Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއިލް ޕާސްޕޯޓް މަނާކުރުން

އިސްރާއިލް ޕާސްޕޯޓް މަނާކޮށްލަން ނުކެރި އުޅެނިކޮށް، ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ - ދެންވެސް ކިޔަންވީ ޝުކުރިއްޔާ ރައީސް؟

ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވީ މި ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. ސަރުކާރުން މި ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުން އެކަމުގެ މެޑަލް ޖަހާ، ތިމަންނާ މެންނަކީ އެ ގައުމުގެ ވަހުދަތަށްޓަކާ މާބޮޑު މަސައްކަތްތަކެއް ކުރި ބައެއްކަމަށް ދެއްކުމަކީ ލަދުވެތި ކަމެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2025 | ހުކުރު 14:11
އިސްރާއިލް ޕާސްޕޯޓް އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު

އިސްރާއިލް ޕާސްޕޯޓް އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު

ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވީ މި ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. މިކަމާއި އުފާ ނުކުރާނެ އެއްވެސް ދިވެއްސަކު ވެސް އަދި މުސްލިމަކުވެސް ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. އިސްރާއީލާއި ހަމާސްއިން އާދީއްތަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޤަތަރުގެ ބޮޑުވަޒީރު މިދިޔަ ހަފްތާގެ ބުދަ ދުވަހު އިއުލާންކުރެއްވުމާއި އެކު އެތައް ހާސް މުސްލިމުންނެއް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަމާއި މެދު އުފާކުރަމުންނެވެ. 15 މަސްދުވަހުގެ ނުރައްކާތެރި ހަނގުރާމަ ނިމުމަކަށް އައުމަށް މަގުފަހިކޮށްދޭ މި އެއްބަސްވުމާއި މެދު މުޅި ދުނިޔެ ދަނީ އުފާ ފާޅުކުރަމުންނެވެ. އެހެނީ މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ ރަހީނުން ދޫކޮށްލެވި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުވެގެންދާނެތީއެވެ. 7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 46،707 ފަލަސްތީނު މީހުން ޝަހީދުވެ، 110،265 މީހުން ވަނީ ޒަހަމްވެފައެވެ. މިއީ ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި އަދި ލާއިންސާނީ އަމަލުތައް ފެނިގެން ދިޔަ ހަނގުރާމައެވެ.

ކޮންމެއަކަސް މުޅި ދުނިޔެ ހަމަޖެހުމުގެ ނޭވާއެއްލާ ހަނގުރާމަ ނިމޭ ކަމުގެ އުފާ ފާޅުކުރަމުން ދިޔަ އިރު ރާއްޖޭގެ ސިޔާސީ ބޭފުޅުން، ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން އުފާ ފާޅުކުރީ ތަފާތު މޭރުމަކުންނެވެ. ފެނުނީ ޝުކުރިއްޔާ ރައީސްގެ ލަފުޒުތަކެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނު ފަލަސްތީނާއި މެދު ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރި މަންޒަރެވެ. އަޖައިބުވެ އަންތަރީސްވެއްޖައީމެވެ. ހީވާކަހަލައެވެ. މި ހަނގުރާމަ ހުއްޓާލުމަށް މަގުފަހިވީ ރައީސް މުއިއްޒުގެ އިސްނެންގެވުމާއި އެކު ކުރެއްވި މަސައްކަތްތަކުންނެވެ. ނޫނީ މި ވާހަކަތައް އަވަސްކޮށްދިނުމުގައި މެދުވެރިޔަކީ އެ މަނިކުފާނުކަމަށް ހީވާ ކަހަލައެވެ.

ހަގީގަތަކީ އިސްރާއީލްގެ އަމަލުތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާންގަނޑެއް ވެސް ސަރުކާރަށް ގިނަ ފަހަރު ނެރެވުނީ އެކަން ނުކޮށްގެން އާއްމުންގެ ފާޑުކިޔުންތައް އޮއްސާލާ، ސަރުކާރު ހޫނުފެނަށް ވެއްޓުނީމައެވެ. ގިނަ ފަހަރު އެ ނޫން ހާލަތުގައި ސަރުކާރުން ތިއްބަވަނީ ހަނެވެ. ފަލަސްތީނަށް ފޮނުވަން ނިމިދިޔަ ސަރުކާރުން ނިންމި މަސްދަޅުކޮޅަށް ވީ ގޮތެއް ވެސް ބަހަބަރެވެ. އިޒްރޭލްގެ ޕާސްޕޯޓް މަނާ ކުރުމުގެ ބިލުގެ މައްސަލައަކީ ވެސް މި ދަނޑިވަޅުގައި ދައްކާލުން ރަނގަޅެއް ނޫންތޯއެވެ. ފެނިގެން މިދިޔަ މަންޒަރަކީ ދިވެހި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ނުކެރި އޮއްވާ ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވީ މަންޒަރެވެ. ލަދެއް ނުގަނޭ ބާއޭ ހިތަށް އަރައެވެ. ރައީސަށް ހުޝާމަތު ކުރާ އިރު މިހިރަކަންކަން ހަމަ ނޭނގެނީ ބާވައެވެ.

އެކިފަހަރު ދެއްކެވީ އެކި ބަހަނާތަކެވެ. އެއް ފަހަރު ވިދާޅުވާނެއެވެ.  އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމާ މެދު ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭނެތާއެވެ. ޕާސްޕޯޓް މަނާނުކުރެވެނީ އެހެންވެ ކަމަށް ބުނާނެއެވެ. އަނެއް ބައި ފަހަރު އެއީ ޤައުމީ މަސްލަހަތު އެންމެ ރަނގަޅު ގޮތްތޯ ބަލާކަމަށް ބުނާނެއެވެ. އަނެއްބައި ފަހަރު އެ މަސައްކަތް ނުވަނީ ކަމާއި ބެހޭ ފަރާތްތަކުން އެއްގަލަކަށް ނާރާތީ ކަމަށް ވެސް އެބަ ބުނެއެވެ. އެކި ފަހަރު އެކި ލަވައެވެ. އެކި ރާގެވެ. އެކި ވާހަކައެވެ. އެނގޭހާވެސް ކަމަކީ އިސްރާއީލް ޕާސްޕޯޓް މަނާކުރާ ކަމަށް ބުނެ މުޅި ދުނިޔޭގެ ކުރިމަތީގައި މެޑަލްޖެހުމަށް ފަހު އަމަލުތައް ބެހެއްޓެވީ ދިމާ ނުއަތަށް ކަމެވެ.

މިހެން ބުނަންޖެހޭ ސަބަބުތައް ބައިވަރެވެ. ބައެއް ކަންކަމަށް ބަލާލާނަމެވެ. 20 ނޮވެންބަރު 2024 ގައި މަޖިލީހުގައި ބޭއްވި ޖަލްސާއަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 63 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވީމަ ފަލަަސްތީނާއި މެދު އޮތް ކަމަށް އެ ބުނާ ލޯބި މި ބޭބޭފުޅުންގެ ޢަމަލަކުން ނުފެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ޕާކު ކޮށްފައި އޮންނަތާ 150ށް ވުރެ ގިނަ ދުވަސް ވީފަހުން، އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސް ކުރީ ނިމިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެ ވެސް އެ މަސައްކަތް ޕާކްކޮށްފައި އޮންނާތީ ދިވެހިންގެ ލޭކެކި ފާޑުކިޔުންތައް ނުކަތާ ވަރަށް އިތުރުވުމުން ނިންމެވި ނިންމެވުމެވެ.

މިކަހަލަ ކިތަންމެ ކިތަންމެކަމެކެވެ. އެހެންވީމާ ފަލަސްތީނު ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުން އެކަމުގެ މެޑަލް ޖަހާ، ތިމަންނާ މެންނަކީ އެ ގައުމުގެ ވަހުދަތަށްޓަކާ މާބޮޑު މަސައްކަތްތަކެއް ކުރި ބައެއްކަމަށް ދެއްކުމަކީ ލަދުވެތި ކަމެކެވެ. ދެރަވަރުކަމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަލަސްތީން ސްކާފް އާއި ހިތްޕެވި ކޮފީ އާއި މަނާ ނުކުރެވުނު އިޒްރޭލް ޕާސްޕޯޓް

ފަލަސްތީން ސްކާފް އާއި ހިތްޕެވި ކޮފީ އާއި މަނާ ނުކުރެވުނު އިޒްރޭލް ޕާސްޕޯޓް

24 ސެޕްޓެމްބަރު 2024
ނަމުން ފަލަސްތީނާއެކު: އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ ހިލަމެއްނެތި 100 ދުވަސް

ނަމުން ފަލަސްތީނާއެކު: އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ ހިލަމެއްނެތި 100 ދުވަސް

18 ސެޕްޓެމްބަރު 2024
ދެ ބިލެއްގެ ތަފާތު: އިޒްރޭލް ޕާސްޕޯޓް މައްސަލަ ކޮމިޓީ ގައި އޮންނަތާ މަހެއް، ސަމޯއާ އެގްރީމެންޓަށް ރުހުން ދޭން ނެގީ އެންމެ ފަސް ދުވަސް

ދެ ބިލެއްގެ ތަފާތު: އިޒްރޭލް ޕާސްޕޯޓް މައްސަލަ ކޮމިޓީ ގައި އޮންނަތާ މަހެއް، ސަމޯއާ އެގްރީމެންޓަށް ރުހުން ދޭން ނެގީ އެންމެ ފަސް ދުވަސް

10 ޖުލައި 2024
އެއްކޮޅުން ސަރުކާރުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މެޑަލް ޖެހުމުގަ، އަނެއްކޮޅުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އެކަމާއި ދެކޮޅު ހެއްދެވުމުގަ!

އެއްކޮޅުން ސަރުކާރުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މެޑަލް ޖެހުމުގަ، އަނެއްކޮޅުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އެކަމާއި ދެކޮޅު ހެއްދެވުމުގަ!

09 ޖޫން 2024
އިސްރާއިލް ޕާސްޕޯޓް މަނާ ނުކުރުން، ސަރުކާރުން ބަހަނާއަކަށް ދައްކަނީ ޤާނޫނު!

އިސްރާއިލް ޕާސްޕޯޓް މަނާ ނުކުރުން، ސަރުކާރުން ބަހަނާއަކަށް ދައްކަނީ ޤާނޫނު!

02 ޖޫން 2024

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު