Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފަލަސްތީން ސްކާފް އާއި ހިތްޕެވި ކޮފީ އާއި މަނާ ނުކުރެވުނު އިޒްރޭލް ޕާސްޕޯޓް

ފަލަސްތީނުގެ ކުފިއްޔާ ސްކާފް އަޅުއްވައިގެން ރައީސް މުއިއްޒު މަހުމޫދު އައްބާސް އާއި ބައްދަލުކުރައްވީ ހަމައެނަކި ފޮޓޯ އަށް ޓަކައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2024 | އަންގާރަ 11:29
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ފަލަސްތީނު މައްސަލައިގައި ދައްކަވާ މަންޒަރާ ކަންކުރައްވާ ގޮތް ދިމަލެއް ނުވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ފަލަސްތީނު މައްސަލައިގައި ދައްކަވާ މަންޒަރާ ކަންކުރައްވާ ގޮތް ދިމަލެއް ނުވޭ

ކިތައްމެ ވަރަކަށް ދޮން ކުރިއަސް ދުނބުރި އެއް އަނބަކަށް ނުވާނެއެވެ. ހިތި ކަނދޫ ވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިއަސް އޭގައި އަޅާ އެއްޗެއް ފޮންޏެއް ނުވާނެއެވެ. ދައްކާ ވާހަކައަކުން އުޅޭ ގޮތަކުން މީހެއްގެ ހުރި ސިފައެއް ބަދަލެއް ނުވާނެއެވެ. މިހެން ގޮސް ކިތައްމެ މިސާލެއް ލިޔެވިދާނެއެވެ. ދިގު ކުރާކަށް ލިޔާނެ ކަމެއް ނެތެއް ނޫންތޯއެވެ. ސިދާ ޕޮއިންޓަށް ދަމާތޯއެވެ.

ރައީސް މުއިއްޒުގެ ދެފުށް ދެގޮތް ކަމާއި ދެއްކުންތެރިކަމުގެ ވާހަކަ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މަޝްހޫރު ވާހަކަ އެކެވެ. ދެ މީހަކު ދިމާވިއަސް ދެ ފަތް ކޭއްތެލިއަސް އެންމެ ގިނައިން އިވޭ އެއްވާހަކައަކީ އެއީ ނޫންތޯއެވެ. މީހުން ވާހަކަ ދައްކަނީ ދައްކަން ވެގެންނެވެ. ނުދައްކާ ނުވެގެންނެވެ. ސަރުކާރުން ދުލުގައި ހިފައިގެން ދަމާތީއެވެ.

ރައީސް މުއިއްޒު އދ. ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދައްކާ ވާހަކަފުޅުތަކުންނާއި، އުޅުއްވާ ގޮތްކޮޅުތަކުން މީހަކަށް އެއްޗެކޭ ނުބުނެ ހުރެވޭ ވަރެއް ވެސް ނޫނެއް ނޫންތޯއެވެ. އެންމެ ފަހުން އެއޮތް ކުރެއްވި ކަމެއް ބައްލަވާށެވެ. ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވި އިރު ހުންނެވީ ކަރުފުޅުގައި ކުފިއްޔާ ސްކާފް އަޅުއްވައިގެންނެވެ. އެއީ ފަލަސްތީނު ރަމްޒުކޮށްދޭ ނިޝާނެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ހުންނެވީ ވަރަށް ބޮޑަށް ހިނިފުޅުވެސް އައިސްފައެވެ. ހީވަނީ މާގާތް މީހަކާ ބައްދަލުވީހެންނެވެ. ވިދާޅުވާ ކަހަލައެވެ. ފަލަސްތިނުގެ ހައްގުގައި ތިމަން މަނިކުފާނަށްވުރެ ވަކިން ބޮޑަށް ތެދުވެ ހުރި މީހަކުން ނުހުންނާނެއެވެ. ވިދާޅުވީ ވެސް އެހެންނެވެ. މަހުމޫދު އައްބާސް ކައިރީގައި ވިދާޅުވާތީ އިވުނީ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން ހުންނެވީ ތައްޔާރަށެވެ. ހިތައް އެރިއެވެ. މި ދެން ތަންފުކެއް ބޮޑުވަރެއް ނޫންތޯއެވެ. މަހުމޫދު އައްބާސް އާއި ބައްދަލު ކުރެއްވި އިރު މި ސްކާފް އެޅުއްވުމުގެ ބަދަލުގައި އީޔޫގެ ވެރިޔާ އާއި ބައްދަލު ކުރެއްވި އިރު އެ ސްކާފް އަޅުއްވައިގެން ބައްދަލު ކުރައްވަން ކެރިވަޑައި ނުގަތީ ކީއްވެ ބާއެވެ. އދ ގެ އެކި އެކި ސައިޑް އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އިރު ފަލަސްތީނުގެ ރައްޔިތުންނާ އެކު ހުންނެވި ކަން ރަމްޒުކޮށްދޭން އެ ސްކާފް ނޭޅުއްވީ ކީއްވެ ބާވައެވެ. ފަލަސްތީނުގެ ރައީސް އާއި ބައްދަލު ކުރެއްވުމަށްފަހު ނުކުމެވަޑައިގެން ދެއްވި އިންޓަރވިއުގައި އިޒްރޭލްގެ ނަންވެސް ވިދާޅުވާން ކެރިވަޑައި ނުގަތީ ކީއްވެބާވައެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގަނީ ގަތުލްއާއްމެކޭ ވިދާޅުވާން ކެރިވަޑައި ނުގަތީ ކީއްވެބާވައެވެ. ޖެނެސައިޑް މި ލަފްޒު ވެސް ބޭނުންކޮށްލަން ކެރިވަޑައި ނުގަތީ ކީއްވެބާވައެވެ.

ކުފިއްޔާ ސްކާފް އަޅުއްވައިގެން މުޅި ސޯޝިއަލް މީޑިއާގައި އެ ފޮޓޯ ދައުރުކުރާއިރު އަދި ފަލަސްތީނާއެކު ހުންނެވިކަން ދެއްކެވުމަށް އެކި ކަންކަން ކުރައްވަމުން ގެންދަވާއިރު، އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލް އަމިއްލަފުޅު ސުޕަރ މެޖޯރިޓީ އޮތް ކޮމިޓީއެއްގައި އޮންނަތާ 100 ދުވަހަށްވުރެ ގިނަ ވެއްޖެކަން އެހެން މީހުންނަށް ނޭނގޭނެއޭ ހީފުޅުވަނީ ހެއްޔެވެ. ފަލަސްތީނުގެ ހައްގުގައި ވަކަލާތު ކުރި 2 އަންހެނެއްގެ އަބުރު ނަގާލާ ހައްޔަރުކޮށް ޖަލަށްލާ ހެއްދެވި އިހާނެތި ގޮތް ބައެއްގެ ހަދާނުން ފިލާ ގޮސްފާނެ އޭ ހީވަނީތޯއެވެ. އދ އަށް ކުރެއްވި ދަތުރުފުޅުގައި ކޮށްލެއްވި ޓްރާންސިޓްގައި ހިތްޕަވައިގެން އިސްތިހާރު ކުރައްވަމުން ގެންދެވި ކޮސްޓާ ކޮފީތަށި އެއީ ފަލަސްތީނު ރައްޔިތުންގެ މޫނުގައި ޖެއްސެވުނު ތަފާއްޔެއްކަން ބަޔަކަށް ނޭނގޭނެ އޭ ހިފުޅުވަނީތޯއެވެ. ކަން އޮތީ މިހެން ކަމުގައިވާނަމަ ކުފިއްޔާ ސްކާފް ކަރުފުޅުގައި އަޅުއްވައިގެން އާދަޔާ ޚިލާފު ހިނުފުޅެއް އައިސް ހުންނަވައިގެން މަހުމޫދު އައްބާސް އާއި ބައްދަލު ކުރެއްވުމަކުން ހަގީގަތް އަދި ބަދަލެއް ނުވާނެއެވެ. މީހުން ބުނަނީ ރަނގަޅަށެވެ. މިއީ ހަމަ ދެ ފުށް ދެގޮތްކަމާ ކަންދެއްކެވުން ނޫން އެހެން ދެން ކޮން އެއްޗެއްތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު