Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް މުއިއްޒެއް ނޫން. އަކުބަރު ރަސްގެފާނާއި ބީރުބޮލު ވަޒީރު

24 ޖެނުއަރީ 2025 | ހުކުރު 14:15

ރައީސް މި ގެންނަވާ އާ ނިޒާމުގައި ކައުންސިލްތަކެއް، ފިނޭންސް މިނިސްޓްރީއެއް، ބަޖެޓެއް، މަޖްލީހެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ކުޑަކުއްޖަކު އަތައް ދީފައި ދިއްކޮށްލާ ނޯޓު ކޮޅެކެވެ. ނޯޓުކޮޅެއް ނެތްނަމަ ރައީސްގެ ކަންފަތްޕުޅު ދޮށުގައި ސިއްރު ސިއްރުން ވާހަކައެއް ބުނާނެ ކުޑަ ކުއްޖެކެވެ.

އާމިރު ސަލީމް
އާމިރު ސަލީމް | 24 ޖެނުއަރީ 2025 | ހުކުރު 14:15
ބީރުބޮލު ވަޒީރާއި އަކްބަރު ރަސްގެފާނު ވާހަކައިގެ ޕޯސްޓަރެއް

ބީރުބޮލު ވަޒީރާއި އަކްބަރު ރަސްގެފާނު ވާހަކައިގެ ޕޯސްޓަރެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިހާރު ފެންނަމުން މިދަނީ އަދި މާ އާދަޔާ ޚިލާފު މަންޒަރު ތަކެކެވެ. ޤައުމު ހިންގަވާތީ މި ފެންނަނީ އަދި މުޅިން މާ އަދަޔާ ޚިލާފު ގޮތް ތަކަކަށެވެ. ތިން ބާރު ވަކިވެފައި އޮންނަ ނިޒާމު މި ބަދަލުކުރައްވަނީ ވިރާސީ ރަސްކަމަކަށްހެން ވެސް ހީވާ ފަހަރު މަދެއް ނޫނެވެ. ރަށްރަށަށް ވަޑައިގެން މި އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުތޯ ޖަލާލަތުލް މަލިކު މުހައްމަދު މުއިއްޒުލް އައްވަލްތޯ ސުވާލު ކުރާ މީހުންވެސް މަދެއް ނޫނެވެ.

ރައީސް މި ގެންނަވާ އާ ނިޒާމުގައި ކައުންސިލްތަކެއް، ފިނޭންސް މިނިސްޓްރީއެއް، ބަޖެޓެއް، މަޖްލީހެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ކުޑަކުޑަ ނޯޓު ކޮޅެކެވެ. އެ ނޯޓުކޮޅު ދިއްކޮށްލާނެ ކުއްޖެކެވެ. ނޯޓުކޮޅެއް ނެތްނަމަ ރައީސްގެ ކަންފަތްޕުޅު ދޮށުގައި ސިއްރު ސިއްރުން ބަސްދަންނަވާނެ ކުޑަ ކުއްޖެކެވެ.

ދާދި ފަހުން ފެނުނު މަންޒަރެއް ދަންނަވާލާނަމެވެ. ރައީސް ރަށެއްގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް ކުދިން ތަކެއް ގޮވާލާފައި ފުޓްސަލް ދަނޑެއް އަޅައިދޭން ބުނަނީ އެވެ. ރައީސް ވަގުތުން ދެކޮޅު ހޯއްދަވާފައި އަތުން ހަނާ އަޅާލެއްވުމަށްފަހު ކުޅިވަރާ ބެހޭ ވަޒީރު ގެންނަވަނީއެވެ. ދެން އެ ވަޒީރު ބޭފުޅާ އަރިހުގައި މިކުދިން މިބުނާ ދަނޑު ރަށުގައި އަޅާލަދޭށޭ ވިދާޅުވެފައި ވަޑައިގަންނަވަނީއެވެ. ވަޒީރު ބޭފުޅާވެސް އާދެ މަސާހިބޭ ވިދާޅުވެފައި ވަޑައިގަންނަވަނީއެވެ. ފުލުހުންގެ ޑިއުޓީތައްވެސް އެ ފުލުހުންގެ އަނބިދަރިންގެ އެދުމުގެ މަތިން ވަގުތުން ވަގުތަށް ބަދަލުކޮށްދެއްވަނީ އެވެ. ބަޖެޓަކާ ބަޖެޓެކެވެ. ނިޒާމަކާ ނިޒާމެކެވެ. ކައުންސިލަކާއި ކައުންސިލެކެވެ.

ކަން އޮތީ މިހެން ކަމުގައި ވާނަމަ މިއީ ރައީސް ކުރިއަށް ވަޑައިގަންނަވަން ހުރި ރަށްރަށުގެ ރައްޔިތުންނަށް ހެޔޮ ފާލެކެވެ. ރައީސް ވަޑައިގަތުމުން ރޯދަޔަށް މިގޭގައި މުށި ޖަހަން ބޭނުންވާ ވާހަކަ ދަންނަވަން ވީއެވެ. އޭރުން މުށި ޖެހުމާ ބެހޭ ވަޒީރު ގެންނަވާ މި ގޭގައި މުށި ޖައްސަވަން އަންގަވާނެއެވެ. ގޭ ފުރާޅުގެ ޓިނު ޖަހަން ހުއްޓަސް، ރޯދަޔަށް ބަދިގެ ސާމާނު އާކުރަން ހުއްޓަސް، ގޭގައި ޝީޓެއް އަޅަން ބޭނުންވެފައި އޮތަސް ބައްދަލުކޮށް ދަންނަވަން ވީއެވެ. އޭރުން ކަމާ ގުޅޭ ވަޒީރު ގެންނަވާ އެކަމެއް ކޮށްދެއްވަން އަންގަވަމުން ގެންދަވާނެއެވެ. ހެޔޮފުޅު ކަމާއި ރައްޔިތުންގެ މުހުތާދުތައް ފިއްލަވައިދެއްވަން ކެތް މަދުވެފައި ހުރި ވެރިއެއް ވީއްޔާއެވެ.

މި ހުރިހާ ކަމެއް މިހެން ހިނގަމުން ދާއިރު ފިނޭންސް މިނިސްޓްރީއެއް އެބަހުއްޓެވެ. ފާސްކޮށްފައި އޮތް ބަޖެޓެއް އެބަ އޮތެވެ. ބަޖެޓު ކޯޑާއި ޚަރަދު ކުރެވޭނެ ގޮތާއި އަރަންޏާއި ދަރަނި ހުންނަންޖެހޭ މިންވަރު ކަނޑައަޅާފައިވާ ޤާނޫނުތައް އެބަ ހުއްޓެވެ. ރަށްރަށުގެ އިހްތިސާސު ހިނގާ ސަރަހައްދުތަކަށް ޒިންމާ ހަަމަ ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި ވެރިން އެބަތިއްބެވެ. 20 އަހަރުގެ ތަރައްޤީގެ ޕްލޭން ހައްދަވާ މަޖްލީހުން ފާސްކުރައްވާ އޭގައި ތައްގަނޑު ޖައްސަވަންޖެހޭ ވާހަކަވެސް ބައެއް ފަހަރު ދައްކަވާތީ އިވެއެވެ. 184 ރަށް ތަރައްޤީ ނުކުރެވޭނެ ވާހަކައާއި އިސްކަންދެއްވާނީ އަރބަން ސެންޓަރުތަކަކަށް ކަމަށްވެސް ވިދާޅުވަމުން ގެންދަވާތީ އިވެއެވެ. އެކަމަކު އެ ހުރިހާ ވާހަކައެއް ދައްކަވަމުން ރަށްރަށަށް ވަޑައިގެން ނޯޓު ކޮޅުކޮޅާއި ކަރުދާސް ކޮޅުކޮޅުގައި ލިޔެ އަތްޕުޅަށް އަރުވާހާ ކަންކަމެއްވެސް އަނގަބަހުން ކޮށްދެއްވަމުން ގެންދަވަނީ އެވެ.

ރައީސް އުޅުއްވާ ގޮތުން ހީވަނީ ދިވެހި ރާއްޖެ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އޯނަރޝިޕް ލިބިވަޑައިގެން އުޅުއްވަނީ ހެންނެވެ. މުޅި ދައުލަތުގެ ޚަޒާނާ އަކީ އަމިއްލަފުޅު އެއްޗެކޭ ހީފުޅުވަނީވެސް ކަންނޭގެއެވެ. ނުވަތަ އަކުބަރު ރަސްގެފާނާއި ބީރުބޮލު ވަޒީރުގެ ވާހަކަތައް ކިޔުއްވައިގެން އެގޮތަށް އުޅުއްވަން އުޅުއްވަނީ ހެންނެވެ.

ރަށްރަށުގެ ރައްޔިތުން ބުނަނީ ޑްރާމާ ކުޅުއްވިއަސް ރައްޔިތުން ގަޅި ހެއްދެވިޔަސް މިއީ ބޮޑުވަރެއް ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގާ މަތިމައްޗަށް ވެ ވަޑައިގެންނެވިހާ ވަޢުދުތަކާއި ކުރީ ސަރުކާރުން ރަށްރަށުގައި ފައްޓަވާފައި ހުރިހާ ޕްރޮޖެކްޓްތަކުން އެއް ކަމެއް ކުރިއަށް ނުގެންދަވާ 50 ބިލިއަން ރުފިޔާ ޚަރަދުކޮށް ހުސްކުރެއްވުމަށްފަހު ރަށްރަށަށް ވަޑައިގެން ރަށްރަށުގައި ކުނިކޮށްޓާއި ބަކަރިކޮށްޓާއި ކުކުޅުކޮށި އަޅައިދިނުމުގެ ވައުދުތައްވެސް މަތިމައްޗަށް އަނެއްކާ ވެވަޑައިގަންނަވަމުން ގެންދަވަނީއެވެ. ރައީސުލްޖުމްހޫރިއްޔާ ބޮޑު ޚަރަދު ކުރައްވައިގެން ރަށްރަށަށް ވަޑައިގެން ތާކުންތާކު ޖެހޭ އެއްކަމެއްވެސް އަދި ކުރައްވާތަނެއް ނުފެނެއެވެ. އައިޑީ ކާޑު ޚިދުމަތާއި ފޮޓޯ ކޮޕީ ޚިދުމަތް ފައްޓަވަން ރައީސަކު ރަށްރަށަށް ދަތުރުފުޅު ކުރައްވަން ޖެހޭތޯއެވެ؟

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް