Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ ހިދުމަތް

ތައިލޭންޑާއި ޔޫއޭއިން އާސަންދަ އަދި ލިބޭނީ ކިޑްނީ ބަދަލުކުރުމަށާއި، އިންޑިއާ ލަންކާއިން ފަރުވާ ހޯދާ ކުރިއެރުން ނުލިބޭ ފަރާތްތަކަށް އެކަނި - އާސަންދަ

15 ޖެނުއަރީ 2025 | ބުދަ 08:15

ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ" އެއް ނުލިބޭ މީހުންނަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ޖެނުއަރީ 2025 | ބުދަ 08:15
ރައީސް ވިދާޅުވި ގޮތަށް ތައިލޭންޑާއި ޔޫއޭއިން އާސަންދަ ހަމައެއް ނުޖެހޭ

ރައީސް ވިދާޅުވި ގޮތަށް ތައިލޭންޑާއި ޔޫއޭއިން އާސަންދަ ހަމައެއް ނުޖެހޭ

ތައިލޭންޑާއި ޔޫއޭއިން އާސަންދަ ލިބޭނީ ކިޑްނީ ބަދަލުކުރުމަށާއި، އިންޑިއާ ލަންކާއިން ފަރުވާ ހޯދާ ކުރިއެރުން ނުލިބޭ ފަރާތްތަކަށް އެކަނި ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން މިފަދައިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ތައިލެންޑް އަދި ޔޫއޭއިން ދިވެހިންނަށް އާސަންދަ ހަމަޖައްސައިދިނުމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައެވެ.

Advertisement - newsAdvertisement

އާސަންދައިގެ ބަޔާނުގައި ބުނެފައިވަނީ ތައިލެންޑް އަދި ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން ބުދަ ދުވަހުން ފެށިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދޭގޮތަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015/R-19) ގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ. 

ނަމަވެސް ތައިލޭންޑް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އާސަންދަ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފަރ ކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ"އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށެވެ. އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުޞޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޯނަރ" އަކަށްވުން އެ ޤައުމުތަކުގެ ޤާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތަކެވެ. އާސަންދަ ސްކީމަށް އިތުރުކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ މަގުފަހިވެގެންދާނެއެވެ.

ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިއާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފަރ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް އާސަންދައިން ބުނެއެވެ.

ޔޫއޭއީ އަދި ތައިލެންޑަށް އާސަންދަ ސްކީމުގެ ޚިދުމަތް ފުޅާވެގެންދާއިރު މި ދެންނެވި ދެ ބަޔަށް އިސްކަންދިނުމާއެކު، ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ޚިދުމަތް ފުޅާކުރާނެކަމަށް ވެސް އާސަންދައިން ބުނެއެވެ.

އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްއެދި ހުށަހަޅާނީ މިހާރުވެސް ޚިދުމަތަށްއެދޭ ގޮތަށެވެ. އެގޮތުންއާސަންދަ މޯބައިލް އެޕުންނާއިމައި އާސަންދަ ޕޯޓަލުންއޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ދިވެހިންނަށް އިންޑިއާއަށް ބަރޯސާ ނުވެ އާސަންދަ ތައިލޭންޑާއި ޔޫއޭއިން ލިބޭނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ހިދުމަތް ފެށި އިރު ރައީސް ވައުދުވެވަޑައިގެންނެވި ގޮތަކަށް އެކަންކަމެއް ހަމަނުޖުހި ވަކި ކަންކަމަކަށް ހިދުމަތްލިބޭ ގޮތަށް ވަނީ ހަދާފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން އިންޑިއާއަށް ބަހުގެ ހަމަލާތައް ދެއްވާ ރައީސް އެދުވަހު ވިދާޅުވެފައިވަނީ "މިހާރު އަޅުގަނޑުމެން ގަސްތުކުރަނީ، އަދި ނިންމާފައިވާނީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެންގެ އާސަންދައަކީ، ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމުތަކަށް، ޔޫ.އޭ.އީ. އަށާއި، ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރުމަށް" ކަމަށެވެ.

މީގެ އިތުރުން ތައިލޭންޑް އަދި ޔޫއޭއީއަށް ދާ ފަރާތްތަކަށް އެތަނުގެ އެކޮމޮޑޭޝަން އެކްސްޕެންސަސް އޭގައި ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 މެއި 2017

އާސަންދައިގެ އެމްޑީ މައުމޫނު މަގާމުން ދުރުކުރިކަމުގެ އަޑުތައް ފެތުރިއްޖެ

25 މެއި 2017
އާސަންދައިގެ އެމްޑީ މައުމޫނު މަގާމުން ދުރުކުރިކަމުގެ އަޑުތައް ފެތުރިއްޖެ
19 މެއި 2017

އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް

19 މެއި 2017
އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް
12 މެއި 2017

އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި

12 މެއި 2017
އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި
11 މެއި 2017

އާސަންދަ ހިދުމަތް އަދިވެސް އޭޑީކޭއިން ނުލިބޭ!

11 މެއި 2017
އާސަންދަ ހިދުމަތް އަދިވެސް އޭޑީކޭއިން ނުލިބޭ!
09 މެއި 2017

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
08 މެއި 2017

ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ

08 މެއި 2017
ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ
08 މެއި 2017

ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި

08 މެއި 2017
ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި
07 މެއި 2017

ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

07 މެއި 2017
ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި
07 މެއި 2017

ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލައިފި

07 މެއި 2017
 ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އާސަންދަ ކަނޑާލައިފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް