Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތުޅާދޫގައި ތަރައްގީކުރާ ހޮސްޕިޓަލްގެ މަސައްކަތްތައ

ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަކަށް ނުދޭ: ކައުންސިލް

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ވެސް އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު | 2 ފެބުރުއަރީ 2025 | އާދީއްތަ 12:20
ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލް

ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލް

ބ. ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް އެކަށީގެންވާ ބާރު މިނުގައި ކުރިއަށް ނުދާ ކަމަށް ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ ރަށުގެ ތަރައްގީއަށް ތުޅާދޫ ހޮސްޕިޓަލްގެ ޕްރޮޖެކްޓް ވަރަށް މުހިންމު ކަމަށެވެ.

މަސައްކަތްތައް ކުރިއަށްދާ ގޮތަށް އަލިއަޅުއްވާލައްވާ އާދިލް ވިދާޅުވީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތްތައް މަޑުމަޑުން ކުރިއަށްދާ ކަމަށާއި، އެކަށީގެންވާ ބާރު މިނުގައި ކުރިއަށް ނުދާ ކަމަށެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ވެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ތުޅާދޫގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތްތައް އެކަށީގެންވާ ބާރު މިނުގައި ކުރިއަށް ނުދާކަމަށް ކައުންސިލުން ބުނެފައިވާއިރު، މިމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ ހޮސްޕިޓަލުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާކަމަށާއި، މިވަގުތު ކުރަމުންދަނީ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޝީޓް އެޅުމުގެ މަސައްކަތްތައް ކަމަށެވެ.

މި ހޮސްޕިޓަލާއެކު ބ.އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެން ސިއްހީ ޚިދުމަތް ލިބޭނެ ކަމަށާއި، މާލެއަށް އަންނަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މި ހޮސްޕިޓަލުން އެންމެ ޒަމާނީ ފެންވަރުގެ ފަރުވާ ގާއިމްކުރާނެ ކަމަށާއި، ސްޕެޝަލިޓީ ފަރުވާގެ އިތުރު ޚިދުމަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި 123،667،047.03 (ސަތޭކަ ތޭވީސް މިލިއަން ހަލައްކަ ފަސްދޮޅަސްހަތްހާސް ސާޅީސް ހަތްރުފިޔާ ތިން ލާރި) އަށެވެ. ހެލްތު މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހޮސްޕިޓަލެއް އެޅުމުގެ އަމަލީ މަސައްކަތް ފަށާފަވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ބ. ތުޅާދޫ ހޮސްޕިޓަލްތުޅާދޫ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
11 އޮކްޓޯބަރު 2025

ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ

11 އޮކްޓޯބަރު 2025
ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
25 ޖެނުއަރީ 2025

ތުޅާދޫގައި އެއަރޕޯޓު ތަރައްގީކުރުމަށް ހިއްކި ބިން ގިރާލައިފި

25 ޖެނުއަރީ 2025
ތުޅާދޫގައި އެއަރޕޯޓު ތަރައްގީކުރުމަށް ހިއްކި ބިން ގިރާލައިފި
29 އޯގަސްޓު 2023

ތުޅާދޫ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

29 އޯގަސްޓު 2023
ތުޅާދޫ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު