Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސްތީން

ފަލަސްތީނު މީހުން ބޭރުކޮށް ޣައްޒާ ހުސްކުރުމަށް ޓްރަމްޕް ދެއްކެވި ވާހަކަފުޅު މުޅި ދުނިޔޭން ކުށްވެރި ކުރި އިރު މުއިއްޒުގެ ސަރުކާރު ހިމޭނުން

ޓްރަމްޕް ދެއްކެވި ވާހަކަފުޅު ކުށްވެރި ކުރަމުން އެކި ފަރާތްތަކުން ބުނެފައިވަނީ އެއީ ނަސްލު ނައްތާލުމުގެ ބާވަތެއް ކަމަށާއި އަދި އެއީ ހަނގުރާމައިގެ ކުށެއް ކަމުގައި

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 03:28
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ފަލަސްތީނު މީހުން ބޭރުކޮށް ޣައްޒާ ހުސްކުރުމަށް އެމެރިކާގެ ރައީސް ދެއްކެވި ވާހަކަފުޅު މުޅި ދުނިޔޭން ކުށްވެރި ކުރި އިރު ރައީސް މުއިއްޒުގެ ސަރުކާރުން އޮތީ އެއާ ދެކޮޅަށް އެއްޗެއް ނުބުނެ ހިމޭނުންކަން ފާހަގަ ކުރެވެއެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި އަނިޔާވެރި ހަނގުރާމަ އަށް 15 މަސް ދުވަސް ފާއިތުވެގެން ގޮސް އެންމެ ފަހުން އެ ހަނގުރާމަ ހުއްޓާލި އިރުވެސް އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރާނެ ކަމަށް ބުނެ އެކަންވެސް ކުރުމަށް މުއިއްޒުގެ ސަރުކާރު ފަސް ޖެހުނުކަން ވަނީ ފާހަކުރެވިފައެވެ.

Advertisement - newsAdvertisement

ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ބޭނުންފުޅުވަނީ ޣައްޒާ 'ސާފުކޮށްލުމަށް' ކަމަށާއި އެގޮތުން އެތަނުގައި ދިރިއުޅޭ އާބާދީ އަވައްޓެރި ޤައުމުތަކަށް ފޮނުވާލަން ބޭނުންފުޅުވާ ކަމަށެވެ.

ޓްރަމްޕްގެ މި ވާހަކަފުޅު އަރަބި އިސްލާމީ ގައުމުތަކުގެ އިތުރުން އދ އާއި ޖަރުމަނުވިލާތުގެ އިތުރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ކުށްވެރިކޮށް އެކަން އެގޮތައް ކުރިއަށް ގެންދަން ދެކޮޅު ހަދާކަން ހާމަ ކޮށްފައިވެއެވެ.

ޓްރަމްޕް ދެއްކެވި ވާހަކަފުޅު ކުށްވެރި ކުރަމުން އެކި ފަރާތްތަކުން ބުނެފައިވަނީ އެއީ ނަސްލު ނައްތާލުމުގެ ބާވަތެއް ކަމަށާއި އަދި އެއީ ހަނގުރާމައިގެ ކުށެއް ކަމުގައެވެ.

ރާއްޖެ-ފަލަސްތީންޣައްޒާފަލަސްތީނުޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު