Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގު ފޯމް ހުށަހެޅި މައްސަލަ

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހަޅައި ހިންގި ހިޔާނާތުގައި އީސީގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ: މައުރޫފް

ވަގު ފޯމާއެކު ޕީއެންސީއަށް ގިނަ ބަޔަކު ވެއްދިކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖެނުއަރީ 2025 | ބުރާސްފަތި 10:35
ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހެޅި މައްސަލައާ ގުޅިގެން އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފް ވާހަކަދައްކަވަނީ

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހެޅި މައްސަލައާ ގުޅިގެން އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފް ވާހަކަދައްކަވަނީ

ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހަޅައި ހިންގި ހިޔާނާތުގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށް އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

ވަގު ފޯމް ހުށަހަޅައި ޕީއެންސީއަށް އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެޕާޓީއަށް ވައްދާފައިވާ މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ހެނދުނު އެމްޑީޕީގެ މެންބަރުން ވަނީ އިލެކްޝަން ކޮމިޝަނަށް ހާޒިރުވެ، މިކަންބޮޑުވުން އިލެކްޝަން ކޮމިޝަންގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުރޫފް ވިދާޅުވީ ވަގު ފޯމާއެކު ޕީއެންސީއަށް ގިނަ ބަޔަކު ވެއްދިކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. ވަޒީފާގެ ބިރުދައްކައިގެން ވެސް މަޖުބޫރުން ޕީއެންސީއަށް ބައެއް މީހުން ވައްދާފައިވާއިރު، އެމްޑީޕީގެ ދަފްތަރުގައި ތިބި ޕާޓީގެ މެންބަރުންނާއި، އެއްވެސް ޕާޓީއެއްގައި ނެތް މީހުން ވެސް ޕީއެންސީއަށް ވަގު ފޯމާއެކު ވައްދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ޝަކުވާތަކާއެކު އީސީގެ މެންބަރުންނާއި ބައްދަލުކުރައްވައި އެމައްސަލަތަކަށް ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ މިޝަކުވާތަކަށް ބެލުމެއްނެތި ޕާޓީތަކުގެ ދަފްތަރު އާއްމުކޮށްފައިވާ ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ފޯމުތަކުގެ ސައްހަކަން ކަށަވަރުނުކޮށް އެމައުލޫމާތު ހާމަކުރުމުން އެކަމާއި ސުވާލު ކުރި ނަމަވެސް އިސީގެ މެންބަރުން އެއްވެސް ޖަވާބެއް ދެއްވާފައިނުވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މިމައްސަލާގައި އީސީން އަމަލުކުރި ގޮތުން މިހާރު އެކޮމިޝަނަށް އިތުބާރު ނެތް ކަމަށެވެ. އަދި ޕީއެންސީއާއެކު މިހިޔާނާތް ހިންގުމަށް އީސީން ވެސް ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަލްއުސްތާޛް އަޙްމަދު މައުރޫފް, އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެމްބަރުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު