Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާސަންދައިން ޚިދުމަތް ލިބުމުގައި ދަތިތަކެއް

އާސަންދައިން ފައިސާ ލިބުން ދަތިވެ، ބޭސްފަރުވާއަށް ސަލާން ޖެހުމަށް މަޖުބޫރު ކުރުވަނީ

ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް ރާއްޖެއިން ވެސް އާސަންދައިގެ ޚިދުމަތް ނުލިބިގެން ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. އާސަންދައިން ބިލު ނުދައްކާތީ ބައެއް ޕޭޝަންޓުން ދޫކޮށްލުމަށް ހޮސްޕިޓަލުން ދޮކޮޅު ހަދަމުންދާއިރު، މިއީ ބޭސްފަރުވާއަށް ސަލާން ޖެހުމަށް މަޖުބޫރުކުރުވުން ކަމަށް ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ރާއްޖެއިން ބޭރުގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ބިލުތަކުގެ ބޮޑު ބަޔަކަށް އަމިއްލަ ޖީބުން ފައިސާ ދައްކަންޖެހޭ ކަމަށް އެމީހުން ބުނެފައިވެއެވެ.

ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 އޯގަސްޓު 2024 | ބުރާސްފަތި 11:23
އާސަންދައިން ފައިސާ ލިބުން ދަތިވެ، ބޭސްފަރުވާއަށް ސަލާން ޖެހުމަށް މަޖުބޫރު ކުރުވަނީ

އާސަންދައިން ފައިސާ ލިބުން ދަތިވެ، ބޭސްފަރުވާއަށް ސަލާން ޖެހުމަށް މަޖުބޫރު ކުރުވަނީ

ރާއްޖޭގައި އާސަންދައިގެ ނަމުގައި ހިލޭ ބޭސްފަރުވާ ރައްޔިތުންނަށް ލިބޭ ގޮތް ހަމަޖައްސާދީފައިވަނީ ބޭހަށް ސަލާން ޖެހުން ހުއްޓުވުމަށެވެ. ރައްޔިތުންނަށް ފަސޭހަ އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އާސަންދަ ތައާރަފްވެ ބޭނުންކުރަން ފެށިފަހުން ރައްޔިތުންގެ އަތުން ބޭސްފަރުވާއަށް މާ ބޮޑު ހަރަދެއް ކުރާކަށް ނުޖެހެއެވެ. ސިޔާސީ ވެރިންގެ ގާތަށް ސަލާން ޖަހަން ދާކަށް ނުޖެއެވެ. އެހެންކަމުން މި ސްކީމަކީ ރައްޔިތުން ހެއްވާލި ސްކީމެކެވެ. މީގެ ކުރިން އާސަންދައާއެކު ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދިޔަ ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިސްކީމުން ރައްޔިތުންގެ ހިތްތައް މިވަނީ މާޔޫސްކޮށްލާފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިއްހީ ދާއިރާ ކުރިއަރުވައި، އާސަންދަ ފުޅާކުރާނެ ކަމުގެ ވައުދުފުޅާއެކުއެވެ. ރާއްޖޭގެ ބޭރުގެ ގިނަ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެއާއެކު އާސަންދައިން ވަނީ 17 ޖެނުއަރީ 2024 ގައި ވެސް ތައިލެންޑާއި ޔޫއޭއީއަށް ބޭސްފަރުވާއަށް މީހުން ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް ލަންކާ އަދި އިންޑިއާ ފިޔަވައި އެހެން ގައުމަކުން އާސަންދައިގެ ދަށުން ބޭސް ކުރެވޭނެ އިންތިޒާމު ހަމަނުޖެހެއެވެ. މިމަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް ވެސް ނުލިބެއެވެ.

އާސަންދަ ފުޅާކުރުމަށް އައި މިސަރުކާރުގައި މިހާރު ފެނިގެން ދަނީ މުޅިން ތަފާތު މަންޒަރެކެވެ. ރާއްޖެއިން ވެސް އާސަންދައިގެ ޚިދުމަތް ނުލިބިގެން ރައްޔިތުން މިއަދު ޝަކުވާ ކުރަން ވަނީ ފަށާފައެވެ. ސޯޝަލް މީޑީއާއަށް ބައެއް މައްސަލަތައް ފެންމަތިވަމުންދާއިރު، ދާދިފަހުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދި މީހަކަށް އާސަންދަ ހަމަނުޖެހި، ބިލް ނުދެއްކިގެން ޕޭޝަންޓު ހޮސްޕިޓަލުން ދޫކޮށްލުމަށް ދެކޮޅު ހެދި މައްސަލައެއް ފެންމަތިވެފައިވެއެވެ. އާއިލާގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ ޕޭޝަންޓުގެ ބިލަށް ދެއްކޭ މިންވަރަށް ވުރެ ބޮޑު ބިލެއް އަރާފައިވާ ކަމަށާއި، އާސަންދައިން ބިލް ނުކުރާތީ ޕޭޝަންޓް ހޮސްޕިޓަލުން ދޫނުކޮށް ބޭއްވި ކަމަށެވެ.

އާސަންދައިން ބިލް ނުކޮށް، ޚިދުމަތް ލަސްވެގެން ދިއުމުގެ ސަބަބުން އެކަމުގެ ދެރައާއި އުދަނގޫ ރައްޔިތުން ތަހައްމަލް ކުރަން ޖެހުމަކީ ބޭސްފަރުވާއަށް ސަލާންޖެހުން ކަމަށް ރައްޔިތުން ބުނެއެވެ. މިފަދަ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، ރާއްޖެއިން ބޭރުގައި އިންޑިއާގެ ހޮސްޕިޓަލުތަކުން ވެސް ބައެއް ޕޭޝަންޓުންނަށް އާސަންދަ ޚިދުމަތް ހަމަނުޖެހި ލަސްވާ ގިނަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

މީގެ އިތުރުން ގިނަ ދިވެހިން ޚިދުމަތް ހޯދަމުން ދިޔަ އިންޑިއާގެ ބެންގަލޫރުގެ، މަނިޕާލް ހޮސްޕިޓަލުން އާސަންދަ ދިނުން ޖުލައި މަހުގެ ތެރޭގައި ވަނީ ހުއްޓާލާފައެވެ. އަދި އިންޑިއާގެ 49 ހޮސްޕިޓަލަކަށް އާސަންދައިގެ ޚިދުމަތް ލިބޭ ކަމަށް ސަރުކާރުން ބުނި ނަމަވެސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ފަރުވާއަށް އިންޑިއާއަށްދާ ފަހުން ބައެއް ޓެސްޓުތައް ރާއްޖޭގައި ހެދޭ ކަމަށް ބުނެ، އެޓެސްޓުތައް ހެދުމަށް އާސަންދައިން ޚިދުމަތް ނުދޭ ކަމަށް އެމީހުން ބުނެފައިވެއެވެ.

ކެންސަރު ބަައްޔަށް ފަރުވާ ހޯދާ މީހެއް ބުނެފައިވަނީ ކުރިން ފުލްކޮށް ޕޭމަންޓް ކަވަރުކުރަމުން އައި ބައެއް ޓެސްޓްތަކުން މިހާރު އާސަންދަ އެޕްރޫވްކުރަނީ ތިންބައި ކުޅަ އެއްބައި ކަމަށެވެ. މިއަދު ބިލުގެ ބޮޑު ބައެއް ދައްކަންޖެހުނީ ބަލިމީހާގެ ޖީބުން ކަމަށެވެ.

އާސަންދަ ހަރުދަނާ ކުރުމަށް އައި ސަރުކާރާއެކު މިހާރު ފެނިގެން މިދަނީ މި ޚިދުމަތް ރައްޔިތުންނަށް ނުލިބޭ މަންޒަރެވެ. ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާ ކްލިނިކުންތަކުން އާސަންދައިން ލިބެންޖެހޭ ފައިސާ ނުލިބި އެތަންތަން ހިންގުމަށް ވަނީ ދަތިވެފައެވެ.

އެގޮތުން 13 އޯގަސްޓް 2024 ގައި މާލިއްޔަތު ކޮމެޓީގައި ޕްރައިވެޓް އެންމެ ބޮޑު ހޮސްޕިޓަލް އޭޑިކޭގެ ހުއްޓާލަންޖެހިދާނެ ކަމުގެ އިންޒާރު އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހްމަދު ނާޝިދު ވަނީ ދެއްވާފައެވެ. އެދުވަހު ނާޝިދު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލް އޮތީ އައިސީޔޫގައި ކަމަށާއި، އާސަންދައިން 250 މިލިއަން ދޭން ޖެހޭ ކަމަށެވެ. އަދި އާސަންދައިން ލިބެން ޖެހޭ ފައިސާ ނުލިބި ފުނިޖެހެމުން ގޮސް، އޭޑީކޭ ހޮސްޕިޓަލް ހުއްޓާލަން ޖެހޭ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމަށެވެ.

ހާލަތު މިހެން އޮތްއިރު، އަންނަ އޮކްޓޫބަރު މަހު 1 އިން ފެށިގެން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ހިދުމަތް ލިބޭނީ އެ އިންޝިއުރަންސަށް ކަނޑާފައި ބާކީ ބިލަށް އަރާވަރު ކަމަށް އާސަންދަ ހިންގާ ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފައިވާއިރު، ސަރުކާރަށް 9 މަހަށް ވުރެ ގިނަ ދުވަސްވީއިރު، ހަރުދަނާ ފިޔަވަޅެއް އެޅި މަންޒަރެއް އަދި ނުފެނެއެވެ. ފެނިގެންދަނީ ޚިދުމަތް ނުލިބި، ރައްޔިތުންނަށް މިއަދު ބޭސްފަރުވާއަށް ސަލާން ޖެހުމަށް މަޖުބޫރުކުރުވާ މަންޒަރެވެ. އަދި ޚިދުމަތް ލަސްވެ، ޕޭޝަންޓު ހޮސްޕިޓަލުން ދޫނުކޮށް ހިފަހައްޓާ މަންޒަރެވެ.

އާސަންދަ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު