ޝަރާ ސައުދީ އަރަބިއްޔާ އަށް ވަޑައިގަތީ އާދިއްތަ ދުވަހުއެވެ. މިއީ، އޭނާ ރައީސް ކަމަށް އައްޔަންކުރެވުނު ފަހުން ބޭރު ޤައުމަކަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން އާންމު ކޮށްފައިވާ ފޮޓޯތަކުގައި މުޙައްމަދު ބިން ސަލްމާން، އައް-ޝަރާ އާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ރިޔާޟްގައި މަރުޙަބާ ދަންނަވާ މަންޒަރު ވަނީ ހާމަކޮށްފައެވެ.

ސޫރިޔާގެ ނިއުސް އެޖެންސީ ސަނާ އިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއްގައި އަލް-ޝަރާ ގެ އަރިހުގައި އެ ގައުމުގެ ޚާރިޖީ ވަޒީރު އަސަދު އަލް-ޝައިބާނީ ސައުދީ އަށް ދަތުރު ކުރައްވާ މަންޒަރު ވަނީ ހާމަ ކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނާއި މުޙައްމަދު ބިން ސަލްމާން، ބުރާސްފަތި ދުވަހު ވަނީ ސޫރިއާ ގެ އިންތިޤާލީ ރައީސް ކަމަށް އައްޔަންކުރުމާއެކު އައް-ޝަރާއަށް މަރުޙަބާ ދަންނަވާފައެވެ.

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރުޙާން ވަނީ ފާއިތުވި މަހު ދިމިޝްގަށް ޒިޔާރަތްކުރައްވާ، އައް-ޝަރާ އާ ބައްދަލުކުރައްވާފައެވެ. ޕްރިންސް ފައިޞަލް ވިދާޅުވީ ސޫރިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް ސައުދީ އަރަބިއްޔާ އިން މަސައްކަތް ކުރާނެ ކަމުގައެވެ.

ފާއިތުވި މަހު، ސޫރިއާ ގެ އައު ޚާރިޖީ ވަޒީރު އަލް-ޝައިބާނީ ވަނީ އޭނާގެ ފުރަތަމަ ރަސްމީ ބޭރު ދަތުރުގައި ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރައްވާފައެވެ. ސައުދީ އަރަބިއްޔާ އިން މިހާރުވެސް ގެންދަނީ ސޫރިއާ އަށް އިންސާނީ އެހީ ފޯރުކޮށްދެމުންނެވެ.

ޑިސެންބަރު މަހު އަލް އަރަބިއްޔާއަށް ދެއްވި އިންޓަވިއުއެއްގައި، އައް-ޝަރާ ވިދާޅުވީ "ސޫރިއާގެ ކުރިމަގަށް ސައުދީ އަރަބިއްޔާއިން ހަމަގައިމުވެސް ބޮޑު ދައުރެއް އަދާކުރާނެ" ކަމަށާއި، "އަވަށްޓެރި ހުރިހާ ޤައުމުތަކަށްވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު" އޮތް ކަމަށެވެ.

ސީރިޔާސައޫދީ އަރަބިއްޔާއަހްމަދު އައް-ޝަރާއުސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންސޫރިއާ-ސައުދީ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު