Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީ ލަންކާ

މިނިސްޓަރުންގެ ޚަރަދުތައް ކުޑަކުރަން ސްރީ ލަންކާ ގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އައު އުސޫލުތަކުގެ ދަށުން، ސަރުކާރުން މިނިސްޓަރުންނާއި ނައިބު މިނިސްޓަރުންނަށް އެހީތެރިވެ ދިނުމަށް މިނިސްޓްރީ ތަކަށް ގިނަވެގެން އައްޔަން ކުރެވޭނެ މުވައްޒަފުންގެ އަދަދު ވަނީ ކަނޑައަޅާފައެވެ.

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2025 | ހޮނިހިރު 11:08
2024 ނޮވެމްބަރު 21 - ލަންކާގެ ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާގެ އެ ގައުމުގެ ރައީސް ވަޑައިގަންނަވަނީ

2024 ނޮވެމްބަރު 21 - ލަންކާގެ ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާގެ އެ ގައުމުގެ ރައީސް ވަޑައިގަންނަވަނީ

މިނިސްޓަރުންގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސްރީ ލަންކާގެ ރައީސް އޮފީހުން މުހިންމު ފިޔަވަޅުތަކެއް އަޅައިފި ކަމަށް ލަންކާގެ މީޑިއާ އިން ރިޕޯޓު ކޮށްފިއެވެ.

އެ ގައުމުގެ ރައީސް އޮފީހުގެ ސަކިއުލާރ އަކުން މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހުރިހާ މިނިސްޓްރީތަކުގެ ސެކްރެޓަރީންނަށް މިހާރު ވަނީ އަންގާފައެވެ.

އެ ސަރކިއުލަރ ގައި މިނިސްޓަރުންނަށް ދޭންޖެހޭ ވަސީލަތްތަކާއި ޚިދުމަތްތަކާ ގުޅޭގޮތުން އިރުޝާދު ދީފިއިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. 

އައު އުސޫލުތަކުގެ ދަށުން، ސަރުކާރުން މިނިސްޓަރުންނާއި ނައިބު މިނިސްޓަރުންނަށް އެހީތެރިވެ ދިނުމަށް މިނިސްޓްރީ ތަކަށް ގިނަވެގެން އައްޔަން ކުރެވޭނެ މުވައްޒަފުންގެ އަދަދު ވަނީ ކަނޑައަޅާފައެވެ. 

މިނިސްޓަރުންނަށް އެހީތެރިންގެ ގޮތުގައި ގިނަވެގެން 15 މުވައްޒަފުން އައްޔަން ކުރުމުގެ ހުއްދަ ދީފައިވާއިރު، ނައިބު މިނިސްޓަރުންނަށް އެހީތެރި ވުމަށް ގިނަވެގެން އައްޔަން ކުރެވޭނީ 12 މުވައްޒަފުންނެވެ. 

އެހީތެރިންގެ މަސްއޫލިއްޔަތަކީ މިނިސްޓަރުންނާއި ނައިބު މިނިސްޓަރުންގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރުމަށް އެހީތެރި ވެދިނުމާއި ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމެވެ. 

މިނިސްޓްރީ ތަކަށް ލަފާދޭ ފަރާތްތައް އައްޔަންކުރުމާއި އެހީތެރިން އައްޔަންކުރުމާ ގުޅޭގޮތުން ވެސް އިރުޝާދު ދީފައިވެއެވެ. 

މީގެ އިތުރުން، ރައީސް އޮފީހުން މިނިސްޓަރުންނާއި ނައިބު މިނިސްޓަރުންނަށް ދޭނެ ރަސްމީ އުޅަނދުފަހަރާއި، ތެލުގެ އެލަވަންސާއި އަދި ފޯނު ޚަރަދުތަކާ ގުޅޭގޮތުން ވެސް އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. 

މިނިސްޓަރާއި، މިނިސްޓަރުގެ ނައިބު ގެ ބޭނުމަށް ގިނަވެގެން ދޫކުރެވޭނީ ރަސްމީ ދެ އުޅަނދު ކަމަށާއި އަދި ކުއްޔަށް ނުވަތަ އެހެން ގޮތަކަށް ހޯދާ އުޅަނދުފަހަރު ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ މިނިސްޓްރީގެ ސެކްރެޓަރީ ކަމަށް ބުނެފައިވެއެވެ. 

މިނިސްޓަރުންނާއި ނައިބު މިނިސްޓަރުންނަށް މަހަކު ގިނަވެގެން 900 ލީޓަރު ތެޔޮ ރަސްމީ އުޅަނދުފަހަރަށް ދޫކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. 

އަމިއްލަ ސެކްރެޓަރީ، ކޯޑިނޭޓިންގ ސެކްރެޓަރީ، މީޑިއާ ސެކްރެޓަރީ އަދި ޕަބްލިކް ރިލޭޝަންސް އޮފިސަރުގެ މަޤާމުތަކަށް މީހުން ހަމަޖައްސާނީ ވަގުތީ ގޮތުން ކަމަށާއި، އެހެން ނަމަވެސް މިނިސްޓަރު ނުވަތަ ނައިބު މިނިސްޓަރުގެ އާއިލާގެ މެންބަރުން ނުވަތަ ގާތް ތިމާގެ މީހުން މި މަޤާމުތަކަށް އައްޔަން ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ސްރީލަންކާއަނުރަ ކުމާރަ ޑިސަނަޔަކެ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު