Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

އެޅި އެއްވެސް ފިޔަވަޅެއް ކަމަކު ނުދިޔަ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2021 | ހުކުރު 14:21
މާލެ މަގުމަތި

މާލެ މަގުމަތި

މުޅި ދުނިޔެއަށް ނަމޫނާއެއްގެ ގޮތުން އަދިވެސް ފަނާނުވެ ދުނިޔޭގައި ލޯމައްޗަށް ފެންނަން އޮތް އެންމެ ޖާހިލުކަން ބޮޑު ފިރުއައުނު ޣަރަގުވުމުން ބަނީ އިސްރާއިލް މީހުން މޫސާގެފާނާއެކު ފެށި ދަތުރުގެ ވާހަކައިން ފަށަމާތޯއެވެ. ފިނޑިކަމާއި ގޮތް ދޫނުކުރުމަށް މަޝްހޫރު ބަނީ އިސްރާއިލް މީހުން މޫސާގެފާނާއެކު ކުރި ހިޖުރައިގެ ވާހަކަ ކުރުކޮށް ބަލާލިޔަސް އެމީހުންނަށް ހަމަ ހެޔޮ އެއްގޮތެއްވެސް ނެތްކަން ހާމަވާނެއެވެ.

އެމީހުންގެ މައްޗަށް މާތް ﷲގެ ނިއުމަތްތައް އެކި ގޮތްގޮތުން އޮތެވެ. ފިރުއައުނު ޣަރަގުވީއިރުވެސް އެމީހުން ސަލާމަތްވިއެވެ. އެ ދިގު ދަތުރުގައި އުޑުމަތި ބަނަކޮށް އޮތީ އަވީގެ ހޫނުން އެމީހުން ސަލާމަތްކުރުމަށެވެ.

ހިޖުރައިގެ ދިގު ދަތުރެއްގައި އެތައް ދުވަހެއް ހަނަފަސް ސަރަހާއެއްގެ މެދުގައި ހޭދަކުރުމަށްފަހު ފެނާ ކާބޯތަކެއްޗަށް ޖެހުނެވެ. ކަރުތެންމާލާނެ ގޮތެއް ބަނޑުފުރާނަ މުއްތިކުރާނެ ހަމައެއްވެސް ގޮތެއް ނެތިފައިވަނިކޮށް، މާތްﷲ އުޑުން މަންނާއާއި ސަލްވާ ފޮނުއްވިއެވެ. އެމީހުންނަށް ބަނޑު ފުރާކެވޭނެ ވަރަށެވެ. އޭގެ ކުރިން ދުވަހަކުވެސް އެމީހުންނަށް ފެނިފައި ނުވާ އެ ދޫނިތައް އެމީހުންނަށް އަލަށް ފެނުނީ ހައިރާންކުރުވަނިވި ގޮތަކަށެވެ.

މާތް ﷲގެ އަމުރުފުޅަށް މޫސާގެފާނު އެތަނުގައި އޮތް ގަލެއްގައި އަސާކޮޅުން ޖެއްސެވި ހިނދު އެ ގަލުގެ 12 ތަނުން އެމީހުންނަށް ފެން ލިބުނެވެ. މަންނާއާއި ސަލްވާއިން ބަނޑު ފުރާ ކެވިއްޖެއެވެ. އެމީހުން ބޭނުންވި ކަންކަން އެމީހުންނަށް ފުއްދިއްޖެއެވެ.

އެހިސާބުން އެވީ އަނެއްކާވެސް ކޮންމެވެސް އެހެން ވާހަކައެއް ފަށާށެވެ. އެ ކާބޯތަކެތިން ވެސް ހިތް ނުފުރުނެވެ. އިންސާނަކަށް ލިބޭނެ އެންމެ މޮޅު ކާނާގެ ބަދަލުގައި ދެން އެމީހުން އެދުނީ އާންމުކޮށްވެސް ލިބޭ ތަކެއްޗަށެވެ. ދަނޑުތަކުގައި ހެދޭ މޭވާއާއި ތަރުކާރީ އަށެވެ. ބަނޑު ފުރިއްޖެއެވެ. ކޮންމެހެން އެބުނާ އެއްޗެއްގެ ބޭނުމެއްވެސް ނެތެވެ. އެކަމަކު ހަމަ ގޮތް ދޫނުކުރުމެވެ. ހެޔޮ އެއްގޮތެއް ވެސް ނެތުމެވެ. ކޮންމެވެސް އެއްޗެކޭ ކިޔަން ބޭނުންވުމެވެ.

މިއެކޭ އަދުގެ ދިވެހިންނެކޭ ތަފާތެއް ކޮބާ ހެއްޔެވެ؟ މިދިޔަ އަހަރުގެ މާޗް މަހު ރިސޯޓަކުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ދުވަހުގެ ހަނދާން އާ ކޮށްލަމާ ހިނގާށެވެ. އެ ދުވަހުން ފެށިގެން މުޅި ސޯޝަލް މީޑިއާގައި ދެއްކި ވާހަކައަކީ ރާއްޖޭގެ ބޯޑަރު ބަންދުކުރާ ވާހަކައެވެ. ފަތުރުވެރިކަމަށް ބަރޯސާވާ މި ކުޑަކުޑަ ރާއްޖެ ދެން ތަހައްމަލްކުރަން ޖެހިދާނެ ދަތިހާލަކާ މެދު އެކަކު ވެސް ވިސްނާލީއެއް ނޫނެވެ. އެއްޗެކޭ ކިޔެން އޮތީތީ ކީއެވެ.

އެކަންވެސް ވިއެވެ. އޭޕްރިލް މަހު މާލެ ސަރަހައްދުން ކޮވިޑް-19 ފެނި މާލެ ލޮކްޑައުން ކުރުމަށް ފަހު ބޯޑަރުވެސް ބަންދުކުރީއެވެ. މުޅި ރާއްޖޭގެ އިންކަމް އެކީހެން ހުއްޓުނީއެވެ. ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވެއްޓުނީއެވެ. ބޮޑެތި ވިޔަފާރިވެރިންނާއި މަހުޖަނުންގެ ޖީބުގައި ވަކި ރުފިޔާއެއްވެސް ނެތި އެކީ ހުސްވީއެވެ.

މިކަމަށް ދެތިން މަސްވީއިރު ދެން ފެށީ ހުޅުވާ ނުލައިގެން ކުރަން ފެށި ޝަކުވާއެވެ. އަތް މަތި ހުސްވެ މުސާރަ ކުޑަވެ އަނބިދަރިން ނުބެލޭ ހިސާބަށް ދިޔައީމަ ކުރިން އެދުނު ކަންތައްމަތިން ހަނދާން ނެތުނީއެވެ. ގޭތެރޭގައި މާގިނަ ދުވަހު ލޮންޑައުންވީމަ މީހާ ނަފްސާނީވެސް ވީއެވެ. އެކަމަކު ނުވިސްނުނީ އޭރު ދުވާލަކު ފަންސާހަކަށް ކޭސް ފެނުނެއްކަމަކު މީހުން ނިކުމެ ފަތުރުވެރިންވެސް އަންނަން ފެށުމުން ދެން މުޅި ރާއްޖޭގެ އެތައް މިތަނުން ކޭސްތައް ގިނަވާނެ ކަމެވެ.

މި ޝަކުވާތަކަށްވެސް މާކަ ދުވަހެއް ނުވަނީސް ލޮކްޑައުންއިން ހުޅުވާލިއެވެ. އޮފީސްތަކާއި ވިޔަފާރިތައް ކޮންމެވެސް ވަރަކަށް ހިނގައިގަތެވެ. އެކަމަކު ކޭސްތައް އަރައިގެން ދިޔައީ އަތް ނުފޯރާފަށަށެވެ. މިކަންކަމުން ރައްކާތެރިވުމަށް މާސްކު އަޅަން މަޖުބޫރު ކުރުމުން އެވެސް ވީ މައްސަލައަކަށެވެ. އެކަމަކު ފެންނަން އޮތް އަދި މުޅި ދުނިޔެ ވެސް ގަބޫލުކުރާ ހަގީގަތަކީ އެކަން އެގޮތަށް ކުރުމަށް ވުރެ މި ބަލިން ރައްކާތެރިވެވޭނެ މޮޅު އިތުރު ގޮތެއް އޭރު ނެތް ކަމެވެ.

ކޭސްތަކުގެ އަދަދު 200އަށް ވުރެވެސް މައްޗަށް ދިޔައެވެ. ސަރުކާރުން ކާފިއު ގަޑިތައްވެސް އިއުލާންކުރި އެވެ. އާންމު ގޮތެއްގައި ކާފިއު ގަޑިއާ ދިމާވަނީ ރޭގަނޑު 12 ގެ ފަހެވެ. ދެން ސުވާލަކީ "ކޮވިޑް-19 އުޅެނީ ހަމައެކަނި ދަންވަރު ތޯ އެވެ" އެއަށް ވުރެ އަވަސް ގަޑިއަކަށް ކޮށްފި ނަމަ "މިއީ އަޅެ ޖެއްސުމެއްތޯ އެވެ" އެއްގަމު އުޅަނދު ނުދުއްވާ ވަކި ގަޑިއެއް ކަނޑައެޅީމަ "ކޮވިޑް-19 އުޅެނީ ސައިކަލު ފަހަތުގަ އެކަނިތޯ" އެވެ. މިއިން އެއްވެސް ކަމެއްގެ ހިކުމަތަކާމެދު ވިސްނުމެއް ނެތެވެ.

ދުވަސްތައް މިގޮތުގައި ގޮސް ކޭސްތަކުގެ އަދަދު ވަރަށްބޮޑަށް ދަށްވިއެވެ. ދެން ފެށީ ޓޫރިޒަމްއަށް ހުޅުވާ ނުލައިގެން އެވާހަކައެވެ. އެކަން ވެސް ސަރުކާރުން ކުރިއެވެ. ލޯކަލް ޓޫރިޒަމްއަށް ވެސް ހުޅުވާލީ ހުޅުވާ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުކޮށްފަ އެވެ. ދެން އެވެސްވީ މައްސަލައަކަށެވެ. ފަތުރުވެރިން ގެންނަން އެބަ ބޭނުންވެއެވެ. އެކަމަކު އެމީހުންނާއެކު އައިސްދާނެ ނުރައްކަލަކުން ސަލާމަތްވާކަށް ބޭނުމެއް ނުވެއެވެ. މިއަދު އެކަންވެސް ކޮށްދިނުމަށް ފަހު ރަށްރަށުން ކޭސްތައް ފެނުނީމަ އެ ޒިންމާވެސް މި އެޅެނީ ސަރުކާރު ބޮލުގައެވެ. ދެން އަންނަ ސުވާލަކީ މިވަރުން ހުޅުވާލީ ކީއްކުރަން ހެއްޔެވެ.

އެންމެ ބޮޑު މައްސަލައަކަށްވީ މާލެ ސަރަހައްދުގައި ސްކޫލްތައް ނުހުޅުވުމެވެ. ދަރިވަރުންގެ ދިރާސީ އެއްއަހަރުއެކީ ގެއްލި ގޮސް އަނެއް އަހަރަށްވާއިރުވެސް ސްކޫލުތައް ބަންދުވުމެވެ. ސަރުކާރުން ސްކޫލްތައްވެސް ހުޅުވައިދީފިއެވެ. ތެދެކެވެ. ކޮވިޑް-19އަކަށް އެއީ ޓީޗަރެއްތޯ ދަރިވަރެއްތޯ ވަކިކުރާކަށް ނޭނގޭނެއެވެ. އެކަމަކު ސްކޫލްތަކުން ބަލި ފެނުނު ހިސާބުން ދެން ވެސް ގޯސްވީ ސްކޫލު ހުޅުވި މީހެކެވެ.

މިހެން ތިއްބާ ދުނިޔޭގެ އެކި ހިސާބުތަކުން ވެކްސިން އުފައްދާ ވެކްސިން ޖަހަން ފަށައިފިއެވެ. އެއްކަލަ ދިވެހިންތައް ވެކްސިން ބޭނުންވެގެން ތެޅިގަނެއްޖެއެވެ. ބޭނުންވަނީވެސް މުއްސަނދި ގައުމުންތަކުން ޖަހާ މޮޅު ވެކްސިނެވެ. ބޭސް ފިހާރައަށް ވަނީމަ ބައެއް ފަހަރު ބުނާތީ އިވޭނެއެވެ. "ދައްތާ މިބޭސް އެބަހުރި އެކަމަކު މި ބްރޭންޑެއް ނެތް އެހެން ބްރޭންޑަކުން ހުރީ" ހަމަ މި ބީދައިން "މޮޅު ވެކްސިން" ގެ ފޯމިއުލާގައި އިންޑިއާއިން ތައްޔާރު ކުރި ކޮވިޝީލްޑް ވެކްސިން ޖަހާކަށް ބޭނުމެއް ނުވިއެވެ. ބަޔަކު ހިލޭ ދިން އެއްޗަކަށްވީމަ ކަމެއް ނޫނީ ހެޔޮ އެއްގޮތެއް ވެސް ނެތީމަ ކަމެއް ނޭނގުނެވެ. އެންމެ ފަހުން ވެކްސިން ވެސްވީ ގޯހަކަށެވެ. މާދަމާ އެ މޮޅު ވެކްސިން ގެނައިމަ ވަކި އެ ރަނގަޅުވާނެ ހެއްޔެވެ. މިވީހާ ދުވަހު އެކައްޗެއްވެސް ރަނގަޅު ނުވި ބަޔަކަށް އެ ވަކި ރަނގަޅުވާނެކަމުގެ އޮތީ ކޮން ޔަގީންކަމެއް ހެއްުޔެވެ.

ދެން އަޅެ ދިވެހިންނަށް ހަދައިދޭންވީ ކިހިނެތް ހެއްޔެވެ؟ އަޅައިދޭންވީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ކޮށްދޭ ކޮންމެ ކަމަކުން އެކަމުގެ ފައިދާ ދިވެހިންނަށް ލިބެއެވެ. ލިބޭކަން އެނގެން ވެސް އެނގެއެވެ. އެކަމަކު ހުރިހާ މޮޅެއް އެބަ ބޭނުންވެއެވެ. މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތާފާތެއް ކޮބާހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ އެކަށީގެންވާ ފަރާތްތައް އަންގައި ދިނުމަށް ކޮމިޓީ ރިޕޯޓްގައި މިހާރު އޮންނަނީ "ހައިލީ ރިކޮމެންޑެޑް" އާއި "ރިކޮމެންޑެޑް"

އެންމެ އެކަށީގެންވާ ފަރާތްތައް އަންގައި ދިނުމަށް ކޮމިޓީ ރިޕޯޓްގައި މިހާރު އޮންނަނީ "ހައިލީ ރިކޮމެންޑެޑް" އާއި "ރިކޮމެންޑެޑް"

19 އޮކްޓޯބަރު 2020
ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

24 ފެބުރުއަރީ 2020
އެމްޑީއެންގެ ރިޕޯޓް: ދަނޑިވަޅަކަށް އިންތިޒާރުކޮށްގެން ތިބި ފަރާތްތަކަށް ލިބުނު ފުރުސަތެއް!

އެމްޑީއެންގެ ރިޕޯޓް: ދަނޑިވަޅަކަށް އިންތިޒާރުކޮށްގެން ތިބި ފަރާތްތަކަށް ލިބުނު ފުރުސަތެއް!

20 އޮކްޓޯބަރު 2019
ތަހުޤީޤް ރިޕޯޓް އާންމުކުރުމަކީ ގޯހެއް!

ތަހުޤީޤް ރިޕޯޓް އާންމުކުރުމަކީ ގޯހެއް!

08 ސެޕްޓެމްބަރު 2019
ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

ޖިންސީ ގޯނާ ރިޕޯޓް ކުރުމުން ރޯކޮށްލީ!

20 އެޕްރީލު 2019

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު