Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް ކުޅޭ ފޯމެޓަށް ބަދަލު ގެނެސްފި

މިއަހަރުގެ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރާ މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅުމަށް ނިންމާފައިވާ ކަމަށް ސާފްގެ ޖެނަރަލް ސެކްރެޓަރީ އަންވާރުލް ހައްގު ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2025 | ހޮނިހިރު 05:00
ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގައި އިންޑިޔާގެ ކުޅުންތެރިން ލަނޑު ޖަހާފައި އުފާފާޅު ކުރަނީ

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގައި އިންޑިޔާގެ ކުޅުންތެރިން ލަނޑު ޖަހާފައި އުފާފާޅު ކުރަނީ

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ކުޅެމުން އަންނަ ފޯމެޓަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ސާފް ޗެމްޕިއަންޝިޕް ކުޅެމުން އަންނަ ފޯމެޓަށް ބަދަލު ގެންނަން ނިންމީ ސާފްގެ ހިންގާ ކޮމެޓީގެ ރަސްމީ ބައްދަލުވުމަކުންނެވެ. އެގޮތުން ނިންމާފައި ވަނީ މިއަހަރުން ފެށިގެން ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓުގެ ދަށުން ކުޅުމަށެވެ. އެ ފޯމެޓުގެ ދަށުން ކުޅޭ ފުރަތަަމަ މުބާރާތް އޮންނާނީ މިއަހަރުގެ ޖޫން މަަހުގެ 15 އިން، ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރާ މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅުމަށް ނިންމާފައިވާ ކަމަށް ސާފްގެ ޖެނަރަލް ސެކްރެޓަރީ އަންވާރުލް ހައްގު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ބޭއްވުމުގައި އެއްވެސް މައްސަލައެއް ނުވަތަ ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ، މުބާރާތް ބާއްވާނީ ސެންޓްރައިޒްކޮށް ކަމަށެވެ.

މީގެ އިތުރުން ސާފްގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ބައެއް އެހެން ކަންކަން ވެސް ނިންމައިފަ އެވެ. އެގޮތުން ސާފް ކުލަބު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް 2026 ވަނަ އަހަރު ބާއްވަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން 23 އަހަރުން ދަށުގެ ސާފް މުބާރާތެއް ބޭއްވުމާއި، ސާފް އަންހެން ކުލަބު ޗެމްޕިއަންޝިޕް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު