Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެން ބޮޑުވުން

މާލޭގައި ފެން ބޮޑުވެއްޖެ

9 ސަރަހައްދެއްގައި ޕަމްޕް ބަހައްޓައިގެން ފެން ހިންދަނީ

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2025 | ހޮނިހިރު 01:07
11 ޖެނުއަރީ 2025 - މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި

11 ޖެނުއަރީ 2025 - މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި

ހޮނިހިރު ވިލޭރޭ މާލެ އަށް ހުއްޓުމެއްނެތި ވެހެމުންދިޔަ ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

ފެން ބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހުގެ ހެނދުނު 6:30 އާ ހަމައަށް މާލޭގެ 8 ސަރަހައްދެއްގައި 19 ޕަންޕު ބަހައްޓައިގެން 6835 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ހާމަ ކޮށްފައިވާ ގޮތުގައި ފެން ހިންދުމުގެ މަސައްކަތް ވެސްޓް ޕާކު ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދާއި ވިލިމާލެ ފެރީ ޓާމިނަލް، ސަލްމާން މިސްކިތް ސަރަހައްދު، ބޮޑު ވަޅު، ދަރުބާރުގެ ސަރަހައްދު، ހަވީރީހިނގުން އަދި ސޯޝަލް ސެންޓަރު ކައިރީގައި ފެން ހިންދަމުން ދާއިރު، ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އާ ހަމަ އަށް 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ވެސް މާލެ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެ ދުވަހުގެ ވިއްސާރައިގައި ރެކޯޑް މިންވަރަކަށް މާލެ އަށް ވާރޭވެހި، 24 ގަޑިިއިރު ތެރޭ 161.9 މިލިމީޓަރުގެ ވާރޭ ރެކޯޑް ކުރެވުނު ކަމަށް މޫސުމާ ބެހޭ އޮފީހުން ވަނީ ހާމަ ކޮށްފައެވެ.

ޖެނުއަރީ 3 ވަނަ ދުވަހުގެ ވިއްސާރައިގައި 20،000 ބަސްތާ ވެލި ފެންގަނޑު ކޮންޓްރޯލް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ފޯރުކޮށްދީފައެވެ.

އެ ހާދިސާގައި އެހީތެރިކަމަށް 740 ފަރާތަކުން އެދުނު ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަ ކޮށްފައެވެ. އަދި 27 ގޭބިސީ އެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދިން ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

އެދުވަހުގެ އޮޕަރޭޝަނަށް 61،500 ރުފިޔާ ހޭދަވި ކަމަށާއި، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ދެ ލައްކަ ރުފިޔާ ހޭދަވި ކަމަށާއި އެއީ މިހާތަނަށް ހިންގުނު މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ވެސް އެންޑީއެމްއޭ އިން ހާމަކޮށްފައި ވެއެވެ.

މިހާރު ކުރަމުންއަންނަ ވިއްސާރަ މުޅި ރާއްޖެއަށް ކުރާނެކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މިސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ކަމަވެސް މެޓް އޮފީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު