Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ މަޝްރޫއު

ރައްޔިތުންގެ ފައިސާ އިން ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއް ގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، 21 މިލިއަން ޑޮލަރުގެ ބަދަލު ރައްޔިތުންގެ ފައިސާ އިން ދެނީ

'ރަސް މާލެ' ނަމުގައި ފުށި ދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒު ފެއްޓެވީ މަޖިލިހުގެ ރުހުން ވެސް ނެތި

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2025 | އާދީއްތަ 08:19
ފުށިދިއްގަރު ފަޅުގެ މަޝްރޫއު: ހިތްކާފައިވާ ސަރަހައްދުގެ މަންޒަރެއް

ފުށިދިއްގަރު ފަޅުގެ މަޝްރޫއު: ހިތްކާފައިވާ ސަރަހައްދުގެ މަންޒަރެއް

ރައްޔިތުންގެ ފައިސާ އިން ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއް ގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ކުރިން ވިދާޅުވި ރައީސް މުއިއްޒު، ކެޕިޓެލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަށް ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރު ރައްޔިތުންގެ ފައިސާ އިން ދޭން ނިންމައިފި ކަމަށް ހާމަ ވެއްޖެއެވެ.

ބައެއް ކޮންޓްރެކްޓަރުންނާ އެކު ސަރުކާރުން ހަދާފައި ހުރި އެއްބަސްވުންތަކެއް ކުއްލި ގޮތަކަށް އުވާލުމާ ގުޅިގެން އުފެދުނު މައްސަލަތައް ހައްލު ކުރުމަށް ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ސެޓްލްމަންޓް ކޮމިޓީގެ ނިންމުންތަކާ އެއްގޮތައް ހަދާފައި ހުރި ގިނަ ސެޓްލްމަންޓް އެއްބަސްވުންތައް ވެސް ރައީސް މުއިއްޒު ވަނީ އުވާލައްވާފައެވެ.

Advertisement - newsAdvertisement

"އަދަދު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސީއެމްސީ އާ އެކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކުރި އެއްބަސްވުން އުވާލުމުން ސީއެމްސީ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިން ކުރިން އޮތީ އާބިޓްރޭޝަނަށް ދާށެވެ. އެހެން ނަމަވެސް 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) ގެ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ކުރުމުން، އެ މައްސަލައިގައި އާބިޓްރޭޝަނަށް ނުދާން ސީއެމްސީއިން އެއްބަސްވެފައިވާ ކަން އެ ނޫހަށް އެނގިފައިވާ ކަމުގައެވެ.

'ރަސް މާލެ' ނަމުގައި ފުށި ދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް މުއިއްޒު ފެއްޓެވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެ މަޝްރޫއު ރައްޔިތުންގެ ފައިސާ އިން ޚަރަދު ކޮށްގެން ކުރިއަށް ނުގެންދިއުމަށް ސަރުކާރަށް ލަފާ ދީފައި ވަނިކޮށްނެވެ.

2024 ވަނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ފުށި ދިއްގަރު ފަޅު ހިއްކަން ހިމަނާފައި އޮތް ނަމަވެސް އެ ފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ހިމަނާފައި ނުވުމާއި، ރާއްޖޭގެ ރަށްރަށުގެ ތަރައްގީ އަށް ފަށާފައި ހުރި ގިނަ މަޝްރޫއުތަކެއް ހުރުމާއެކު އެ މަޝްރޫއުތައް ނިންމުން މާ ރަނގަޅުވާނެ ކަމަށް ބުނެ އެމްޑީޕީ ގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ މަޝްރޫއު ވަނީ ބަޖެޓުން މުޅިން އުނިކޮށްފައެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރެކޮމެންޑޭޝަން އަށް އެއްވެސް ބެލުމެއް ނެތި ރައީސް މުއިއްޒުގެ ސަރުކާރުން ސީއެމްސީ އާ ހަވާލު ކޮށް މަޝްރޫއު ވަނީ ކުރިއަށް ގެންދިޔައިރު، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދަވަނީ ކުރީގެ މަޖިލިހުން ބަޖެޓް ހަދާފައިވާ ގޮތުން ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އޭރު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދެއްކި މަންޒަރަކީ ފުށިދިއްގަރު ފަޅު ހިއްކަނީ ދައުލަތުން އެއްވެސް ފައިސާ އެއް ޚަރަދުކޮށްގެން ނޫން ކަމުގައެވެ.

އަޑިނޭނގޭ ގޮތައް ސީއެމްސީ އަށް މުއިއްޒުގެ ސަރުކާރުން 1153 ހެކްޓަރުގެ ބިން ހިއްކަން ހަވާލު ކުރިއިރު، ހުޅުމާލޭން 10 ހެކްޓަރުގެ ބިން ދިނުމުގެ އިތުރުން ހިއްކާ ފުށި ދިއްގަރު ފަޅުގެ ބިމުން 60 ހެކްޓަރުގެ ބިމުގެ ލީސް ރައިޓްސް 99 އަހަރަށް ދޭ ގޮތައް އޮތީ ސަރުކާރުން އެއް ބަސްވެފައެވެ. އޭރުގެ އަންދާޒާ ތަކަށް ބަލާއިރު މަޝްރޫއު ހިންގަން ސަރުކާރުން ސީއެމްސީ އަށް ދޫކޮށްލާ ބިމުގެ އަގަށް އެންމެ ކުޑަވެގެންވެސް 34 ބިލިއަން ރުފިޔާ އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ސީއެމްސީ އަށް ހަވާލު ކުރި މަޝްރޫއުގެ ބައެއް ފުރިހަމަ ކޮށްފައިވަނިކޮށް އަދި އޭގެ ފަހުން މަޝްރޫއު ބޮޑުތަނުން މަޑުޖެހިފައިވަނިކޮށް ހުސްވި އަހަރުގެ ތެރޭގައި އެޗްޑީސީ އިން ވަނީ އެއެއްބަސްވުން ބާތިލު ކޮށްފައެވެ. ސީއެމްސީ އިން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމީ އެހެން ވެގެން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރަސްމާލެ އެޗްޑީސީކެޕިޓެލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު