Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެމްޑީޕީގެ ހިނގާލުމުގައި ބައިވެރިވުން މުހިއްމުވަނީ ކީއްވެ!

ދިމާވާ ގިނަ މީހުންގެ ބަހަކީ މިހާރު ކަމުނުދާ ވާހަކައެވެ. އެއްގޮތަކަށްވެސް ރަނގަޅު ނޫން ވާހަކައެވެ. ކުރެވުނު ކަންކަތަކާމެދު ދެރަވެއޭ ބުނާ މީހުންވެސް މަދެއް ނޫނެވެ. ބަދަލަކަށް ކުރެވުނު ކަންތަކުގެ ނަތީޖާ ބަލައިގަންނަން ދަތިވެއްޖެ ވާހަކައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 08:52
"ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި އެމްޑީޕީން ކާނިވަލުގައި ބޭއްވި ޖަލްސާގެ ތެރެއިން

"ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި އެމްޑީޕީން ކާނިވަލުގައި ބޭއްވި ޖަލްސާގެ ތެރެއިން

ދިމާވާ ގިނަ މީހުންގެ ބަހަކީ މިހާރު ކަމުނުދާ ވާހަކައެވެ. އެއްގޮތަކަށްވެސް ރަނގަޅު ނޫން ވާހަކައެވެ. ކުރެވުނު ކަންކަތަކާމެދު ދެރަވެއޭ ބުނާ މީހުންވެސް މަދެއް ނޫނެވެ. ބަދަލަކަށް ކުރެވުނު ކަންތަކުގެ ނަތީޖާ ބަލައިގަންނަން ދަތިވެއްޖެ ވާހަކައެވެ.

މިއީ  މިހާރު މިއޮތް ސަރުކާރާމެދު އާއްމުންގެ ތެރެއިން ގިނަ ބައެއްގެ ޚިޔާލެވެ. އޭގެ ތެރޭގައި މި ސަރުކާރާ ކަނޑައެޅިގެން ދެކޮޅު މީހުންނާއި ސަރުކާރު ގެންނަން ނިމިދިޔަ އިންތިޚާބުގައި ވޯޓުދިން މީހުން ހިމެނެއެވެ. ބޮޑެތި ވިޔަފާރިވެރިންނާއި އާދައިގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނެވެ. ފްލެޓާއި ގޯތިލިބި އެތަންތަން ހަވާލު ނުކޮށްގެން ތިބި މީހުންނާއި މަސްވެރިންނެވެ. ޓެކްސީ ޑްރައިވަރުންނެވެ. ތަކެތީގެ އަގުބޮޑުވެގެން އާއްމު މީހުންނާއި ރިސޯޓްތަކުން ލިބެމުން އައި ޑޮލަރުގެ މުސާރައިގެ ބަދަލުގައި ދިވެހި ފައިސާ ލިބެންފެށި ރިސޯޓް މުވައްޒަފުންނެވެ. ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަންބޮޑުވުމުގައިވެސް ތިބި މީހުންނެވެ.

މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ހުރިހާ ދިމާލަކުންވެސް މިހާރު އިވެނީ ކުރިން މިބުނިހެން ކަމުނުދިޔަ ވާހަކައާއި ބަދަލު ގޯސްވިވާހަކައެވެ.

މިވާހަކަތައް މިހެން ދައްކާތީ އެންމެބޮޑު އިދިކޮޅު ޕާޓީން ނިންމީ ހުކުރު ދުވަހުގެރޭ މާލޭގެ މަގުމައްޗަށް ނުކުމެ ސުލަހަވެރިކަމާއެކު އެވާހަކަތައް ސަރުކާރަށް އެނގުމަށެވެ. އެޕާޓީން އެގޮތައް ނިންމުމުގެ މައިގަނޑަކީ އާއްމު ރައްޔިތުންގެ ޝުއޫރުތައް ސަރުކާރާ ހަމައަށް ގެންގޮސްދޭނޭ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ. މިފަދަ ހުރިހާ ފަހަރެއްގައިވެސް އާއްމުރައްޔިތުން އެމްޑީޕީގާތު އެމޭރުމުން އެދެމުންދާތީއެވެ. ރައްޔިތުން މިއަދު މިދެކޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ، އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދިނީ އެމްޑީޕީން ކަމަށް ބުނެއެވެ. ރައްޔިތުން ބޭނުންވާ ވާހަކަތައް ދައްކައި އެކަންކަން ގޮވާ ނެގޭނޭ ހައްގު ގާނޫން އަސާސީގައި މުތުލަގަށް ހޯދައިދިން ބަޔަކީ އެމްޑީޕީ ކަމަށް ބުނެއެވެ. ހިލޭ ބޭސްފަރުވާއާއި އެކަނިވެރި މައިންގެ އިނާޔަތާއި ދޮށީ އުމުރުގެ މީހުން ބެލޭނޭފަދަ ފައިސާކޮޅެއް ދޭންފެށީ އެމްޑީޕީން ކަމަށްވާތީއެވެ. އެއަށްވުރެ ބޮޑަށް ގޯސް ގޯހުގެ ގޮތުގައި ބުނެ ރައްޔިތުންގެ ޝުއޫރު ރައްޔިތުންނަށް ފާޅުކުރުމުގެ ޚިޔާލާތާއި ފިކުރު އަދި އެ މިނިވަންކަން ހޯދައިދިނީ އެމްޑީޕީން ކަމަށްވާތީއެވެ. އެޕާޓީން އެކަން ކުރީ މަގުމައްޗަށް ނުކުމެ އަޑު އުފުލައިގެންނެވެ. ސުލްހަވަެރި އެއްވުންތަކާއި ކަންމަތީ ޖަލްސާތައް ބާއްވައިގެންނެވެ. ގާނޫން އަސާސީ އިސްލާހު ކުރުވާ އެ އަސާސީގައި އެވާހަކަތައް ކަޅާހުދުން ލިއުއްވައިގެންނެވެ.

އެހެންކަމުން މިފަހަރުވެސް އެމްޑީޕީން މަގުމައްޗަށް މި ނުކުންނަނީ އެޕާޓީން ބުނާގޮތުން އެހަމަތައް ގެއްލި ރައްޔިތުންގެ ހައްގުގައެވެ. ގާނޫން އަސާސީގެ ރޫހު ގެއްލޭ ހިސާބަށް ކަންކަން ދާން ފެށުމުންނެވެ. ސަރުކާރު ހައްދުންނެޓި ގޮސް ފާލުންވެސް ނެއްޓޭތީއެވެ. އަނެއްކާވެސް ރައްޔިތުން އެކަމަށް އެޕާޓީގެ ގާތު އެދެމުންދާތީއެވެ.

އެހެންކަމަށްވާނަމަ އެމްޑީޕީން ހުކުރުދުވަހުގެރޭ ބާއްވާ ހިނގާލުމަށް ނުކުތުމަކީ ރައްޔިތުންނަށް ޗޮއިސްއެއް ނޫނެވެ. ވަރިހަމަ ކޮށްލާފައި ގޭގައި ހުރެވެން އޮތްކަމެއްވެސް ނުމެ ނޫންމެއެވެ. ސަބަބަކީ ކޮންމެ މީހަކުވެސް ހިތާހިތާ އަމިއްލަށް ސުވާލުކޮށްލުމުން އެލިބޭ ޖަވާބެވެ. ތިމާމީހާއަށް މިހާރު ހުރި ކަންބޮޑުވުންތަކެވެ. އެކަމަށް ތިޔަ ބޭނުންވެފައިވާ ހައްލެވެ. ސަރުކާރާމެދު ތިޔަ އޮތް ނުރުހުމެވެ. ބޭރުކުރާން ނުކެރި ގޭގެ ހަތަރުފާރުތެރޭގައި ތިބެ ދައްކަމުން ތިޔަދާ ބޮޑު ސިއްރެވެ. ބޮޑުވި ކަރަންޓްބިލް ނުދެއްކި ހޫނުގައި ތިބެގެން ތިޔަ ކުރާ ޝަކުވާއެވެ. ފެންބިލް އަތްނުފޯރާފަށަށް އަރާތީ އޮތް ބޮލުގެ ރިހުމުގެ ސަބަބުންނެވެ. ޑޮލަރުގެ އަގު ބޮޑުވެ އަތްނުފޯރާފަށަށް ތަކެތީގެ އަގު އުފުލޭތީ ދެކޮޅު ނުޖެހޭ ދިރިއުޅުންމަތިން ވިސްނާލާފައެވެ.

ކޮންމެއަކަސް އާއްމުންގެ ބަހަކީ ދަތިވެއްޖެ ކަމެވެ. ހައްލު ބޭނުންވެއްޖެ ކަމެވެ. ގެނެވުނު ބަދަލުގެ ހިތިކަން ފިލުވަން ވެއްޖެއެވެ. އެމްޑީޕީގެ ބަހަކީ އާދޭހެވެ. ތިޔައީ ތެދެކެވެ. އެކަމަކު ތިޔަކަން ދެންވެސް ކުރެވޭނީ އެޕާޓީއާއެކު ނުކުމެ ސަރުކާރަށް އެއަޑު ފޯރުކޮށްދެވުމުންނެވެ. ސަރުކާރު ހަމަމަގަށް އެޅުވޭނީ އެކަން ކޮށްގެންނެވެ. މަގުމައްޗަށް ނުކުމެ އަޑު އުފުލައިގެންނެވެ. އެހެންކަމުން ހުކުރުދުވަހުގެރޭގެ ސުލްހަވެރި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މުހިއްމުކަމެކެވެ. ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެވޭނޭ ހަމައެކަނި ގޮތަކީ އެޕްރެޝަރ ސަރުކާރަށް ދިނުމެވެ. ވީހާވެސް ގިނަބަޔަކު ނުކުމެ އަޑުއުފުލުމެވެ.

އެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު