Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މެމްބަރު ފިއްޓޭ ވެސް ވަގަށް ޕީއެންސީ އަށް ވައްދައިފި

13 ޖެނުއަރީ 2025 | ހޯމަ 06:58

ޕީއެންސީ އަށް ފިއްޓޭ ވައްދާފައިވާކަން ހާމަވީ ހޯމަ ދުވަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 13 ޖެނުއަރީ 2025 | ހޯމަ 06:58
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ)، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގު ފޯމު ފުރައިގެން ވައްދައިފި އެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ މިކަން އެންމެ ފުރަތަމަ އެނގުނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފިއްޓޭ ވިދާޅުވީ އޭނާ ނިސްބަތްވާ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުކުރި މައްސަލަ އިލެކްޝަންސް މޮކިޝަނަށް ހުށައެޅުމުން އެކަން ބަލާ ހައްލުކޮށްދޭނެ ކަމުގައިވެސް ވިދާޅުވި ކަމަށާއި ނަމަވެސް އަދިވެސް އެކަން ހައްލުކޮށް ނުދޭކަމަށެވެ.

ފިއްޓޭ ވިދާޅުވީ އޭނާގެ އިތުރުން ދާއިރާގެ ގިނަ ރައްޔިތުންވެސް ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ.

ފިއްޓޭ ވިދާޅުވީ، އޭނާގެ މައުލޫމާތުން ވައްކަން ކޮށް ޕީއެންސީގައި ޖައްސާފައި ވަނީ އެއްވެސް ހާލަތެއްގައި ނޭނގި ވައްކަން ކޮށްގެން ކަމަށާއި އެއީ ސީދާ ވައްކަމެއް ކަމަށެވެ. އަދި އެކަމެއް ހިނގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ވީގޮތެއް ނޭނގެ. ނިދާ ހޭލިއިރު، ހުރީ ޕީއެންސީ އަށް ވަދެވިފަ. ވީނުވީއެއް ވެސް ނޭނގުނު. ދާއިރާގެ ގިނަ މެމްބަރުންތަކެއް ވެސް ހަމަ އެދުވަހު ޕީއެންސީއަށް ބަދަލުކޮށްފަ ވަނީ. އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގީމަ ބުނި ރަނގަޅުކޮށްލަދޭނަމޭ. އެކަމަކު އަދިވެސް ނުކުރޭ." ފިއްޓޭ ވިދާޅުވިއެވެ.

އެ ފޯމުގައި ފިއްޓޭގެ ނަމުގައި ފިންގަރޕްރިންޓް ވެސް ޖަހައި ފޯމުގައި ވަނީ ސޮއިކޮށްފައެވެ.

ފިއްޓޭ ވިދާޅުވީ، މިއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އޭނާ އަށް ނޭނގި އޭނާގެ ޒާތީ މައުލޫމާތު ބޭނުންކޮށް ވަގު ސޮއި ކޮށް، އިނގިލީގެ ނިޝާން ޖަހާ ޕާޓީ ބަދަލު ކުރި މައްސަލަ ހުށަހަޅާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިންތިޚާބުވި ޕާޓީ ބަދަލު ކުރިކަމަށް ބުނެ ގޮނޑި ގެއްލުވާލުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ބައެއް މީހުންވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވަނީ އެކްސްގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޓްވީޓް ކުރައްވާފައެވެ.

"އިލެކްޝަންސް ކޮމިޝަން، މީ ދެން ތަންކޮޅެއް ބޮޑުވަރު، މިއަދު އިރުއެރި އިރު މިއޮތީ އަޅުގަނޑުމެންގެ މަޖިލިސް މެމްބަރު ފިއްޓެ ވަގަށް ޕީއެންސީއަށް ވައްދާފައި، އިންތިޚާބުވި ޕާޓީ ބަދަލުކުރިކަމަށް ހަދާފައި ދެން ފިއްޓޭގެ ގޮނޑި ގެއްލުވާލާ" އިބްރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ގެ ޒާތީ މައުލޫމާތު ބޭނުންކޮށް، އޭނާގެ ނަމުގައި ފޭކް ސޮއި ކޮށް، ޕީއެންސީގެ ދަފްތަރުގައި ޖައްސާފައިވާއިރު، ގިނަ ފަރާތްތަކެއް އެމީހުންނަށް ނޭނގި ޕީއެންސީ އަށް ވައްދާފައިވާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން މީހުންނަށް ނޭނގި ޕީއެންސީ އަށް ވައްދާ ކަމުގެ އެތައް ޝަކުވާ އެއް ވަނީ ފެންމަތިވެފައެވެ. އަދި ޕީއެންސީ އަށް މީހުން ވެއްދުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ވާހަކަތައް ވެސް ވަނީ ފެންމަތިވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް