Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަނަވަރު އެކްސިޑެންޓް

ސިންގަޕޫރު ކައިރިން އެމެރިކާގެ މަނަވަރެއް ޓޭންކަރެއްގައި ޖެހި 10 މީހުން ގެއްލި އެތައް ބަޔަކު ޒަޚަމްވެއްޖެ

އެކްސިޑެންޓް ހިނގީ ސިންގަޕޫރު ބަނދަރަށް މަަނަވަރު ވަންނަން އުޅެނިކޮށް

ރާއްޖެ އެމްވީ | 21 އޯގަސްޓު 2017 | ހޯމަ 04:22
ޔޫއެސް ޑިސްޓްރޯޔަރ ޓޭންކަރެއްގައި ޖެހި އެކްސިޑެންޓްވި ހާދިސާގައި މަނަވަރަށް ގެއްލުންވި

ޔޫއެސް ޑިސްޓްރޯޔަރ ޓޭންކަރެއްގައި ޖެހި އެކްސިޑެންޓްވި ހާދިސާގައި މަނަވަރަށް ގެއްލުންވި

އެމެރިކާގެ މަނަވަރެއް ސިންގަޕޫރު ބޭރުން ޓޭންކަރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ދިހަ މީހުން ގެއްލި، އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.

އެކްސިޑެންޓްގައި މަނަވަރަށްވަނީ ގެއްލުން ލިބިފައެވެ.

މިއީ މި އަަހަރުގެ މިހާތަނަށް އެމެރިކާގެ މަނަވަރުތަކަށް ކުރިމަތިވި ހަތަރުވަނަ އެކްސިޑެންޓެވެ.

މިސައިލް ހަލާކު ކޮށްލުމަށް ޚާއްސަ ކޮށްފައިވާ ޔޫ.އެސް.އެސް ޖޯން އެސް. މެކެއިން އެކްސިޑެންޓްވީ، އެލްނިކް އެމް.ސީ ނަމަކަށް ކިޔާ ތެލާއި، ކެމިކަލް އުފުލާ ލައިބީރިއާގައި ރަޖިސްޓްރީ ކޮށްފައިވާ ޓޭންކަރުގައި ޖެހިއެވެ.

މި ހާދިސާގައި 10 މީހުން ގެއްލުމުގެ އިތުރުން 5 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެމެރިކާގެ ނޭވީން ހާމަ ކޮށްފައިވެއެވެ.

މީހުން ސާލާމަތް ކުރުމާއި ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރާއި، ޓަގްބޯޓާއި، ކޯސްޓްގާޑް އުޅަނދުފަހަރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

ހާދިސާ ހިނގީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަނަވަރު ސިންގަޕޫރުގެ ބަނދަރަށް ވަންނަން ދަނިކޮށްނެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދަކީ ފާއިތުވި ދިހަ އަހަރަށް ބަލާއިރު ގިނަ އެކްސިޑެންޓް ތަކެއް ހިނގާފައިވާ ސަރަހައްދެއްކަން ފާހަގަ ކުރެވެއެވެ.

ޔޫ.އެސް.އެސް ޖޯން އެސް. މެކެއިން އަކީ އެމެރިކާގެ ސެވަންތް ފްލީޓްގައި ހިމެނޭ މަނަވަރަކެވެ. މަނަވަރު ހަރަކާތްތެރިވާ މަރުކަޒަކީ ޖަޕާންގެ ޔޮކުސުކާއެވެ.

އެކްސިޓެންޑްގައި ޓޭންކަރަށްވެސް ގެއްލުނު ލިބުނެވެ. ނަމަވެސް ޓޭންކަރުން ތެޔޮ ބޭރުވެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު