Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަ ޑެމޮކްރަޓްސް

ޑިމޮކްރަޓްސްގެ ތެރެއިން ސަރުކާރެއް އުފަންކުރުވައިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު އޮތްކަމަށް ދެކެން ދަތި - ހަސަން ލަތީފް

12 ޖެނުއަރީ 2025 | އާދީއްތަ 19:38

ޑިމޮކްރަޓްސްއަށް ތާއީދު ހޯދާ މަގުބޫލު ޕާޓީއަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖެނުއަރީ 2025 | އާދީއްތަ 19:38
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރަޓްސްގެ ތެރެއިން ސަރުކާރެއް އުފަންކުރުވައިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު އޮތްކަމަށް ދެކެން ދަތި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ދެ ޕާޓީއަށް ބަލާއިރު އަސާސީ ގަވާއިދުގައި އަދި ލިޔެފައިވާ އުސޫލުތަކުގައި ވެސް މާބޮޑު ތަފާތުތަކެއް ނެތް ކަމަށެވެ. އަސާސްތަކާއި އުސޫލުތަކާއި ހަމަތަކަށް ބަލާއިރު ލިޔެފައި ހުރީ ދާދި އެއްވާހަކައެއް ކަމަށާއި، އެއިރު ފެނިގެންދިޔަ ކަންކަމުގެ މައްޗަށް ބަލާ އެމްޑީޕީ ސަރުކާރު އޮތް އިރު ފާޑުކިއުންތައް އަމާޒުކޮށްފައިވަނީ ކަންކަން އިސްލާހުކުރުމަށް ކަމަށެވެ. ޑިމޮކްރަޓްސްއިން ވަކިވި ސަބަބަށް އަލިއަޅުވާލައްވާ ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްއަށް ތާއިދު ހޯދާ މަގުބޫލު ޕާޓިއަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެކިއެކި ސަބަބުތަކަށްޓަކައި މިއަދާ ހަަމައަށް ދިޔައިރުވެސް އެކަމެއް ކުރެވިފައި ނުވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ރައްޔިތުންނަށް ހިދުމަތްކުރުމަށް އުފައްދާ ތަންތަން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ހިދުމަތްކުރެވެނީ ސިޔާސީ ޕާޓީއެއް ސަރުކާރަށް އައިސްގެން ކަމަށެވެ. އަނެއް ގޮތަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެގެން ސަރުކާރު ޖަވާބުދާރީކޮށްގެން ރައްޔިތުންނަށް ހިދުމަތްކުރުން ކަަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރަޓްސްއަށް ސަރުކާރެއް ގާއިމްކޮށްގެން، ޑިމޮކްރަޓްސްގެ ތެރެއިން ސަރުކާރެއް އުފަންކުރުވައިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު އޮތްކަމަށް ދެކެން ދަތިކަމަށެވެ.

ހަސަން ލަތީފް އެމްޑީޕީގައި ވިސްނުންތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ދައުލަތަށް ވާންޖެހޭ ގޮތާއި، ސަރުކާރާއި، ރައްޔިތުންގެ މަޖިލީހަށް ވާންޖެހޭގޮތުގެ ވިސްނުންވެސް އެބަހުރި ކަމަށާއި، އަދި މުޅިނިޒާމަށް ގެންނަންޖެހޭ ބަދަލުތަކުގެ ވިސްނުންވެސް އެބަހުރިކަމަށެވެ. މީގެ އިތުރުން އާންމު ރައްޔިތު މީހާއަށް ވަމުންދާގޮތާއި ގައުމަށް ވަމުންދާގޮތުގެ ބަދަލުތަކެއް ގެންނާނެ ކަހަލަ ގޮތަކަށް ސިޔާސަތުތަކެއް ބައްޓަންކޮށްގެން އިންތިހާބަށް ކުރިމަތިލައިގެން ރައްޔިތުންގެ ތާއިދާއެކީގައި ވޯޓުން ހޮވިގެން ސަރުކާރެއް އުފަންކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ މި ވިސްނުމާއެކު އެމްޑީޕީގެ ތެރޭގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވާއިރު، މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އެމްޑީޕީ އާއި ގުޅިވަޑައިގަންނަވަން ނިންމެވީ ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވެވަޑައިގަންނަވާތީ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރަޓްސްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ހަސަން ލަތީފް އާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ޝިފާޒް (ޝިއްޕެ) އެމްޑީޕީގެ މެމްބަރޝިފް ފޯމް ޕާޓީގެ އޮފީހަށް ވަނީ ހުށަހަޅުއްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް