Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސްގެ ވައުދުތައް

ތަކުރާރުކޮށް ވައުދުވަމުން ގޮސް ރައީސް މުއިއްޒުގެ ބައެއް ވައުދުތައް ތިންފައް ވެއްޖެ، ދެން ޖެހޭނީ ފައްކަނޑަން - ޒިޔާދު

ރައީސް މުއިއްޒު ދޮގު ހައްދަވަމުންދާތީ އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި ވާ ވައުދުތައް ބުއްދީގެ އަހުލުވެރިން ބަލައި ނުގަންނާނެ ކަމަށް ޒިޔާދު ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 03:31
 ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

ތަކުރާރުކޮށް ވައުދުވަމުން ގޮސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބައެއް ވައުދުތައް ތިންފަށް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޒިޔާދު ވިދާޅުވީ ސަރުކާރަށް އަހަރެއް ވެގެންދާއިރު މި ސަރުކާރުގެ ކިބައިން ފާހަގަކުރެވޭ ކަންކަން ހުރި ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ހަރަކާތެއް ބާއްވާ ވާހަކަ އިވުމާއި އެކު ސަރުކާރުގެ މަސައްކަތްތައް ފެށުމާއި މަޝްރޫޢުތައް ފެށުން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ ކުރިންވެސް އެމްޑީޕީން ބައްދަލުވުމެއް ބާއްވާ ވާހަކަ އިއުލާން ކުރި ހިސާބުން ސަރުކާރުން އައީ އިތުރު އެއްބަސްވުންތަކުގައި ސޮއިކޮށް ކަންކަން ކުރެވޭކަން ދެއްކުމަށް މަސައްކަތްކުރަމުން ކަމަށެވެ. ޒިޔާދު ވިދާޅުވީ މިމަހު 31 ގައި އެމްޑީޕީން ބާއްވާ އެއްވުމަށް މީހުން ގިނަވެއްޖެ ނަމަ ސަރުކާރުން އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަން އެއްބަސްވާ މަންޒަރު ފެނިގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.

އެމްޑީޕީން މި މަހު 31ގަ އެއްވާން ޖެހުނީ ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުން ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ނޭދެވޭ އަމަލުތަކާއި ދެކޮޅަށް އާއްމުން ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުވެސް ރައީސް ރަށްރަށަށް ވަޑައިގަންނަވާ އިރު ތަކުރާރުކޮށް އެއްވައުދެއް ވަމުން ގޮސް ވައުދުތައް ތިން ފައްވެ، ފައްކަނޑަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ޖެހޭނީ، ދެން އޮތް ދަތުރެއްގައި އެ ވައުދުތަކުގެ ފައް ކަނޑަން ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. ވައުދުވީ ގޮތަށް ރޯދައިގެ ކުރިން ފްލެޓްތައް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމަށް ވެސް ޒިޔާދު ފާޑު ވިދާޅުވިއެވެ. ފްލެޓްތައް ދެއްވާނީ ކޮން ރޯދަ މަހެއްގެ ކުރިން ކަން ސާފުކޮށް ނުދެއްވާތީ، ރައީސް އެ ވައުދާއި އެއްގޮތަށް އަމަލުކުރައްވާނެ ކަމާއި މެދު ޝައްކުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވައުދުވީ ގޮތަށް ރައީސް މުއިއްޒު ކަންކަން ނުކުރައްވާކަން ވަރަށް ސާފުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ދޮގު ހައްދަވަމުންދާތީ އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި ވާ ވައުދުތައް ބުއްދީގެ އަހުލުވެރިން ބަލައި ނުގަންނާނެ ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޒިޔާދު ވިދާޅުވީ އަބަދުވެސް އިވެނީ ކުރީ ސަރުކާރުގެ ސަބަބުން މި ސަރުކާރަށް ކަންކަން ނުވާކަމުގެ ވާހަކަ ކަމަށެވެ. އެގޮތުން ބަޖެޓް ހުސްވީ ވެސް ކުރީ ސަރުކާރުގެ ސަބަބުންކަމަށް ބުނަމުންދާ ކަމަށާއި މި ސަރުކާރަށް ކަންކަން ނުވަނީވެސް ކުރީ ސަރުކާރުގެ ސަބަބުން ކަމަށް މި ސަރުކާރުން ބުނަމުންދާ ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ސަރުކާރަށް ވުމުން އެއީ ރައްޔިތުން ބަލައިގަންނާނެ ބަހަނާ އެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު