Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދައިގެ ހިދުމަތް

ޕްރައިވެޓް އިންޝިއުރަންސް އޮންނަ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ އިންޝިއުރެންސްގެ ލިމިޓް ހަމަވުމުން

"އައުޓް-ޕޭޝަންޓް" ގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ޕްރައިވެޓް އިންޝުއަރަންސަށް ފުރަތަމަ ބިލް ކުރާގޮތަށް ވަނީ ހަމަޖެހިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 11:26
ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން

ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން

ޕްރައިވެޓް އިންޝިއުރަންސް އޮންނަ ފަރާތްތަކަށް ހުކުރު ދުވަހުން ފެށިގެން އާސަންދަ ލިބޭނީ އެ އިންޝިއުރެންސްގެ ލިމިޓް ހަމަވުމުން ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ އަސާސީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހިންގާ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމް، "އާސަންދަ ސްކީމް" އަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.

އަދި މި މަޤްސަދުތައް ހާސިލްކުރުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކުގެ ތެރެއިން ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތްތަކުން ހޯދި ޚިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރަންސަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަންކަން ކުރިއަށްދަނީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެފުށްފެންނަ ފަދަ އުސޫލަކުންކަން ކަށަވަރުކުރުމަށްޓަކައި މިފިޔަވަޅު ތަންފީޛު ކުރުމަށް ހަމަޖެހިފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން، "އައުޓް-ޕޭޝަންޓް" އަދި "އިން-ޕޭޝަންޓް" ގެ ޚިދުމަތްތައް ވަކިންނެވެ.

އެގޮތުން 1 ނޮވެންބަރު 2024 އިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން "އައުޓް-ޕޭޝަންޓް" ގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ޕްރައިވެޓް އިންޝުއަރަންސަށް ފުރަތަމަ ބިލް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރައިވެޓް އިންޝުއަރަންސް ނަގާފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ ޕްރައިވެޓް އިންޝުއަރަންސް އިން އެ ޚިދުމަތެއް ކަވަރު ނުކުރާނަމަ، އެ ފަރާތަކަށް މިހާރެކޭވެސް އެއް ގޮތަށް އާސަންދައިން އެ ޚިދުމަތަކަށް ކަވަރޭޖެ ލިބިގެންދާނެއެވެ.

އެންސްޕާއިން ވަނީ އާސަންދަ ސްކީމް މެދުވެރިކޮށް ޚިދުމަތް ލިބިގަތުމަށްފަހު އެކަމުގެ ރަސީދު ހޯއްދެވުމަށް އެދިފައެވެ. އަދި ކަނޑައެޅިފައިވާ އުސޫލާއި ހިލާފަށް ޚިދުމަތްދޭ މަރުކަޒުތަކުން އަމަލުކުރާކަން ފާހަގަ ކުރެއްވިއްޖެނަމަ އެކަން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ "ޝިކާވަތި" ޗެޓްލައިން 7951400 އަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ހޮޓްލައިން 1400 އަށް ގުޅޭނެކަމަށް އެންސްޕާއިން ބުނެއެވެ.

އާސަންދަނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
26 ޖެނުއަރީ 2025

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން
25 ޑިސެމްބަރު 2024

ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ

25 ޑިސެމްބަރު 2024
ހީނާ މަގާމުގައި ހުރެގެން އިތުރަށް ހޭދަވާ ކޮންމެ ދުވަހަކުން ދޭހަވަނީ އެންސްޕާގެ ވައްކަމަކީ ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމެވެ
20 ޑިސެމްބަރު 2024

އެމްއެމް ޓީވީ އާ އެންސްޕާ އިން ބައްދަލުވުންތަކެއް ބޭއްވިކަން ހާމަ ވެއްޖެ

20 ޑިސެމްބަރު 2024
އެމްއެމް ޓީވީ އާ އެންސްޕާ އިން ބައްދަލުވުންތަކެއް ބޭއްވިކަން ހާމަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު