Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ޙިލާލް

ސައުދީ ލީގުގައި ދެމި ހުރުމާ މެދު ނޭމާ ވަކި ގޮތެއް ނުނިންމާ

18 ޖެނުއަރީ 2025 | ހޮނިހިރު 05:44

އެއްބަަސްވުމުގައި ބާކީ ހަ މަސް ދުވަސް އޮތްއިރު، އެ މުއްދަތުގައި ވެސް ކޮންމެ ފަދަ ގޮތަަކަށް ވެސް ކަންތައް ވެދާނެ ކަމަށް ނޭމާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2025 | ހޮނިހިރު 05:44
އަލް ޙިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ

އަލް ޙިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ

ސައުދީ ޕްރޯ ލީގުގައި ދެމި ހުރުމާއެކު މިހާތަނަށް ވަކި ނިންމުމެއް ނުނިންމާ ކަމަށް، އަލް ޙިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ ޖޫނިއާ ބުނެފި އެވެ.

ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު، ނޭމާ އަލް ޙިލާލަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު ނޭމާ ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ހިނގާ 2025 ވަނަ އަހަރުގެ އޯގަސްޓު މަހަށެވެ.

އަލް ޙިލާލަށް ބަދަލުވީ ފަހުން ނޭމާ އަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިހާތަނަށް އަލް ޙިލާލްގައި ނޭމާ ކުޅެފައި ވަނީ ވެސް އެންމެ ހަތް މެޗެވެ. މިހާރު ކުރިއަށްދާ ސައުދީ ޕްރޯ ލީގުގެ ދެ ވަނަ ހާފަށް ނޭމާ ރަޖިސްޓްރީ ނުކުރަން ވެސް އެ ކުލަބުން މިހާރު ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަލް ޙިލާލްގެ ކޯޗު ޖޯޖް ޖީސުސް ބުނީ، ލީގުގެ ދެ ވަނަ ބުރަށް ނޭމާ ރަޖިސްޓްރީ ނުކުރާނެ ކަމަށެވެ. ނަަމަވެސް އޭޝިއަން ޗެމްޕިއަންސް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ނޭމާ އަށް އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ނޭމާ އަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ކުޅުންތެރިޔަކަށްވީ ނަމަވެސް، މިހާރު އެންމެ މަތީ ފަންތީގައި ވާދަކުރެވޭ ވަރަށް ޖިސްމާނީ ގޮތުން ނޭމާ ފިޓު ނޫން ކަމަށް އޭނާ ބުންޏެވެ.

ނޭމާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އުފެދިފައި ވަނިކޮށް، މިފަހުން ނޭމާ ދިން އިންޓަވިޔުއެއްގައި އޭނާ ބުނީ ސައުދީ ލީގުން އޭނާ އަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ. އަލް ޙިލާލާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން ހަމަވުމުން، ސައުދީ ލީގުގައި ދެމި ހުރުމާ މެދު ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް ވެސް ނޭމާ ވަނީ ބުނެފަ އެވެ. އެއްބަަސްވުމުގައި ބާކީ ހަ މަސް ދުވަސް އޮތްއިރު، އެ މުއްދަތުގައި ވެސް ކޮންމެ ފަދަ ގޮތަަކަށް ވެސް ކަންތައް ވެދާނެ ކަމަށް ނޭމާ ބުންޏެވެ.

އަނިޔާގެ ސަބަބުން އަލް ޙިލާލްގައި ނޭމާ އަށް އެކަށީގެންވާ މިންވަރަަކަށް ނުކުޅެވޭތީ، ކުލަބުން ވެސް ބޭނުން ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނޭމާ ދޫކޮށްލަން ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
02 އެޕްރީލު 2017

މޭޖަރލީގުގައި ޝްވައިންސްޓައިގާގެ ފުރަތަމަ މެޗު ލަނޑަކާއެކު

02 އެޕްރީލު 2017
މޭޖަރލީގުގައި ޝްވައިންސްޓައިގާގެ ފުރަތަމަ މެޗު ލަނޑަކާއެކު
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް