Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ގަދަބަސް ބުނެ ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭނެކަމަށް ދެއްކި ވާހަކަ މިދިޔައީ ޗޮކުން

15 ޖެނުއަރީ 2025 | ބުދަ 14:32

ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމުތަކަށް، ޔޫ.އޭ.އީ. އަށާއި، ތައިލެންޑަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް އަހަރެއް ވެގެން ދިޔައިރު އެކަން އެގޮތުގައި ނުފުއްދުނެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ޖެނުއަރީ 2025 | ބުދަ 14:32
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ތައިލޭންޑާއި ޔޫއޭއީ އިން އާސަންދަ ހަމަނުޖެހޭ

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ތައިލޭންޑާއި ޔޫއޭއީ އިން އާސަންދަ ހަމަނުޖެހޭ

ރާއްޖެއިން ބޭސްފަރުވާ ހޯދަން ބަލާއިރު ބައެއް ކަންކަމުގައި އެކަންކަން ނުވެ އޮންނަނީ ބޭރަށްދާންޖެހިފައެވެ. އާސަންދައިގެ ހަރަދުތަކަށް ބަލާއިރު ބޮޑު ބައެއް ހޭދަކުރަންޖެހެނީ ބޭރުގައުމުތަކުން ދިވެހިން ހޯދާ ބޭސްފަރުވާއަށެވެ. ދެން ބޭހަށެވެ. ނަމަވެސް އިންޑިއާ ލަންކާއަށްވުރެ ރަނގަޅު ފަރުވާ ދުނިޔޭގެ އެހެން ގައުމުތަކުން ލިބޭތީ ދިވެހިން ތިބީ އެފަދަ ދުވަހެއް ފެންނާނެކަމުގެ އުއްމީދުގައެވެ.

އެ އުއްމީދުގައި ކުލަޖައްސަވަން ފެއްޓެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނު މިކަން ކުރައްވަން ނިންމެވީ ދިވެހިންނަށް މޮޅު ފަރުވާއެއް ހޯދައިދެއްވާނެކަމުގެ ވިސްނުންފުޅެއްގައެއް ނޫނެނެވެ. ނަމަވެސް އެކަން ކުރައްވަން ނިންމެވީ އެއިރު ދައްކަމުން ދިޔަ "ގައްޑާ" ކަން ދުނިޔެއަށް ދައްކާ، އިންޑިއާ ނޫން ގޮތެއް ހޯދުމަށެވެ. އެމަނިކުފާނު ވިދާޅުވާ ކަންކަން އާހިރުގައި ނިމިގެންދަނީ ވިދާޅުވާ ގޮތާ މުޅިން އިދިކޮޅަށެވެ.

އިންޑިއާއަށް ރަތްމަހަށް ނުގޮވާވަރަށް ގޮވާ، އިންޑިއާއަކީ ބޮޑު "ބުލީ" އެއްކަމަށް ވަކާލާތުކޮށް ވިދާޅުވީ އިންޑިއާ ނޫން ގޮތެއް ހޯދަންޖެހޭ ކަމަށެވެ. ނެތް ފެންވަރު ދައްކަވަން ވެގެން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ވަޑައިގެން އެއްވެސް ޕްލޭނެއް ހިޔާލެއް ފިކުރެއް ނެތީސް އެމަނިކުފާނަށް ހިތަށް އެރި ގޮތަކަށް އެ ދެއްކެވި ވާހަކަފުޅެއް ދައްކަވާ ނިންމަވާލެއްވީއެވެ.

އެ ދުވަހު ވިދާޅުވީ މިހެންނެވެ.

ވަރަށް ވެސް އުއްމީދީ ވާހަކައެކެވެ. އިންޑިއާ ލަންކާއަށް ބަލާއިރު ތައިލެންޑް އަދި ޔޫއޭއީ އަކީ ބޭސްވެރިކަމުގައި ކުރިއަރާފައިވާ އަދި މޮޅު ފަރުވާ ލިބޭނެ ތަނެކެވެ. ނަމަވެސް އުއްމީދު ދިޔައީ ފެނަށެވެ. އެއް އަހަރަށްވުރެ ގިނަ ދުވަސްވެ އެންމެ ފަހުން އާހިރުގައި އެއްކަލަ އިންޑިއާ ނޫން ގޮތެއްވެސް ނުހޯދުނެވެ. ތައިލޭންޑާއި ޔޫއޭއިން ފަރުވާ ލިބޭނެކަމަށް އުއްމީދުކޮށް ރައީސްގެ ވާހަކައިގެ ހެއްލުނު އާންމު ރައްޔިތުން މިއަދު ތިބީ ބުނާނެއެއްޗެއް ނޭނގިފައެވެ.

އާސަންދައިން މިކަން ބޮޑުކަމަކަށް ނިންމާ ބޮޑު ބަޔާނެއް ނެރުނު އިރު ކަމަކުދާކަށް ނެތެވެ. ތައިލޭންޑާއި ޔޫއޭއިން ފަރުވާ ލިބޭނީ ދެ ބަޔަކަށެވެ. އެއްއަހަރު ދުވަސްވަންދެން ކުރި މަސައްކަތުން ކުރެވުނީ މިވަރެވެ. ބޭސްފަރުވާއަށް ބަލާއިރު ރަނގަޅު ކަންތަކެއްވެސް އެބަހުއްޓެވެ. ނަމަވެސް ރައީސްގެ ވައުދުފުޅަށް މިވީ ކިހިނެއް ހެއްޔެވެ.

"ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެންގެ އާސަންދައަކީ، ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމުތަކަށް، ޔޫ.އޭ.އީ. އަށާއި، ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރުމަށް" ކަމަށް ވިދާޅުވި ވިދާޅުވުމަށް މިވީ ކިހިނެއް ހެއްޔެވެ.

އާސަންދައިން ބުނެފައިވަނީ ތައިލޭންޑާއި ޔޫއޭއިން އާސަންދަ ލިބޭނީ ކިޑްނީ ބަދަލުކުރުމަށާއި، އިންޑިއާ ލަންކާއިން ފަރުވާ ހޯދާ ކުރިއެރުން ނުލިބޭ ފަރާތްތަކަށް އެކަނި ކަމަށެވެ. އާސަންދައިގެ ބަޔާނުގައި ބުނެފައިވަނީ ތައިލެންޑް އަދި ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން ބުދަ ދުވަހުން ފެށިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދޭގޮތަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ނަމަވެސް ތައިލޭންޑް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އާސަންދަ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފަރ ކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ"އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށެވެ.

ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިއާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފަރ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް އާސަންދައިން ބުނެއެވެ.

ކިޑްނީ ބަލީގެ މީހުންނަށް މިފަދަ ފަރުވާއެއް ލިބޭތީ މިކަމަށް ޝުކުރު ހައްގެވެ. އަދި ރަނގަޅުނުވެ ގިނަ ދުވަސްވެގެން އެހެން ގޮތެއް ހޯދުމަށް ވެސް ފުރުސަތު ލިބުން ރަނގަޅެކެވެ. ކިތައްމެހާވެސް ރަނގަޅެވެ.

ނަމަވެސް އެކަމަޑޭޝަނާއި އެކްސްޕެންސް ނުވަތަ ހަރަދުތައް ކުރާނެ ގޮތަކާއި އުސޫލެއްވެސް ބަޔަކަށް ނޭނގެއެވެ. ނަމެއްގައި ކަމެއް ކުރިކަމަށް ކަންކޮށްނިންމާލީއެވެ. ވައުދުގެ ބައިކުޅަ ބައި ފުއްދާލާ އެ ހުންނަނީ އަތުން ހަންދާވަރަށް އަތްޖަހާށެވެ.

ނަމަވެސް މިއީ ރައީސް ވައުދުވެވަޑައިގެންނެވި ގޮތެއްވެސް ނޫނެނެވެ. އަދި މިއީކީ އެއްކަލަ އިންޑިއާ ނޫން ގޯތެއް ހޯދުމަށް ތެޅީގަތް ބޮޑީގައި އަޅުވާލި އަދުނެކެވެ. ތައިލެންޑާއި ޔޫއޭއީއިން އާސަންދަ ލިބި ބޭހަށް ދެވޭނެކަމަށް ފޮށި ބަނދެގެން ތިބި މީހުންނަށް ލިބުނީ ކޮންފަދަ ބޮޑު ދޯކާއެއްހެއްޔެވެ. ރައީސަކު ވިޔަސް މިވަރަށް ދޮގު ހަދައިގެން ނުވާނެއެވެ. މި ނޫން ކަމެއް މި ސަރުކާރުން ނުކުރެއެވެ. އިންޑިއާ އައުޓަކަސް، އިންޑިއާ ސިފައިންގެ ބަޔަކަށް، ވައްކަންކުރާ ވަޒީރުންނާއި އެމްޑީންނައި ސިޔާސީ މީހަކަސް ކަންކަން ހިނގަނީ މި މޭރުމުންނެވެ. މަކަރާއި އޮޅުވާލުމުގެ ތެރެއިންނެވެ.

އެއްއަހަރަށްފަހު ސަރުކާރުން ދިން ސަޕްރައިޒް ވަރަށްވެސް ފުރިހަމައެވެ. މީގެ ފައިދާ އޮތީ ސިޔާސީ ވެރިންނަށެވެ. ވަޒީރުންނާއި، އެމްޑީންނާއި މެންބަރުންނަށެވެ. ރައްޔިތު މީހާ އަދިވެސް ޖެހޭނީ ނާށިގަނޑު ހިފައިގެން ސަލާންޖަހާށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2019

މަޖިލިސްގެ ގޮނޑިތައް ހޯދުމަށް ކުރާ ދަތުރު: އެތައް ވާހަކައެއް ބުނެދޭ

16 މާރިޗު 2019
މަޖިލިސްގެ ގޮނޑިތައް ހޯދުމަށް ކުރާ ދަތުރު: އެތައް ވާހަކައެއް ބުނެދޭ
15 ފެބުރުއަރީ 2019

ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!

15 ފެބުރުއަރީ 2019
ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
30 ޖެނުއަރީ 2019

އިންތިހާބަށް 66 ދުވަސް: ކެންޑިޑޭޓުން ދައްކައި، ސިޔާސަތުތައް ބުނެދިނީ އެމްޑީޕީ އެކަނި

30 ޖެނުއަރީ 2019
އިންތިހާބަށް 66 ދުވަސް: ކެންޑިޑޭޓުން ދައްކައި، ސިޔާސަތުތައް ބުނެދިނީ އެމްޑީޕީ އެކަނި
24 ޖެނުއަރީ 2018

ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

24 ޖެނުއަރީ 2018
ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!
10 ޑިސެމްބަރު 2017

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި
17 އޮކްޓޯބަރު 2017

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!
27 އޯގަސްޓު 2017

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"
10 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!
09 މެއި 2017

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

09 މެއި 2017
ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް
07 މެއި 2017

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް