Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދަ

ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށްފަހުން އާސަންދަ ދޭ ގޮތައް ހަމަ ޖައްސައިފި

އާސަންދަ ސްކީމުން އެޚިދުމަތުގެ އަގު ކަވަރުކުރާނީ، ޕްރައިވެޓް އިންޝުއަރެންސް ގެ ލިމިޓު ހަމަވުމުން ކަމަށްވެސް އެންސްޕާއިން ބުނޭ

ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2024 | ބުރާސްފަތި 10:24
މާލޭގެ ފާމަސީއެއްގެ ބޭރު ބިއްލޫރިގަނޑުގައި އިންޝުއަރެންސް ސްކީމުތައް އިޝްތިހާރު ކޮށްފައި

މާލޭގެ ފާމަސީއެއްގެ ބޭރު ބިއްލޫރިގަނޑުގައި އިންޝުއަރެންސް ސްކީމުތައް އިޝްތިހާރު ކޮށްފައި

ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށްފަހުން އާސަންދަ ދޭ ގޮތައް ހަމަ ޖައްސައިފި އެވެ.

އެންސްޕާ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޯދާ ޚިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމަށް ހަމަޖައްސާފައި ވާކަމަށެވެ.

Advertisement - newsAdvertisement

އެންސްޕާ އިން ބުނާ ގޮތުގައި މިބަދަލާ ގުޅިގެން "އައުޓް ޕޭޝަންޓް" ގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ފުރަތަމަ ބިލްކުރާނީ ޕްރައިވެޓް އިންޝުއަރަންސަށެވެ. އާސަންދަ ސްކީމުން އެޚިދުމަތުގެ އަގު ކަވަރުކުރާނީ، ޕްރައިވެޓް އިންޝުއަރެންސް ގެ ލިމިޓު ހަމަވުމުން ކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.

މިކަން ތަންފީޒު ކުރާނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށާއި، ޝަކުވާއެއް ވާނަމަ "ޝިކާވަތި ޗެޓްލައިން" 7951400 އަށް ރިޕޯޓު ކުރެވޭނެ ކަމަށް ވެސް އެންސްޕާއިން ބުނެއެވެ.

އެންސްޕާ އިން ވަނީ އާސަންދަ ސްކީމް މެދުވެރިކޮށް ހިދުމަތް ލިބިގަތުމަށް ފަހު، އެކަމުގެ ރަސީދު ހޯދުމަށާއި އަދި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ހިދުމަތްދޭ މަރުކަޒުތަކުން އަމަލުކުރާކަން ފާހަގަވެއްޖެ ނަމަ، އެކަން ޗެޓްލައިން އަށް ރިޕޯޓުކުރުމަށް އެދިފައެވެ.

އާސަންދަ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
26 ޖެނުއަރީ 2025

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން
13 ޑިސެމްބަރު 2024

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ
18 ނޮވެމްބަރު 2024

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު