Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްގެ ލީޑަޝިޕުގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނެވިއަސް އެ ބޭފުޅުންނާއި މައްސަލަ އެއް ނެތް - ދަ ޑިމޮކްރެޓްސް

މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ޕާޓީން ވަކިވި ބޭފުޅުންނަކީ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުންކަމަށް ވީ ނަމަވެސް އެ ބޭފުޅުން ވަކިވުމުން ޕާޓީ އަށް އުނިކަން ނުލިބޭ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2025 | އާދީއްތަ 13:52
ދަ ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުން

ދަ ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުން

ދަ ޑިމޮކްރެޓްސްގެ ލީޑަޝިޕުގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނެވީ އެއްވެސް މައްސަލަ އެއް ދިމާވެގެން ނޫން ކަމަށް ޑިމޮކްރެޓްސް ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެ ޕާޓީގެ ނައިބު ރައީސް، ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

ފިރުޝާން ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަތަކެއް ނެތް ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް ހުރެދާނެ ކަމަށް ފިރުޝާން ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ މައްސަލަތަކެއް އެ ޕާޓީ އާއި ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅުންނާއި މެދު މައްސަލަ އެއް ޖެހިދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފިރުޝާން ވަނީ ޑިމޮކްރެޓްސް އާއި އެކު ސިޔާސީ މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އަދިވެސް އެ ފުރުސަތު އޮންނާނެ ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ޕާޓީން ސިޔާސީ މަސައްކަތަށް ނުކުތީ ސިޔާސީ ގޮންޖެހުންތަކާއި ދިމާވާނެކަން އެނގި ތިބެ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ކުރިމަގާއި މެދު ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ޕާޓީން ވަކިވި ބޭފުޅުންނަކީ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުންކަމަށް ވީ ނަމަވެސް އެ ބޭފުޅުން ވަކިވުމުން ޕާޓީ އަށް އުނިކަން ނުލިބޭ ކަމަށެވެ. އަދި އެ ޕާޓީގެ ހަރަކާތްތައް ދާނީ ބާރަށް ކުރިއަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ޕާޓީން ބޭފުޅުންގެ ނިންމެވުމަށް ޑިމޮކްރެޓްސްގެ ނަމުގައި މަރުޚަބާ ވެސް ވިދާޅުވެ ފައެވެ.

އެ ބޭފުޅުން ޕާޓީން ވަކި ވުމަކީ ގަސް ގަސް ހެދުން ދަށްވީމާ ގޮފިތައް ކޮށައިލަން ޖެހޭ އުސޫލުން ކުރިކަމެއް ކަމަށާއި އެގޮތަށް ގޮފިތައް ކޮށާލުމުން ގަސް ވަކިން ބާރަށް ހެދިގަންނަ ކަމަށް ވެސް ވައްޑެ ވަނީ ވިދާޅުވެފައެވެ. މީގެ އިތުުރުން އިރު އަރާ އޮއްސޭ ކޮންމެ ދުވަހަކީ ވެސް އެތައް ކަމެއް ގެއްލޭ ދުވަހެއް ކަމަށް ފާހަގަކުރައްވާ ވައްޑެ ވަނީ ޑިމޮކްރެޓްސް އިން ބަޔަކު ވަކިވުމަކީ މައްސަލަ އެއް ނޫންކަމަށް ވިދާޅުވެފައެވެ.

ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވަނީ އެ ޕާޓީ އިސްކޮށް އުފެއްދުމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޕާޓީގެ ކަންކަން ހިންގުމުގައި ކުރިއަށް އޮތްތަނުގައި ވެސް ރައީސް ނަޝީދުގެ ލަފާފުޅު ދެއްވާނެ ކަަމަށެވެ. އަދި ޑިމޮކްރެޓްސް ދޫކޮށް ވަޑައިގެންނެވި ބޭފުޅުން އެކަން ކޮށްފައި ވަނީ ރައީސް ނަޝީދުގެ ލަފާ އެގޮތަށް ދެއްވައިގެން ނޫން ކަަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ކައުންސިލް މެމްބަރުން ވެސް ވަނީ ވާހަކަަދައްކަވާފައެވެ. އެ ބޭފުޅުން ވަނީ ޑިމޮކްރެޓްސް އަކީ ސިޔާސީ ހަރަކާތްތަކުގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށާއި ޚާއްސަކޮށް ޒުވާނުންނަށް އެ ޕާޓީން ފުރުސަތު ހޯދާދޭނެކަމަށް ވިދާޅުވެފައެވެ.

ޑިމޮކްރަޓްސްގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުން ދަނީ އިސްުތިއުފާ ދެއްވަމުންނެވެ. އެ ޕާޓީގެ ރައީސްކަމުން ޙަސަން ލަޠީފް (ޙަސަންކޮ) އިސްތިއުފާ ދެއްވާފައިވާއިރު، ނައިބު ރައީސްކަމުން މުޙައްމަދު ޝިފާޒު (ޝިއްޕެ) ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން ވަނީ އެމްޑީޕީ އަށް ސޮއިކޮށްފައެވެ. އަދި ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ އަލުން އެމްޑީޕީ އާއި ގުޅިވަޑައިގަންނަވަން ނިންމަވާފައެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ހުންނެވި ޙުސެއިން އަމްރު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިިގެން، އިދިކޮޅު އެމްޑީޕީ އަށް ސޮއި ކުރައްވައިފައެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

27 މާރިޗު 2017
އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން
26 މާރިޗު 2017

ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި

26 މާރިޗު 2017
ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
27 ފެބުރުއަރީ 2017

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2017
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު