Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލު ޕާސްޕޯޓު މަނާކުރުން

ދެ ބިލެއްގެ ތަފާތު: އިޒްރޭލް ޕާސްޕޯޓް މައްސަލަ ކޮމިޓީ ގައި އޮންނަތާ މަހެއް، ސަމޯއާ އެގްރީމެންޓަށް ރުހުން ދޭން ނެގީ އެންމެ ފަސް ދުވަސް

ޕާސްޕޯޓް މަނާ ކުރަން ގާނޫނު އިސްލާހު ކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ ޖޫން 2 ގައެވެ. ސަމޯއާ އެގްރީމެންޓަށް ރުހުން ހޯދަން ވަޒީރުންގެ މަޖިލީހުން ޖޫން 23 ގައި ނިންމާ، ސަމޯއާ އެގްރީމެންޓް ޖޫން 26 ގައި ކޮމިޓީން ފާސްކޮށް، ޖޫން 30 ގައި މަޖިލީހުން ފާސްކުރިއެވެ.

ސަމޯއާ އެގްރީމެންޓް ޖޫން 26 ގައި ކޮމިޓީން ފާސްކޮށް، ޖޫން 30 ގައި މަޖިލީހުން ފާސްކުރި

ރާއްޖެ އެމްވީ | 10 ޖުލައި 2024 | ބުދަ 19:16
އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ޖޫން މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ނިންމި

އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ޖޫން މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ނިންމި

އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ޖޫން މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ނިންމާ ރައީސް އޮފީހުގައި ވަޒީރުން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެކަން އިއުލާން ކުރިއެވެ.

އެ ދުވަހުގެ ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި މި ނޫސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ.

ވަޒީރުންގެ މަޖިލީހުން ގާނޫނު ބަދަލު ކުރަން ނިންމިތާ 18 ދުވަސް ފަހުން، މަޖިލީހުގެ 20 ވަނަ ދައުރަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި ޖޫން މަހުގެ 10 ވަނަ ދުވަހު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވިއެވެ.

ބިލް ބަލައިގަތުމަށް ފެނޭތޯ ހަމަ އެދުވަހު މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގިއެވެ. ޖަލްސާ އަށް ހާޒިރުވި 88 މެމްބަރުންގެ އިއްތިފާގުން ފާސްވެ، ބިލް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމިއެވެ.

ބިލް ކޮމިޓީ އަށް ފޮނުވި ފަހުން ޖުލައި މަހުގެ 10ށް އެއް މަސް ދުވަސް ފުރިގެން ދިޔައިރު، އޭގެ ފަހުން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ 4 ބައްދަލުވުން ބޭއްވުނު އިރު މި ބިލުގެ މަސައްކަތް އެޖެންޑާ ކޮށްފައެއް ނުވެއެވެ.

ސަރުކާރު ތަމްސީލް ކުރާ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ރިޔާސަތު ބަލަހައްޓަވާ ޕީއެންސީގެ ބޮޑު މެޖޯރިޓީ އެއް އޮންނަ މި ކޮމިޓީން ކުރަމުންދާހާ ވެސް ކަމަކީ ކޮމިޓީގެ މެންޑޭޓްގައި ހުރި އޮފީސްތަކާ އެކު ބައްދަލު ކޮށްލުމެވެ.

އެންމެ ފަހުން ޖުލައި 2 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ ފުލުހުންގެ ޚިދުމަތުގެ މަސައްކަތާ ބެހޭ ގޮތުން ފުލުހުންގެ ވެރިންނާ ބައްދަލު ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވެއެވެ.

އަނެއްކޮޅުން ދިވެހިންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވި، ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެ އިން ބައިވެރިވާން މަޖިލީހުގެ ރުހުން ހޯދަން ވަޒީރުންގެ މަޖިލީހުން ނިންމީ، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަކަށް ވެސް ފޮނުވާފައި ވަނިކޮށް، އޭގެ މާފަހުން، 23 ޖޫން ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ސަމޯއާ އެގްރީމެންޓް ދިރާސާ ކުރުމަށް މަޖިލީހުގެ ތަޅުމުން ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީ އަށް ފޮނުވީ، 26 ޖޫން ގައެވެ. ހަމަ އެ ދުވަހު ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީން ފުލުފުލުގައި ދެ ޖަލްސާ ބާއްވާ، އެ ދުވަހުން ދުވަހަށް އެ މައްސަލަ ކޮމިޓީން ވަނީ ފާސް ކޮށް ނިންމާފައެވެ.

އޭގެ 4 ދުވަސް ފަހުން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ރިޕޯޓް އެޖެންޑާ ކޮށް ސަމޯއާ އެގްރީމެންޓަށް މަޖިލީހުގެ ރުހުން ދިނީ 30 ޖޫން ވީ އާދިއްތަ ދުވަހު ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އިއްތިފާގުންނެވެ. މައްސަލަ އަށް އަވަހަށް ގޮތެއް ނިންމީ އާންމު ކޮށް ހޯމަ ދުވަހު އޮންނަ ޖަލްސާ އާދިއްތަ ދުވަހަށް އަވަސްކޮށް ޖަލްސާ ބާއްވައިގެންކަން މަޖިލީހުގެ ރެކޯޑްތަކުން އެނގެއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާގައި ޖުލައި 1 ގައި ރާއްޖެއިން އެ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުމުގެ ބައިވެރިއަކަށް ރާއްޖެ ވެގެން ދިޔައެވެ.

ކޮންމެ އަކަސް ސަމޯއާ އެގްރިމެންޓްގެ މަސައްކަތް ރޮކެޓް ސްޕީޑް ގައި ފުރިހަމަވެ ނިމުނީއެވެ.

ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ޖޫން މަހުގެ ތެރޭގައި ހުށަހެޅުނު ދެ ބިލަކާ މެދު ކަން ހިނގައި ދިޔަ ގޮތް މަޖިލީހުގެ ރެކޯޑް ތަކުން އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ބިލު މަޖިލީހަށް ވަދެ ތާށިވީއެވެ. އެއަށް ވުރެ މާ ފަހުން މަޖިލީހަށް ވަތް ސަމޯއާ އެގްރީމެންޓް މާ ބާރަށް ޕްރޯސެސްވެ ނިމުނީއެވެ. ނިންމަން ބޭނުންވި ކަންތައް ބަންދު ދުވަހު ނުކުމެގެންވެސް ނިންމީ އެވެ. ނިންމަން ބޭނުން ނުވި ކަންތަކަށް ތަކަށް ކިޔަނީ މަރިޔަނބުހޭ ވެސް އަހައެއްނުލިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު