Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒުގެ މަތިއޮމާން "ކުރީ ސަރުކާރުގެ ބަޖެޓް"

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށް ނުދިނީމާ ރައްޔިތުން ދައްކާ ވާހަކަތަކުގެ މަތިޖަހާން ސަރުކާރުން ގެންގުޅުއްވާ އަތްމަތީ ބަހަކީ ކުރީ ސަރުކާރެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2025 | ހޯމަ 10:47
ރައީސް ގުޅީގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދެއްކެވުން

ރައީސް ގުޅީގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދެއްކެވުން

މީލާދީ އާއަހަރު ފަށަމުންވެސް ރައީސް މުއިއްޒު ދެއްވީ ވަރަށް ބަލާޣާތްތެރި އެހާމެ ކާފިޔާ ހަމަ ފިލިކޯޅިތައް ހަމަކުރަމުން ދެއްވި އަސަރުގަދަ ބަސްމޮށުންތެރިކަމުގައި އަރާހުރި ޚިތޯބެކެވެ. ހީވީ ދެން މި ނިމުނީހެންނެވެ. ދިވެހިންނަށް ފާގަތިކަން އައިސް އޮހިގަތީ ހެންނެވެ. ކުރީގެ ހާސަރުތައް ނިންމާލައި ގައުމައިގެން މެކުހަށް ޖައްސަވަނީ ކަމެވެ.

އެކަމަކު އޭގެ ހަފްތާއެއް ނުވެއެވެ. އަނެއްކާވެސް އެއްކަލަ ރައިވަރުފޮތް ނަންގަވައިފިއެވެ. އޭރު ވިދާޅުވަމުންދިޔަ ގޮވެލިފަތި އިހުހިރި ގޮތައް ދެފަށްކުރާން ފަށްޓަވައިފިއެވެ. ހަމަ ރަނގަޅަށްވެސް ކުރީސަރުކާރުން ނުނެއްޓި އޮތް އޮތުން އަދިވެސް ދޫކޮށް ނުލެއްވޭކަން ރައްޔިތުންނަށް ތިލަކޮށްދެއްވައިފިއެވެ. ވެރިކަމުގެ އާރާއި ބާރާ، މުށުތެރެއަށް ޖަމާވެފައި އޮތް މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ހައްދަވައިގެން ކަމެއް ނުކުރެވި ފަނުފުލުން ދުއްވާލި އަހަރާ ގުޅޭގޮތުން ސަލާމަތުގެ އަމާޒުފަތްގަނޑަކަށް ބޭނުންކުރާ އެއްކަލަ "ކުރީ ސަރުކާރުގެ ބަޖެޓް" ބޭނުންކުރައްވަން ފަށްޓަވައިފިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށް ނުދިނީމާ ރައްޔިތުން ދައްކާ ވާހަކަތަކުގެ މަތިޖަހާން ސަރުކާރުން ގެންގުޅުއްވާ އަތްމަތީ ބަހަކީ ކުރީ ސަރުކާރެވެ. ކުރިން ކަށްކޮށްފައި އޮތް ގޮތެވެ. ޚާއްޞަކޮށް ވިދާޅުވާ ބޮޑު ބަހަނާއަކީ ކުރީ ސަރުކާރުން ދިން ބަޖެޓެވެ.

ބަލަ ރައީސް މުއިއްޒޫއެވެ. ތިޔަ ލަވަ މިހާރު ބޮޑުތަނުން ބާވެއްޖެއެވެ. ކުޑަކުއްޖަކު ނިންދަވާލަން އުނދޯއްޔަށް އަރާ މަންމައަކުވެސް މިހާރު ތިޔަ ފަރިއްސެއް ނުކިޔާނެއެވެ. ތިޔައީ ބޮޑުތަނުން ބާވެ، ތީގެ ހަގީގަތް އެންމެނަށް އެނގި ދެންވާ ކިޔާން ހެޔޮނުވާވަރުގެ "ބެރެކި ރައިވަރަކަށް" ތިޔައެއްޗެއް ތިޔަވަނީ ވެފައެވެ.

ރައީސް މުއިއްޒޫއެވެ. މިބުނާ އެއްޗެއް މަނިކުފާނަށްވެސް ވަރަށް ސާފުވެ ލައްވާނެއެވެ. އަދި އަހަރެްނ ބުނީތީ މާބޮޑު އެއްޗަކަށް ނުހަދާ ދޫކޮށްލެއްވިއަސް ގާތުގައިތިޔަ ތިބި ޚަލީލުމެން ކުރެން އައްސަވާލިއަސް އަލިފުން ޔާއަށް ތަފްސީލް ކޮށްދެއްވާނެއެވެ.

ރައީސް މުއިއްޒޫއެވެ. ވެރިކަމަށް އަންނާންވެގެން ދެއްކި ވާހަކައިން އަެކިނިވެސް ތިޔަ ހާސަރުތަކުގެ މުއާލާ ކެނޑިއްޖެއެވެ. އޭރު ވިދާޅުވީ ހާލަތު އެނގިވަޑައިގަންނަވާކަމަށެވެ. ފައިސާ ހޯދާނެ ގޮތްތަތަކާއި ހިސާބު ކިތާބުހުރީ ޖެހިފައިކަމަށެވެ. ޕްލޭންތައް ނިމި ފައިސާ ދޭނެ ފަރާތްތައް ހޯދި ފައިސާ ހުރީ އަމިއްލަ ފައިކޭޓާ ހިސާބުގައި ކަމަށެވެ. ރައްޔިތުންނަށް ކަންކޮށްލާން ބޭނުމީ ވެރިކަން އެކަނިކަމަށެވެ.

އެއަވައިގައި ޖެހި މަނިކުފާނު ވެރިކަމަށްލިއެވެ. ދެން އައީ މަނިކުފާނު ވެރިކަމާ ހަވާލުވާން އެއައި އިންތިގާލީ ދުވަސްވަރެވެ. ނިމިދިޔަ ސަރުކާރުން ފާސްކުރި ބަޖެޓް ހެދީ މަނިކުފާނު ބޭނުންވިގޮތައް ބުނިއްޔާ ބުނިކަމެއް ހިމަނައިގެން ސީދާ މަނިކުފާނު ދެއްވި ފޯމެޓަށް އެތައްގަނޑަށެވެ. އޭގައި ނުހިމެނީ މަނިކުފާނު ބަޖެޓުން އެންމެ ލޯލާރިއެއްގައި ވައިވެސްނޭޅީ ނިންމާލާނެކަމަށް ވިދާޅުވެ އުނަގަނޑުގައި ބަންނަވައިގެން ތިޔަ އުޅުއްވާ" ރަސްމާލެ" ޕްރޮޖެކްޓް އެކަންޏެވެ. ދެން މަނިކުފާނު އެދުނިއްޔާ އެދުނު ކަމަކަށް ފައިސާ އެބަޖެޓުގައި ހިމެނިއެވެ. މިއީ އެންމެ ކުޑަކުދިންވެސް ދަންނަ ހަގީގަތެކެވެ.

ރައީސް މުއިއްޒޫއެވެ. ތިޔަ ވިދާޅުވާ ވާހަކަ ގަބޫލު ނުކުރާނެ އެހެން ކަމެއްވެސް މަ އަޅެ ބުނެލަ ދެން ހެއްޔެވެ. އެއޮށްބޮޑު ބަޖެޓް ތިޔަ ވަނީ ހުސްކޮށްލާފައެވެ. އަދި އެވަރުން ނުވެގެން ސަޕްލިމެންޓްރީ ބަޖެޓެއްވެސް ފާސްކޮށްފައި ދިނީތީ އެވެސް އެއްކޮށް ހުސްކޮށްލީއެވެ. ގައިމު އެފައިސާ ދިނީ ކަންކަމެއް މަތިކޮށް މަޝްރޫއުތަކެއް ހިންގަން ލިޔެފައެވެ. އެކަމަކު ބަޖެޓް ހުސްވިއިރު އެއިން ކަމެއް ނުފެނުނީމާ ދެން ތިޔަ ވިދާޅުވާ ލަވައެއްގެ މާނަ އަރައިރުމެއް ނުވޭ ހެއްޔެވެ. ހަމައެކަނި އައްޔަންކުރި ސިޔާސީ މުވައްޒަފުން ހޭހަންކޮށްދީފައި، މުލިއާގެ ގަނޑުވަރެއްހެން ހަދާފައި ދެއިރު ދެދަޅައަށް ދަތުރުކޮށް ބަޖެޓް ހުސްކޮށްލީމާ ތިޔަ ވިދާޅުވާ ވާހަކަތައް ދެކޮޅެއް ނުޖެހެއެވެ.

ރައީސް މުއިއްޒޫއެވެ. އަދި އެއްވާހަކަ ބުނެލަން ހެއްޔެވެ. ވެރިކަމަށްފަހު ދެން އެދުނީ މަޖިލިސް ނަގައިދޭށޭވެ. އޭރުން ހުރިހާކަމެއް ނިމުނިއްޔޭ އޭރު ވިދާޅެއް ނުވަމުހެއްޔެވެ.ރައްޔިތުން އަނެއްކާ އެކޮސްވެސް ހެދީއެވެ. ބޮޑުތަނުން އެމަޖިލިސްވެސް ހިތަކަށް ދިނީއެވެ. މަގޭ ޕޮއިންޓަކީ އަދި އެއެއްވެސް ނޫނެވެ. އެމަޖިލީސް ބޭނުންކޮށްގެން މަނިކުފާނު ކޮށާނެ ގޮތަކަށް ކޮށާން މަށާނެ ގޮތަކަށް މަށާން ގައުމުތިވަނީ އުނގުތެރެއަށް ލެވިފައެވެ. ކަންކުރަނީވެސް އެގޮތަށެވެ. ދެން ތިޔަ ވިދާޅުވާގޮތައް ކަންކަން ނުވީ ކުރީ ސަރުކާރުގެ ބަޖެޓުގެ ސަބަބުންނޭ ވިދާޅުވީމާ އަންނަނީކީ އަމަށަކު ހިންޏެއް ނޫނެވެ. ހަމަޔަގީނުންވެސް އަނބިކަނބަލުންނާއި ގާތުއި ތިޔަ ތިބި ކުދިންވެސް ހީހީ ބަނޑުގައި ގޮށްލާނެވެ.

ކޮންމެއަކަސް ރައްޔިތުންނަށް ކަމެއް ކޮށްދޭންވީމާ ނުވަތަ ކަމެއް ނުވީމާ އޭގެ މަތި އޮމާންކުރާން ދައްކާ ބަހަނާއަކަށް ކުރީ ސަރުކާރާއި އެސަރުކާރުގެ "ބަޖެޓް" އެ ބުނެގެން މިހާރު ފުއްދާލެވޭކަން ނެތެވެ. ޅަފަޅޮލޭ، ވައި ނުސާފުވީއޭ، އޮއިވަރު ބާރޭ، ކަނޑުގަދަވެ މަސްނުބޭނުނިއްޔޭ ބުނެ ތިޔަ ގޮވާ ހާސަރުތައް މިހާރު ދެނެއް ނުވިކޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު