Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފްލިކް ބުނަނީ އެޓަލަންޓާއާ މެދު ސަމާލުވާން ޖެހޭނެ ކަމަށް

ޚާއްސަކޮށް މިހާރު އެޓަލަންޓާ އިން ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ކަމަށާއި، އެ ޓީމަކީ ގޯލާ ރައްޓެހި އަދި ގިނަ ލަނޑުތަކެއް ޖަހާ ޓީމެއް ކަމަށް ފްލިކް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖެނުއަރީ 2025 | ބުދަ 04:35
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމާ މެދު ވަރަށް ބޮޑަަށް ސަމާލުވާން ޖެހޭނެ ކަމަށް، ބާސެލޯނާގެ ކޯޗު ހަންސީލ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ އެޓަލަންޓާއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗާ ކުރިމަތިލާއިރު ވެސް ބާސެލޯނާ އަށް ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބިފަ އެވެ. އަނެއްކޮޅުން މި ސީޒަންގައި އެޓަލަންޓާ އިން ވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ފްލިކް ބުނީ އެޓަލަންޓާ މެޗު ވާނީ ވަރަށް ޝައުޤުވެރި މެޗަކަށް ކަމަށެވެ. ޚާއްސަކޮށް އެޓަލަންޓާގެ ކޯޗަށް ވަރަށް ބޮޑު އިޙުތިރާމެއް އޮންނަކަން ފާހަގަކޮށް ފްލިކް ބުނީ، އެޓަލަންޓާގެ ކޯޗު ޖިއާން ޕިއޭރޯ ގަސްޕިރީނީ އަންނަނީ ޔޫރަޕުގައި ވެސް އެ ޓީމުގެ ފެންވަރު ދައްކައިދެމުން ކަމަށާއި، އެ ޓީމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ޚާއްސަކޮށް މިހާރު އެޓަލަންޓާ އިން ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ކަމަށާއި، އެ ޓީމަކީ ގޯލާ ރައްޓެހި އަދި ގިނަ ލަނޑުތަކެއް ޖަހާ ޓީމެއް ކަމަށް ފްލިކް ބުންޏެވެ. އެހެންކަމުން އެޓަލަންޓާއާ ދެކޮޅަށް ކުޅޭއިރު، ބާސެލޯނާ އިން ވެސް ވަރަށް ގިނަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމުގައި ވެސް ފްލިކް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފްލިކް ބުނީ، އަބަދު ވެސް އިޓަލީ އަށް ނިސްބަތްވާ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ އުނދަގޫކަމެއް ކަމަށެވެ. ސަބަބަކީ އެ ޓީމުތަކަކީ ވަރަށް މޮޅަށް ޑިފެންސް ކުރާ ޓީމުތަކެއް ކަމަށާއި، އެޓަލަންޓާ އަކީ ވެސް އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއްގެ ގޮތުގައި ފްލިކް ސިފަ ކުރި އެވެ. ޚާއްސަކޮށް އެޓަލަންޓާ އަކީ އިދިކޮޅަށް ކުޅޭ ޓީމަކަށް ވަރަށް ބޮޑު ޕްރެޝަރެއް ދޭނެ ޓީމެއް ކަމަށް ވެސް ފްލިކް ބުނެފައިވެ އެވެ.

މި ސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ ފްލިކްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ބުދަ ދުވަހުގެ ރޭ އެޓަލަންޓާއާ ދެކޮޅަށް ބާސެލޯނާ ނިކުންނާނީ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބާސެލޯނާހަންސީ ފްލިކް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު