Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތުޅާދޫ އެއަރޕޯޓު މަޝްރޫއު

ތުޅާދޫ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ 44.70 ހެކްޓަރުގެ ބިން ހިއްކާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 އޯގަސްޓު 2023 | އަންގާރަ 12:27
ތުޅާދޫ ބިން ހިއްކުމުގެ މަސައްކަތް ފެށުން

ތުޅާދޫ ބިން ހިއްކުމުގެ މަސައްކަތް ފެށުން

ބ. ތުޅާދޫ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފައިވާ ގޮތުގައި ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އަންގާރަ ދުވަހުއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، ހިސާން ހުސައިނެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް މިދިޔަ ޖުލައި މަހު ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ 44.70 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކަން މިހާރު ފަށާފައިވާއިރު އެ މަސައްކަތް މިހަފުތާގައި ފެށޭނެކަމުގެ ޔަގީންކަން، މިދިޔަ ހަފުތާގައި ބ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުވެސް ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ތުޅާދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އަދި އެދެމުންދިޔަ ކަމަކީ އެއަރޕޯޓު ކަމަށާއި، އެ ރަށުގައި އެއަރޕޯޓެއް އަޅަން ސަރުކާރުން ނިންމީ 30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮންނަންޖެހޭނެ ސިޔާސަތުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެއަރޕޯޓުގެ މަސައްކަތް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް އަދި ރަށާ ކައިރި ރަށްތަކަށްވެސް އޭގެ ސަބަބުން ގިނަ ފައިދާތަކެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ތުޅާދޫ ހިމެނޭހެން ތިން ރަށެއްގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާ ހަވާލުކުރިއެވެ. މި މަޝްރޫއު ހަވާލުކުރީ 42،450،783 (ސާޅީސް ދެ މިލިއަން ހަތަރު ލައްކަ ފާންސާސް ހާސް ހަތްސަތޭކަ އައްޑިހަ ތިން ޑޮލަރު) ނުވަތަ 654.6 މިލިއަން ރުފިޔާއަށެވެ.

ތުޅާދޫތުޅާދޫ އެއާޕޯޓް

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
11 އޮކްޓޯބަރު 2025

ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ

11 އޮކްޓޯބަރު 2025
ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
02 ފެބުރުއަރީ 2025

ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަކަށް ނުދޭ: ކައުންސިލް

02 ފެބުރުއަރީ 2025
ތުޅާދޫގައި ތަރައްގީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަކަށް ނުދޭ: ކައުންސިލް
25 ޖެނުއަރީ 2025

ތުޅާދޫގައި އެއަރޕޯޓު ތަރައްގީކުރުމަށް ހިއްކި ބިން ގިރާލައިފި

25 ޖެނުއަރީ 2025
ތުޅާދޫގައި އެއަރޕޯޓު ތަރައްގީކުރުމަށް ހިއްކި ބިން ގިރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު