Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގު ފޯމުގެ މައްސަލަ

މެންބަރު އިސްމާއިލުގެ އިއުތިރާފަށް ބަލައި ތަހުގީގު އަވަސްކޮށްދިނުމަށް އެދިފައިވާނެ - މަހުފޫޒް

މެންބަރު މުހައްމަދު އިސްމާއިލް މީޑިއާއަށް ދޫކުރި ވީޑިއޯގައި ހެކިވެރިއަކަށް ފޯމުގައި ސޮއިކުރާ ކަމަށް އިއުތިރާފުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖެނުއަރީ 2025 | ބުދަ 11:40
ޕީއެންސީއަށް މެންބަރުން ވެއްދުމަށް ފޯމް ފުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި މެންބަރު މުހައްމަދު އިސްމާއިލް

ޕީއެންސީއަށް މެންބަރުން ވެއްދުމަށް ފޯމް ފުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި މެންބަރު މުހައްމަދު އިސްމާއިލް

ޕީއެންސީގެ ވަގުފޯމުތަކުގައި ސޮއިކުރެއްވި މައްސަލައިގައި މެންބަރު މުހައްމަދު އިސްމާއިލުގެ އިއުތިރާފަށް ބަލައި ތަހުގީގު އަވަސްކޮށްދިނުމަށް އެދިފައިވާނެ ކަމަށް އެމްޑީޕީގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒް ސައީދު ވިދާޅުވެއެވެ.

ޕީއެންސީ އަށް މެމްބަރުން އިތުރުކުރަން މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރި މައްސަލައިގެ ތަހުގީގުގެ ވާނުވާ ބަލަން އެމްޑީޕީ އިން ފުލުހަށް ދިއުމަށްފަހު ރާއްޖެޓީވީއާ ވާހަކަދައްކަވަމުން އެމްޑީޕީގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒް ސައީދު ވިދާޅުވީ ޕީއެންސީން ހުށަހެޅި ވަގުފޯމުތަކުގައި އެންމެ ގިނައިން ހެއްކެއްގެ ސޮއިކުރެއްވި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މީޑިއާއަށް ދޫކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ ސޮއިކުރެއްވުމުގެ ކަންތަކުގައި އެބަދުވެސް އެކަން ކުރައްވާގޮތް ކަމަށާއި، އެހެންކަމުން އޭނާ ވެފައިވާ އިއުތިރާފަށް ބަަލައި އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

މަހުފޫޒް ވިދާޅުވީ ވަގުފޯމު މައްސަލައިގައި ވަކިވަކިން މައްސަލަ ހުށަހެޅި ފަރާތްތަކާއި ސުވާލުކޮށް ބަޔާނާއި އިނގިލީގެ ނިޝާން ނަގާ ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ. މަހުފޫޒް ވިދާޅުވީ އެމްޑީީގެ ފަރާތުން 96 ފަރުދެއްގެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. އެ މައްސަލަތައް ހުށަހަޅާފައިވަނީ ވަކިވަކިން ކަމަށެވެ. އަދި ބައްދަލުވުމަށް އައި އިރު މީގެ ތެރެއިން ކިހާ މައްސަލައެއް ތަހުގީގުކުރަމުންދާކަން ފުލުހުންނަށް އެ މައުލޫމާތު ސާފުކުރެވިފައި ނުވާ ކަަމަށް މަހުފޫޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތައް ވެސް ތަހުގީގުކުރާނެކަމުގެ ޔަގީންކަން ފުލުހުން ދެއްވި ކަމަށެވެ.

މީގެ އިތުރުން މަހުފޫޒް ވިދާޅުވީ ޑިސެމްބަރު 7 ވަނަ ދުވަހު ހުށަހަޅާފައިވާ އެންސްޕާއިން އަމިއްލަ ފަރުދެއްގެ އަތުން ބޮޑު އަގުގައި އިމާރާތެއް ކުއްޔަން ހިފުމުގެ މައްސަލައިގައި މަނީ ލޯންޑަރ ކުރުމުގެ މައްސަލައެއް ހިމެނޭކަމަށް ގަބޫލުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

މަހުފޫޒް ވިދާޅުވީ ބައްދަލުވުމުގައި އެ މައްސަލައާއި ގުޅޭ މައުލޫމާތެއް ފުލުހުންގެ ފަރާތުން ސާފުކޮށް ނުދެވުނު ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ މައްސަލައިގައިވެސް ޖަވާބެއް ދެއްވާނެކަމަށް ފުލުހުން ވިދާޅުވި ކަމަށް މަހުފޫޒް ހާމަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު