Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ސްޕޮންސަރ ހަރަދުތައް

ސަރުކާރުގެ ސްޕޮންސަރ ހަރަދުތައް އިންތިހާއަށް އިތުރު، ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް އިސްކަމެއް ނުދޭ: މައުރޫފު

27 ޖެނުއަރީ 2025 | ހޯމަ 04:15

ސަރުކާރު ޕްރޮމޯޓް ކުރުމަށް ސްޕޮންސަރގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކު ހަރަދުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖެނުއަރީ 2025 | ހޯމަ 04:15
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ސްޕޮންސަރ ހަރަދުތައް އިންތިހާއަށް އިތުރު ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިސްކަންނުދޭ ކަމަށް އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މައުރޫފު ވިދާޅުވީ މުޅިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި، ސަރުކާރަށް އަހަރެއްގެ ވެގެންދިޔައިރު ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުނިތައް ކަމަށްވާ އެމްޓީސީސީ ފަދަ ކުންފުނިތަކުން މަޝްރޫއުތައް ހުއްޓާލާފައިވަނީ ފައިސާ ނެތިގެންނާއި، މަޝްރޫއަށް ބޭނުންވާ ސާމާނާއި، އާލަތްތައް ނެތުމާއި، ވެހިކަލްތަކަށް އަޅާނެ ތެޔޮ ނެތިގެން ކަމަށެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި، މިނިސްޓްރީތަކުން މަޝްރޫއުތައް ކުރިއަށް ނުގެންދިޔަ ނަމަވެސް ސަރުކާރު ޕްރޮމޯޓް ކުރުމަށް ސްޕޮންސަރގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކު ހަރަދުކުރާ ކަމަށެވެ. އަދި ސަރުކާރުގެ އިވެންޓްތަކަށް ވެސް ބޮޑު ހަރަދެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މިސަރުކާރުގެ އަމަލުތައް ހުރި ގޮތުން، ރައްޔިތުން ހާލަތު ރަނގަޅު ކުރުމަށް އިސްކަން ނުދޭކަން ހާމަވާ ކަމަށެވެ.

މައުރޫފު ވިދާޅުވީ އަސާސީ ޚިދުމަތްތައް ގާއިމްކޮށް، މިހާރު ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ބަދަލުގައި ސަރުކާރުން ދަނީ ބޭކާރު ހަރަދުކުރަމުން ކަމަށެވެ. އަދި ނަތީޖާއެއް ގޮތުން މިއަދު ގައުމަށް ބޭނުންވާ ތަރައްގީއާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ނުލިބި ނިކަމެތިވެގެން ދަނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްއުސްތާޛް އަޙްމަދު މައުރޫފް, އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެމްބަރުރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
02 ފެބުރުއަރީ 2025

ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ

02 ފެބުރުއަރީ 2025
ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ
01 ފެބުރުއަރީ 2025

މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް

01 ފެބުރުއަރީ 2025
މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް
31 ޖެނުއަރީ 2025

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު
31 ޖެނުއަރީ 2025

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހުއްޓިފައިވާ މަޝްރޫތައް އަލުން ފެށުމަށް: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހުއްޓިފައިވާ މަޝްރޫތައް އަލުން ފެށުމަށް: ރައީސް މުއިއްޒު
30 ޖެނުއަރީ 2025

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހަޅައި ހިންގި ހިޔާނާތުގައި އީސީގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ: މައުރޫފް

30 ޖެނުއަރީ 2025
ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހަޅައި ހިންގި ހިޔާނާތުގައި އީސީގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް