Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީގެ މަޝްރޫއުތައް

އަމާޒަކީ ބ. ތުޅާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ނިންމައި، މި އަހަރު ނިމެންވާއިރަށް ޚިދުމަތް ދިނުން: ރައީސް

ތުޅާދޫގެ ހޮސްޕިޓަލްގެ މަސައްކަތް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް، އަންނަ މަހުގެ ތެރޭގައި ފަށަނީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2023 | ހޯމަ 10:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

އަމާޒަކީ ބ. ތުޅާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ނިންމައި، މި އަހަރު ނިމެންވާ އިރަށް ޚިދުމަތްދިނުން ކަމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޯމަ ދުވަހު، އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ބ. އޭދަފުށީގައި ބޭއްވި މި ޖަލްސާގައި ރައީސް ވަނީ ބ އަތޮޅުގެ ތަރައްގީއާއި އެ އަތޮޅުގެ މަޝްރޫއުތަކާ ގުޅޭގޮތުން ތަފްސީލް މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާ ކަމަށް ވިދާޅުވެފައެވެ. އޮޅުވާލުމަށްޓަކައި ވާހަކަދެއްކިދާނެކަމަށާއި، ނަމަވެސް އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށެއްގައި ހިނގަމުންދާ ކަންތައްތައް ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އާރްޓީއެލް އެއީ ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދަތުރުފަތުރުގެ ނިޒާމާއި، އެއްތަނުން އަނެއްތަނަށް މީހުން ދިއުމާއި، ތަކެތި ގެންދިއުމަކީ މުހިންމު ޚިދުމަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ރާއްޖޭގެ ކޮންމެ ރަށަކުން 20 ނުވަތަ 30 މިނިޓް ތެރޭގައި ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށް ވިދާޅުވެފައެވެ. އެ ވައުދާ އެއްގޮތަށް މިހާރު 4 އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާކަަމަށާއި އިތުރު 4 އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ވާނީ އިއުލާންކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބ. ތުޅާދޫ އެއާޕޯޓަކީ އޭގެ ތެރެއިން އެއް އެއާޕޯޓު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ތުޅާދޫގެ ހޮސްޕިޓަލްގެ މަސައްކަތް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް ކުރިއަށް އޮތް މަސް ތެރޭގައި ފައްޓަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ބ. އަތޮޅުގެ އިތުރު މަޝްރޫއުތަކަށް ބަލާއިރު; އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރިނަމަވެސް، އެ މަސައްކަތްވެސް އަވަސްކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އޭދަފުއްޓަށް ބޭނުންވާ އިތުރު ކަންކަމުގެ ތެރޭގައި، ބަނދަރުގެ މަސައްކަތާއި ހައުސިންގ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން ބަނދަރާއި ހައުސިންގގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ބ އަތޮޅަކީ އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ތަނެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމްޑީޕީގެ އިސް ސަފުގައި އެ އަތޮޅަށް ނިސްބަތްވާ ގިނަ ބަޔަކު ތިބި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ، ބާކީނުވެ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ދަތުރުގައި ބައިވެރިވުމަށް ބ. އަތޮޅުގެ އެމްޑީޕީގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ގައުމަށް މުހިންމު އިންތިޚާބެއްކަމަށް ރައީސް ވިދާޅުވިއެވެ. ޒަމާންތަކެއް ވަންދެން ނުކުރެވި ހުރި އަސާސީ އެތައް ކަމެއް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރު ދެމި އޮތުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީ ވަރަށް މުހިންމު ދައުރެއް އަދާކުރާކަަމަށް ރައީސް ވިދާޅުވިއެވެ.

ތުޅާދޫބ. އޭދަފުށިއެއަރޕޯޓްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޑީޕީ ޕްރައިމަރީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ

ބާރު ސްޕީޑުގައި ހުއްޓުމެއްނެތި ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި ތުޅާދޫ އެއަރޕޯޓު ބިންހިއްކުން ހުއްޓިއްޖެ

11 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު